Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާފުށީ ޖަލުގައި ގައިދީއަކު ދަންެޖެހިގެން މަރުވުން

"ޝަމްވީލްގެ ޕޯސްޓްމޯޓަމް ހަދަން އާއިލާ އިން ބޭނުމެއް ނޫން، ބޭނުމީ ޖަނާޒާގެ ކަންކަން އަވަސް ކުރެވޭނެ ގޮތެއް ހަމަޖައްސަދިނުން"

23 މާރިޗު 2025 | އާދީއްތަ 20:23

އާއިލާ އިން ވަނީ އޭނާ މީގެ ކުރިން ދަން ޖެހެން އުޅުނު ކަމަށް އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ކަމަށް ބުނެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 މާރިޗު 2025 | އާދީއްތަ 20:23
މާފުށީ ޖަލުގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް

މާފުށީ ޖަލުގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް

މާފުށީ ޖަލުގައި ދަންޖެހިފައި ހުއްޓާ ފެނުނު ސ. މަރަދޫ / ފޯ ފްލާވަރ އިބްރާހިމް ޝަމްވީލް (23 އަހަރު)ގެ ޕޯސްޓްމޯޓަމް ހަދަން އާއިލާ އިން ބޭނުން ނުވާ ކަމަށް އޭނާގެ އާއިލާ އިން ބުނެފިއެވެ.

ކަރެކްޝަންސް އިން ބުނީ، 23 މާރޗް ވީ އާދިއްތަ ދުވަހު ހަވީރު 4:20 ހާއިރު އިބްރާހިމް ޝަމްވީލް ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނިފައިވާ ކަމަށެވެ. އަދި އޭނާ ވަގުތުން މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ. އާދިއްތަ ދުވަހުގެ 4:55 ގައި އިބްރާހިމް ޝަމްވީލް ނިޔާވެފައިވާކަމަށް ޑޮކްޓަރު ކަނޑައަޅާފައިވާ ކަމަށް ވެސް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ޝަމްވީލްގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާއިރު އޭނާގެ އާއިލާގެ ފަރާތުން ރާއްޖެއެމްވީ އަށް މައުލޫމާތުދެމުން ބުނީ ޝަމްވީލް އަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއް ކަމަށެވެ. އެކަން އޭނާ އަށް ޙުކުމް ކުރި އިރު ވެސް ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ.

އާއިލާ އިން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ބުނީ އޭނާ އެކަހެރިކޮށްފައި ބަހައްޓާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެއީ އޭނާ އާއި މެދު އިހުމާލުވުން ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ. އެހެންނަމަވެސް އޭނާ އަށް އަނިޔާކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށް އާއިލާގެ ފަރާތުން ވަނީ ބުނެފައެވެ.

އާއިލާ އިން އިތުރަށް ބުނެފައި ވަނީ ފުލުހުން ބޭނުން ވަނީ އާއިލާ އިން ބޭނުންވާ ގޮތާއި ޚިލާފަށް ޝަމްވީލްގެ ޕޯސްޓްމޯޓަމް ހަދަން ކަމަށެވެ. އަދި އެއީ މިހާރު ޤާނޫނު އޮންނަ ގޮތުން އަމަލުކުރަން ޖެހޭ ގޮތް ކަމަށް ފުލުހުން އާއިލާ އަށް އަންގާފައިވާ ކަމަށް އެ އާއިލާ އިން ވަނީ މި ނޫހަށް މައުލޫމާތުދެމުން ބުނެފައެވެ.

އެހެންނަމަވެސް އާއިލާ އިން ބޭނުމީ ވީހާވެސް އަވަހަށް ޝަމްވީލްގެ ޖަނާޒާ އާއި ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދަން ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ.

ޝަމްވީލްގެ ޕޯސްޓްމޯޓަމް ހަދަން އާއިލާ އިން ބޭނުމެއް ނޫން، އެދެނީ އަވަހަށް އޭނާގެ ޖަނާޒާގެ ކަންކަން ކުރެވޭނެ ގޮތެއް ހަމަޖައްސަދިނުން. އެކަމަކު އެ ބޭފުޅުން ވިދާޅުވަނީ މިހާރު ޤާނޫނު އޮތް ގޮތުން އެކަން ކުރަން އެބަ ޖެހެއޭ. އަޅުގަނޑުމެން ބޭނުމެއް ނޫން އެ ގޮތެއް. އޭނާ އާއި މެދު އިހުމާލު ވެއްޖެ އޭނާ އެކަހެރިކޮށްފައި ބަހައްޓައިގެން. އެކަން ބަލާދިނުން އެދެން.
އާއިލާގެ މެމްބަރެއް

އާއިލާ އިން ވަނީ އޭނާ މީގެ ކުރިން ދަން ޖެހެން އުޅުނު ކަމަށް އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް އާއިލާ އަށް އަންގާފައި ނުވާ ކަމަށް ޝަމްވީލްގެ އާއިލާ އިން ބުނެއެވެ. ޝަމްވީލް އެކަހެރިކޮށްފައިވޭތޯ އާއި މީގެ ކުރިން އޭނާ ދަންޖެހެން މަސައްކަތް ކުރިތޯ ނުވަތަ ނޫންތޯ އަދި ވަނީ ސާފުވާގޮތް ނުވެފައެވެ. އެހެންނަމަވެސް ޝަމްވީލް ދަންޖެހިފައި ހުއްޓާ ފެނުމުން އޮންނަ އުސޫލާއި އެއްގޮތަށް ހުރިހާ އިދާރާއަކަށް އަންގާފައި ވާނެ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!

26 ފެބުރުއަރީ 2017
ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!
21 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

21 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި
20 ފެބުރުއަރީ 2017

އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ

20 ފެބުރުއަރީ 2017
އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ
14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
07 ފެބުރުއަރީ 2017

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް