Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑަބްލިއުއެސްސީ

މާލޭގައި 13،000 ކިއުބިކް މީޓަރުގެ 2 ފެންތާންގި ބަހައްޓަނީ

30 މާރިޗު 2023 | ބުރާސްފަތި 05:01

މާލެ ސަރަހައްދަށް ފޯރުކޮށްދޭ ފެނުގެ ރައްކާތެރިކަން އިތުރުވާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 30 މާރިޗު 2023 | ބުރާސްފަތި 05:01
އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހް

އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހް

މާލޭގައި 13،000 ކިއުބިކް މީޓަރުގެ 2 ފެންތާންގި ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ މިހާރު އެމްޑަބްލިއުއެސްސީން ކުރަމުންދާ އެންމެ މުހިންމު މަސައްކަތަކީ ފެނުގެ ރިޒާވެއް ގާއިމްކުރުމުގެ މަސައްކަތް ކަމަށެވެ.

Advertisement - newsAdvertisement

މިގޮތުން ފެނުގެ ރިޒާވެއް ގާއިމްކުރުމަށް ކުރީގެ އެސްޓީއޯ ރެޑީމިކްސް ބިން ސަރުކާރުން އެ ކުންފުންޏަށް ދީފައިވާކަމަށް ޝާހު ވިދާޅުވިއެވެ. މި ކޮށީގައި 13،000 ކިއުބިކް މީޓަރުގެ 2 ފެންތާންގި ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ޑިޒައިނާ އެއްގޮތަށް ޕައިލް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ޝާހު ވިދާޅުވިއެވެ.

މި ފެންތާންގިތައް ބެހެއްޓުމުން މާލެ ސަރަހައްދުގެ ރައްޔިތުންނަށް ފޯރުކޮށްދެވޭ ފެނުގެ ރައްކާތެރިކަން އިތުރުވާނެކަން ޝާހު ފާހަގަކުރެއްވިއެވެ. އަދި މެދުނުކެނޑި ފެން ލިބޭނެކަން ޔަގީންކުރުމަށް އިތުރު ބެކްއަޕް ތަކެއްވެސް ގާއިމްކުރެވިފައިވާކަން ޝާހު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ޝާހު ވިދާޅުވިއެވެ. މިހާރު އޮތް ގާނޫނުގައި ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތެރޭގައި ފެން އުފައްދައި ޑީސެލިނޭޝަން ޕްލާންޓުތައް ހިންގަންވާނީ އިއާދަކުރަނިވި ހަކަތައިންކަމަށް ބަޔާންކޮށްފައިވާކަމަށް ޝާހު ވިދާޅުވިއެވެ.

މިކަމަށް ތައްޔާރުވުމަށް ގުޅީފަޅުގައި 1.5 މެގަވޮޓުގެ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ޝާހު ވިދާޅުވިއެވެ. ޖަޕާނުގެ ކުންފުންޏަކާއި ދިވެހި ކުންފުންޏަކާ ގުޅިގެން މި މަސައްކަތް ކުރިއަށްގެންދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

07 މާރިޗު 2017

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން
28 ފެބުރުއަރީ 2017

ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

28 ފެބުރުއަރީ 2017
ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް