Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އާރޯ ފެން

އާރޯ ފެނުގެ 330 އެމްއެލް ފުޅި އުފެއްދުމުގެ ވިސްނުން އެބަހުރި - ޝާހް

އެ ދިމާލަށް ވިސްނުން ބަހައްޓައިގެން އެ މަސައްކަތް ކުރުމަށް މެނޭޖްމަންޓުން މަސައްކަތްކުރަމުންދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 މާރިޗު 2023 | ބުދަ 17:40
އާރޯ ފެން

އާރޯ ފެން

އާރޯ ފެނުގެ 330 އެމްއެލް ފުޅި އުފެއްދުމުގެ ވިސްނުން އެބަހުރިކަމަށާއި، އެކަމަށް މަސައްކަތްކުރަމުން އަންނަކަމަށް, އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޝާހް ވިދާޅުވީ އެމްޑަބްލިއުއެސްސީން އުފައްދަން ފެށީ އާރޯ ފެނުގެ 1 ލީޓަރާއި 500 އެމްއެލްގެ ފެން ފުޅި ކަމަށެވެ. އަދި މި ފުޅިތައް އެސްޓީއޯ ސުޕަރމާޓް، އެމްއޭސީއެލްގެ ލައުންޖުފަދަ ތަންތަނުން ލިބެން ހުންނާނެކަމަށާއި، އުރީދޫއާއި ބޮޑެތި އެހެން ކުންފުނިތަކުންވެސް ފެން ހޯދުމަށް އެދިގެން އަންނަ ކަމަށެވެ. އަދި އާރޯގެ 330 އެމްއެލްގެ ފެން ހޯދުމަށް ލައުންޖުތަކާއި، ރެސްޓޯރެންޓް އަދި ރިސޯޓްތަކުންވެސް ރިކުއެސްޓް އަންނަ ކަމަށާއި، އެހެންކަމުން އެ ދިމާއަށް ވިސްނުން ބަހައްޓައިގެން އެ މަސައްކަތް ކުރުމަށް މެނޭޖްމަންޓުން މަސައްކަތް ކުރަމުން ދާ ކަމަށެވެ.

Advertisement - newsAdvertisement

ޝާހް ވިދާޅުވީ އާރޯ ފެންނަށް ޑިމާންޑް އެބައޮތް ކަމަށެވެ. އެހެންނަމަވެސް ފެން އުފައްދާއިރު ފެނުގެ ކޮލިޓީއާމެދު ޔަގީންކަން ދޭން ބޭނުންވާކަމަށާއި، ކޮލިޓީގެ ކިރިޔާވެސް ޝައްކެއް އުޅޭނަމަ މާކެޓަށް އެ ނުނެރޭނެ ކަމަށެވެ. ބިއްލޫރި ފުޅި އުފެއްދުމަށްޓަކައި ކުންފުނިން ގާތްގަނޑަށް 60 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށް، އިޓަލީގެ މެޝިންތައް ރާއްޖެ ގެނެސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މި ބޮޓެލިން ލައިނަކީ ފްލޭވަރޑް ބުއިންތައްވެސް އުފެއްދޭނެ، އަދި އެހެން ސައިޒްގެ ފެންވެސް އުފެއްދޭނެ ލައިނެއްކަމަށާއި، މި ލައިނުން ގަޑިއަކު 2000 ފުޅި އުފެއްދޭނެ ކަމަށެވެ.

ޝާހް ވިދާޅުވީ ޑިމާންޑާ އެއްވަރަށް ފެން ނުއުފެއްދޭ ކަމަށާއި، ބިއްލޫރި ފުޅިއަކީ ބޭރުން ގެންނަންޖެހޭ ފުޅިއެއްކަމުން، މާކެޓަށް ނެރުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން އެކަން ހައްލުކުރުމަށް މަސައްކަތްކުރަމުން ގެންދާކަމަށް ވިދާޅުވިއެވެ.

ޝާހް ވިދާޅުވީ އާރޯ ފެނަކީ އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ވަރަށް ބޮޑަށް ފަހުރުވެރިވާނެ ފެނެއް ކަމަށެވެ. އެއީ އާރޯ ފެނުގެ ރަހަތައް ތައްޔާރުކޮށްފައިވަނީ އެމްޑަބްލިއުއެސްސީގެ ލެބޯޓަރީގައި، ދިވެހިންނަށް ކަމުދާ ރަހަ އެކުލެވޭގޮތަށް، އެއަށް ބޭނުންވާ މިނެރަލްސް އަދި ސާމާނު ހިމަނައިގެން ކަމަށެވެ. އަދި އާރޯ ފެން އުފެއްދުމުން ފެށިގެން ގޮސް މާކެޓިންގއާއި އަދި ލޭބަލްކުރުމާ ހަމައަށްވެސް މަސައްކަތްކޮށްފައި ވަނީ ދިވެހިންކަމަށް ޝާހް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 މެއި 2017

އުރީދޫގެ ހިއްސާގެ ފައިސާ ޖަމާކުރާ ބޭންކަކަށް ބީއެމްއެލް

10 މެއި 2017
އުރީދޫގެ ހިއްސާގެ ފައިސާ ޖަމާކުރާ ބޭންކަކަށް ބީއެމްއެލް
04 މެއި 2017

ލޯނެއް ނުދައްކައިގެން ބީއެމްއެލްއަށް ނެގި މަހައްދޫ ވިއްކާލަން އަނެއްކާ ވެސް އިއުލާނުކޮށްފި

04 މެއި 2017
ލޯނެއް ނުދައްކައިގެން ބީއެމްއެލްއަށް ނެގި މަހައްދޫ ވިއްކާލަން އަނެއްކާ ވެސް އިއުލާނުކޮށްފި
23 މާރިޗު 2017

އިލްހާމްގެ "ހޫނު ފެނުގެ" އިންޒާރަށް މެމްބަރުން ޖެހިލުމެއް ނުވި!

23 މާރިޗު 2017
އިލްހާމްގެ "ހޫނު ފެނުގެ" އިންޒާރަށް މެމްބަރުން ޖެހިލުމެއް ނުވި!
22 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް

22 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް
18 މާރިޗު 2017

ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ

18 މާރިޗު 2017
ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު