Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭސީ މިލާން

ޖިރޫޑުގެ އެޖެންޓު އޭސީ މިލާނާއެކު މަޝްވަރާކުރަނީ

30 މާރިޗު 2023 | ބުރާސްފަތި 02:26

ޖިރޫޑުގެ އެޖެންޓް ވަނީ ބުދަ ދުވަހުގެ ވަގުތެއްގައި އޭސީ މިލާންގެ ބޯޑާއެކު ބައްދަލުވުމެއް ބާއްވައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 މާރިޗު 2023 | ބުރާސްފަތި 02:26
އޭސީ މިލާނަށް ކުޅެމުން އަންނަ ފްރާންސްގެ ޖިރޫޑް

އޭސީ މިލާނަށް ކުޅެމުން އަންނަ ފްރާންސްގެ ޖިރޫޑް

އެއްބަސްވުން އައުކުރުމާ ގުޅޭ ގޮތުން އޮލީވިއޭ ޖިރޫޑުގެ އެޖެންޓް އެ ކުލަބާއެކު މަޝްވަރާ ކުރަން ފަށައިފި އެވެ.

އުމުރުން 36 އަހަރުގެ ފޯވާޑް އޭސީ މިލާނަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. ޗެލްސީ ދޫކޮށް ޖިރޫޑް އޭސީ މިލާނަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން ޖިރޫޑް ބޭނުންވަނީ އޭސީ މިލާނާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމަށެވެ. އެކަމުގެ މަޝްވަރާތައް މީގެ ކުރިން ޖިރޫޑު ވެސް ވަނީ އެ ކުލަބާއެކު ކޮށްފަ އެވެ.

އިޓަލީގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން ޖިރޫޑުގެ އެޖެންޓް ވަނީ ބުދަ ދުވަހުގެ ވަގުތެއްގައި އޭސީ މިލާންގެ ބޯޑާއެކު ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމަކީ އައު އެއްބަސްވުމުގެ މަޝްވަރާތައް ކުރުމާއި، އެއްބަސްވުމުގައި ސޮއިކުރާނެ މުއްދަތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެއް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. މުސްތަޤުބަލާ ގުޅޭ ގޮތުން މީގެ ކުރިން ޖިރޫޑު ބުނެފައިވަނީ، އޭނާ ބޭނުންވަނީ ކުލަބުގައި މަޑު ކުރަން ކަމަށާއި، ކެރިއަރު ނިންމާލަން ވެސް ބޭނުންވަނީ އޭސީ މިލާނުން ކަމަށެވެ. މީގެ އިތުރުން ޖިރޫޑ ބުނީ އަދިވެސް އޭނާ ބޭނުންވަނީ އޭސީ މިލާނާއެކު ހޯދެން ހުރި ހުރިހާ ކާމިޔާބެއް ހޯދަން ކަމަށެވެ.

އޭސީ މިލާނަށް ބަދަލުވެ ޖިރޫޑް ވަނީ މިހާތަނަށް އެ ކުލަބަށް ކުޅެދިން 72 މެޗުގައި 26 ލަނޑު ޖަހައިފަ އެވެ. އޭނާ ވަނީ އެ ކުލަބާއެކު 22-2021 ވަނަ ސީޒަންގެ އިޓާލިއަން ލީގު ކާމިޔާބުކޮށްފަ އެވެ. ފްރާންސްގެ ޤައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ޖިރޫޑް އަންނަނީ މިހާރު ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. މިދިޔަ އަހަރު ޤަތަރުގައި ނިމުނު ވޯލްޑް ކަޕްގައި އޭނާ ވަނީ ފްރާންސްގެ ތިއެރީ އޮންރީ ހަދާފައިވާ ރެކޯޑެއް ވެސް މުގުރާލާފަ އެވެ. އެއީ ފްރާންސް ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑެވެ. ޖިރޫޑް ވަނީ ޤައުމީ ޓީމަށް ކުޅެދިން 122 މެޗުގައި 53 ލަނޑު ޖަހައިފަ އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

17 ޖުލައި 2017

ރެނާޓޯ ސަންޗޭޒް އަށް އޭސީ މިލާނުން ޝައުގުވެރިކަން ފާޅުކޮށްފި

17 ޖުލައި 2017
ރެނާޓޯ ސަންޗޭޒް އަށް އޭސީ މިލާނުން ޝައުގުވެރިކަން ފާޅުކޮށްފި
14 ޖުލައި 2017

އެންމެން ހައިރާންކޮށްލުމަށްފަހު، ބޮނޫޗީ އޭސީ މިލާނަށް ބަދަލުވެއްޖެ

14 ޖުލައި 2017
އެންމެން ހައިރާންކޮށްލުމަށްފަހު، ބޮނޫޗީ އޭސީ މިލާނަށް ބަދަލުވެއްޖެ
19 ޖޫން 2017

އިބްރާހިމޮވިޗް ހޯދުމަށް އޭސީ މިލާނުން މަސައްކަތްނުކުރޭ: އެޖެންޓް

19 ޖޫން 2017
އިބްރާހިމޮވިޗް ހޯދުމަށް އޭސީ މިލާނުން މަސައްކަތްނުކުރޭ: އެޖެންޓް
04 ޖޫން 2017

މޮރާޓާ ވިއްކާލުމަށް ރެއާލް އާއި އޭސީ މިލާން އެއްބަސްވުމަކަށް އަތުވެއްޖެ: ރިޕޯޓް

04 ޖޫން 2017
މޮރާޓާ ވިއްކާލުމަށް ރެއާލް އާއި އޭސީ މިލާން އެއްބަސްވުމަކަށް އަތުވެއްޖެ: ރިޕޯޓް
30 މެއި 2017

މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި

30 މެއި 2017
މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި
02 މެއި 2017

އެމްއާރްޑީސީއާ އެމްއޭސީއެލް ސެމީއަށް

02 މެއި 2017
އެމްއާރްޑީސީއާ އެމްއޭސީއެލް ސެމީއަށް
13 އެޕްރީލު 2017

އާސެނަލުން އެލެގްރީއާ މަޝްވަރާކުރަނީ: ދަ ސަން

13 އެޕްރީލު 2017
އާސެނަލުން އެލެގްރީއާ މަޝްވަރާކުރަނީ: ދަ ސަން
11 މާރިޗު 2017

އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް

11 މާރިޗު 2017
އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް
14 ފެބުރުއަރީ 2017

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް