Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެނާޓޯ ސަންޗޭޒް

ރެނާޓޯ ސަންޗޭޒް އަށް އޭސީ މިލާނުން ޝައުގުވެރިކަން ފާޅުކޮށްފި

އުމުރުން އެންމެ 19 އަހަރުގެ ސަންޗޭޒް އަންނަނީ ޒުވާން އުމުރުގައި މޮޅު ކުޅުމެއް ދައްކަމުން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 17 ޖުލައި 2017 | ހޯމަ 10:26
ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޒުވާން މިޑްފިލްޑަރު ރެނާޓޯ ސަންޗޭޒް

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޒުވާން މިޑްފިލްޑަރު ރެނާޓޯ ސަންޗޭޒް

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޒުވާން މިޑްފިލްޑަރު ރެނާޓޯ ސަންޗޭޒް އަށް އޭސީ މިލާނުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ބަޔާން އިން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ބަޔާންގެ ޗެއާމަން ކާލް ހެއިންޒް ރުމެނިގާ ވިދާޅުވީ، އޭސީ މިލާނުން ރެނާޓޯ ސަންޗޭޒް އަށް ޝައުގުވެރިވާ ކަމަށާއި، އެހެންނަމަވެސް އަދި ޓްރާންސްފާއާ ގުޅިގެން އެއްވެސް ރަސްމީކަމެއް ހިނގާފައިނުވާކަމަށެވެ.

އޭސީ މިލާންގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ ރެނާޓޯ ސަންޗޭޒް ހޯދުމަށް މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ޔުވަންޓަސްވެސް ހިމެނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސަންޗޭޒްއަށް ބޮޑު ހޭދައެއް ކުރުމަށް ޔުވަންޓަސް އިން އޮތީ ތައްޔާރަށެވެ. އެގޮތުން އޭނާގެ ސޮއި ހޯދާ ކުރިޔަށް އޮތް ސީޒަނަށް އޭނާ އެ ކްލަބަށް ގެންނަނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބެންފީކާ އިން ކެރިޔަރު ފެށި އުމުރުން އެންމެ 19 އަހަރުގެ ސަންޗޭޒް އަންނަނީ ޒުވާން އުމުރުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ސީޒަނުގައި އޭނާ ވަނީ މިހާތަނަށް ބަޔާނަށް ވެސް 25 މެޗު ކުޅެފައެވެ.

ސަންޗޭޒް ބަޔާން އަށް ބަދަލުވީ މިދިޔަ އަހަރުގެ މެއި މަހު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 35 މިލިއަން ޕައުންޑަށެވެ. އެގޮތުން އޭނާގެ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރެވެ.

މިދިޔަ އަހަރު ގޯލްޑެން ބޯއި އެވޯޑު ހޯދި ސަންޗޭޒް ވިދާލީ ނިމިގެންދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގައެވެ. އޭނާ ވަނީ އެ މުބާރާތުގައި ޕޯޗުގަލް ޓީމަށް މޮޅު ކުޅުމެއް ދައްކާ އެޓީމަށް މުބާރާތް ކާމިޔާބުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ ވަނީ މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް

އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް

11 މާރިޗު 2017
އަގުއެރޯ ހޯދުމަށް ރެއާލް އިން ޝައުގުވެރިކަން ފާޅުކޮށްފި

އަގުއެރޯ ހޯދުމަށް ރެއާލް އިން ޝައުގުވެރިކަން ފާޅުކޮށްފި

01 މާރިޗު 2017
އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު