Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެމެރިކާގެ ސްކޫލްތަކުގައި ބަޑި ޖެހުން

އެމެރިކާގެ ސްކޫލްތަކުގައި މިހާތަނަށް ހިންގާފައިވާ އެންމެ ނުރައްކާތެރި ބަޑި ޖެހުމުގެ ހާދިސާތައް

29 މާރިޗު 2023 | ބުދަ 17:59

މިދިޔަ އަހަރު އެކަނިވެސް މިފަދަ 303 ހާދިސާއެއް ހިނގާފައިވާކަމަށް ތަފާސުހިސާބުތައް ދައްކާ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 29 މާރިޗު 2023 | ބުދަ 17:59
އެމެރިކާގެ ސްކޫލްތަކުގައި ބަޑީގެ ހަމަލާތައް ދިންކަމުގެ ރިޕޯޓުތަކަކަކީ އައު ވާހަކަތަކެއް ނޫން

އެމެރިކާގެ ސްކޫލްތަކުގައި ބަޑީގެ ހަމަލާތައް ދިންކަމުގެ ރިޕޯޓުތަކަކަކީ އައު ވާހަކަތަކެއް ނޫން

އެމެރިކާގެ ސްކޫލްތަކުގައި ބަޑީގެ ހަމަލާތައް ދިންކަމުގެ ރިޕޯޓުތަކަކަކީ އައު ވާހަކަތަކެއް ނޫނެވެ. މީގެ ތެރޭގައި ޒުވާނުންނާއި ފުރާވަރުގެ ކުދިންނާއި ކުޑަކުދިން، ސްކޫލަށް ބަޑި ހިފައިގެން ގޮސް، ހަމަލާތައް ދީފައިވާކަމުގެ ރިޕޯޓުތައް ވަނީ ކޮށްފައެވެ.

މިހަފްތާގައި ވެސް އެމެރިކާގައި މިވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. އުމުރުން 28 އަހަރުގެ ޓްރާންސްޖެންޑަރ، ނުވަތަ ޖިންސު ކަށަވަރުނުވާ މީހަކު ވަނީ ޓެނެސީގެ ނޭޝްވިލްގައި ހުންނަ ޕްރައިވެޓް ކްރިސްޓިއަން ސްކޫލަކަށް ގޮސް، ހަ މީހުންގެ ގަޔަށް ބަޑި ޖަހާ މަރާލާފައެވެ. މިގޮތުން އެނާ ވަނީ ތިން މީހުންނާއި، ތިން ކުޑަކުދިންގެ ގަޔަށް ބަޑި ޖަހައި މަރާލާފައެވެ. އެނާ ހުއްޓުވުމަށް ފުލުހުން ވަނީ ބަޑި ޖަހައި އޭނާ މަރާލާފައެވެ. މިއީ ވަރަށް ކުރިއްސުރެ ރާވައިގެން ދީފައިވާ ހަމަލާއެއްކަމަށް ވެއެވެ. ފުލުހުން ފަހުން ހޯދި ހޯދުމުން އޭނާގެ މައިންބަފައިންގެ ގޭގައިވެސް ބަޑި ރައްކާކޮށްފައި ހުރި ކަން ވަނީ އިނގިފައެވެ.

އެމެރިކާގައި މިހާތަނަށް ހިންގާފައިވާ މިފަދަ ހާދިސާތަކަށް ބަލާއިރު، އެންމެ ގިނަ އަދަދެއްގެ މީހުން މަރާލާފައިވާ ހާދިސާ އަކީ ވަރޖިނިއާގެ ވަރޖިނިއާ ޓެކް ޔުނިވަރސިޓީގައި 2007 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު ހިނގި ހާދިސާއެވެ. މިހާދިސާގައި ބަޑީގެ ހަމަލާތައް ދީފައި ވަނީ އެ ޔުނިވަރސިޓީގައި ކިޔަވަމުންދިޔަ ސެންގ ހުއި ޗޯއެވެ. 1984 ވަނަ އަހަރު ދެކުނު ކޮރިއާއަށް އުފަންވި ޗޮއި ވަނީ 1992 ވަނަ އަހަރު އެމެރިކާގެ ދާއިމާގެ ރަށްވެއްސަކަށްވެފައެވެ.

ޗޯ ވަނީ އޭނާގެ އަމިއްލަ ނަފްސު ހިމެނޭހެން 32 މީހުން މަރާލާފައެވެ.

2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ކޮނެކްޓިކަޓްގެ ނިއުޓަންގެ ހޫކް އެލިމެންޓްރީ ސްކޫލުގައި ހިނގި ހާދިސާގައި 20 ކުޑަކުދިންނާއި ހަ މީހުން ވަނީ މަރާލާފައެވެ. މިހާދިސާ ހިންގި އުމުރުން 20 އަހަރުގެ އެޑަމް ލަންޒާ ވަނީ އޭނާގެ މަންމަ ވެސް މަރާލާފައެވެ. އަދި އެއަށް ފަހު އޭނާ އަމިިއްލަ އަށް ގަޔަށް ބަޑި ޖަހައި މަރުވިއެވެ.

މިދިޔަ އަހަރުގެ މެއި މަހު އެމެރިކާގެ ޓެކްސަސްގެ ރޮބް އެލިމެންޓަރީ ސްކޫލްގައި ދިން ބަޑީގެ ހަމަލާގައި 19 ކުޑަކުދިންނާއި ދެ ޓީޗަރަކު ވަނީ މަރާލާފައެވެ. މިހަމަލާ ދިނީ 18 އަހަރުގެ ފިރިހެނެކެވެ. އޭނާ "ރޮބް އެލެމެންޓްރީ" ސްކޫލަށް ވަދެފައިވަނީ ހޭންޑް ގަން އަކާއި ސެމީ އޮޓޮމެޓިކް ރައިފަލްއެއް ހިފައިގެންނެވެ.

އެ ސްކޫލް ކައިރީގައި އެވަގުތު ހަރަކާތްތެރިވި ބޯޑަރު ކޮންޓްރޯލް ސިފައިންގެ މީހަކު ވަނީ އެނާ ގަޔަށް ބަޑި ޖަހައި އޭނާ މަރާލާފައެވެ.

އެ ހަމަލާ ދިން ޒުވާނާ ވަނީ އޭނާގެ މާމަ މަރާލައިފައި ކަމަށް ވެސް އެމެރިކާގެ ލޯ އެންފޯސްމަންޓް އޮފިޝަލަކާ ހަވާލާދީ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ޕަރކްލޭންޑްގެ މޭޖޮރީ ސްޓޮނެމަން ޑޫގްލަސް ހައި ސްކޫލްގެ ކުރީގެ ދަރިވެއްކަމަށްވާ ނިކޮލަސް ކްރޫޒް، 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު، އެސަލްޓް-ސްޓައިލް ރައިފަލް އެއް ހިފައިގެން އެސްކޫލަށް ވަދެ 17 މީހުން ވަނީ މަރާލާފައެވެ. ހަމަލާ ދިނުމަށްފަހު އޭނާ އެތަނުން ފިލި ނަމަވެސް، ގަޑިއެއްހާއިރު ތެރޭ ފުލުހުން ވަނީ އޭނާ ހޯދާ ހައްޔަރުކޮށްފައެވެ.

އޮކްޓޯބަރު 20، 2021 ގައި ކްރޫޒް ވަނީ ހުރިހާ ދައުވާއަކަށް އިއުތިރާފުވެ، އޭނާގެ ކުށްތަކަށް މައާފަށް އެދިފަ އެވެ. ދައުލަތުން މަރުގެ އަދަބު ދިނުމަށް އެދުނުއިރު، ހަތަރު މަސް ދުވަހުގެ މަރުގެ އަދަބުގެ ޝަރީއަތެއް 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށޭނެ ކަމަށް ބެލެވުނެވެ. އެކި ސަބަބުތަކާހުރެ ލަސްތަކެއް ކުރިމަތިވުމަށްފަހު، އޭނާގެ ޝަރީއަތް ފެށީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ.

އޮކްޓޯބަރު 13، 2022 ގައި ޖޫރީންގެ އިއްތިފާގުން ކްރޫޒް އަށް މަރުގެ އަދަބު ލިބޭނެ ކަމަށް އެއްބަސްވި ނަމަވެސް އެ އަދަބު ދޭން ޖެހޭތޯ ބެލުމުގައި ގޮތް ނިންމޭގޮތް ނުވުމުން ޕެރޯލްގެ ފުރުސަތު ނެތި އުމުރަށް ޖަލަށްލުމަށް ލަފާ ދިނެވެ. އަދި 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ކްރޫޒްގެ މައްޗަށް ޕެރޯލް ނެތި އުމުރަށް ޖަލަށްލުމަށް ހުކުމް ކުރިއެވެ.

1966 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހު، ޔުނިވާސިޓީ އޮފް ޓެކްސަސްގެ ކްލޮކް ޓަވަރުގައި ހުރެ، އުމުރުން 25 އަހަރުގެ ޗާލްސް ވިޓްމަން ވަނީ ބަޑިޖަހައި 13 މީހަކު މަރާލާފައެވެ. ޗާލްސް އަކީ އެމެރިކާގެ މެރިންގައި މަސައްކަތްކޮށްފައިވާ މީހެކެވެ.

ބަޑިޖަހަން ފެށިތާ 96 މިނެޓް ފަހުން އޮސްޓިން ޕޮލިސް ޑިޕާޓްމަންޓުގެ ދެ އޮފިސަރުން ވަނީ ޗާލްސްގެ ގަޔަށް ބަޑިޖަހާ އޭނާ މަރާލާފައެވެ.

ޔުނިވާސިޓީ އޮފް ޓެކްސަސްއަށް ދިއުމުގެ ކުރިން ޗާލްސް ވަނީ އޭނާގެ މަންމަ އާއި އަންހެނުންނަށް ވަޅިން ހަމަލާދީ މަރާލާފައެވެ. އޭނާގެ އަމަލުތަކުން އެމީހުންނަށް ލިބޭނެ ކަމަށް ގަބޫލުކުރާ "ލަދުވެތިކަން" އެދެމީހުން ސަލާމަތްކުރުމުގެ ނިޔަތުގަކަމަށް ބުނެއެވެ.

މީގެ އިތުރުން 1999 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 20 ވަނަ ދުވަހު، ކޮލަމްބައިން ހައި ސްކޫލްގެ ގެރޭޑް 12 ގައި ކިޔަވަމުންދިޔަ އެރިކް ހެރިސް އަދި ޑައިލަން ކްލެބޯލްޑް ވަނީ ބަޑިން ހަމަލާދީ 12 މީހުން މަރާލާފައެވެ. އެއަށްފަހު އެރިކް އަދި ޑައިލަން ވަނީ އަމިއްލައަށް މަރުވެފައެވެ.

މިހަފުތާގެ ހޯމަ ދުވަހުގެ ހާދިސާ އަކީ އެމެރިކާގައި ހިންގި 90 ވަނަ ސްކޫލް ބަޑިޖެހުމުގެ ހާދިސާ ކަމަށް ރިސާޗަރ ޑޭވިޑް ރިޑްމަންގެ ވެބްސައިޓް ކަމަށްވާ ކޭ-12 ސްކޫލް ޝޫޓިން ޑޭޓާބޭސުން ދައްކައެވެ. މިދިޔަ އަހަރު އެކަނިވެސް މިފަދަ 303 ހާދިސާއެއް ހިނގާފައިވާކަމަށް ތަފާސުހިސާބުތައް ދައްކައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2019

އޮސްޓްރޭލިޔާގެ އަލިފާންގަނޑު: މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތެރި ރަނގަބީލެއް!

16 ނޮވެމްބަރު 2019
އޮސްޓްރޭލިޔާގެ އަލިފާންގަނޑު: މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތެރި ރަނގަބީލެއް!
03 އެޕްރީލު 2019

ނިޕްސީ ހަސްލް މަރާލި މައްސަލަ: ގޭންގް ކަމެއްތަ؟ ނޫނީ، އެމެރިކާގެ ސަރުކާރުގެ އަތެއް ވޭތަ؟

03 އެޕްރީލު 2019
ނިޕްސީ ހަސްލް މަރާލި މައްސަލަ: ގޭންގް ކަމެއްތަ؟ ނޫނީ، އެމެރިކާގެ ސަރުކާރުގެ އަތެއް ވޭތަ؟
22 ޑިސެމްބަރު 2018

ނުރައްކާތެރި ބައްޔަކާ އެކު، ގައުމީ ގަސް ނެތިގެން ދަނީ؟

22 ޑިސެމްބަރު 2018
ނުރައްކާތެރި ބައްޔަކާ އެކު، ގައުމީ ގަސް ނެތިގެން ދަނީ؟
18 ސެޕްޓެމްބަރު 2018

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ނިޒާމުގެ މައްސަލައެއް ނޫން، ރާވައިގެން ހިންގާފައިވާ 'ޖަރީމާ' އެއް!

18 ސެޕްޓެމްބަރު 2018
އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ނިޒާމުގެ މައްސަލައެއް ނޫން، ރާވައިގެން ހިންގާފައިވާ 'ޖަރީމާ' އެއް!
06 ޖުލައި 2018

އެމެރިކާގެ ޚާރިޖީ ވަޒީރު އުތުރު ކޮރެއާ އަށް ހާއްސަ ދަތުރުފުޅެއް! ހާސިލު ވާނީ ކޮންކަމެއްބާ؟

06 ޖުލައި 2018
އެމެރިކާގެ ޚާރިޖީ ވަޒީރު އުތުރު ކޮރެއާ އަށް ހާއްސަ ދަތުރުފުޅެއް! ހާސިލު ވާނީ ކޮންކަމެއްބާ؟
18 ޖެނުއަރީ 2018

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

18 ޖެނުއަރީ 2018
ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
24 ސެޕްޓެމްބަރު 2017

ޓްރަމްޕްއާއި އެމެރިކާގެ އެތުލީޓުން: ބަހުގެ ހަމަލާ ތަކެއްގެ ތެރޭގައި

24 ސެޕްޓެމްބަރު 2017
ޓްރަމްޕްއާއި އެމެރިކާގެ އެތުލީޓުން: ބަހުގެ ހަމަލާ ތަކެއްގެ ތެރޭގައި
23 އޯގަސްޓު 2017

އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!

23 އޯގަސްޓު 2017
އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!
16 އޯގަސްޓު 2017

ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

16 އޯގަސްޓު 2017
 ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟
10 ޖޫން 2017

ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟

10 ޖޫން 2017
ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް