Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ސަރުކާރާއެކު މަސައްކަތް ކުރަން ބޭނުންވާ ގިނަ ބަޔަކު މިރޭ ޖޭޕީން ވަކިވާނެ: ރާއީ

މިހާރުވެސް ގާސިމް އަރިހުގައި ތިބި އިލްމީ، ގާބިލު ބޭފުޅުން ޕާޓީން ވަކިވެފައިވާ ކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 29 މާރިޗު 2023 | ބުދަ 12:00
މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ

މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ

ސަރުކާރާއެކު މަސައްކަތް ކުރަން ބޭނުންވާ ގިނަ ބަޔަކު މިރޭ 12:00 ގެ ކުރިން ޖުމްހޫރީ ޕާޓީން ވަކިވާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރާއީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ހަމަޖެހިގެން އުޅުމުގެ ފުރުސަތު ލިބިލެއްވި ކަމަށް ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވުމަށްފަހު ޖޭޕީ ވަކިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރަން ނިންމެވި ނިންމެވުމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ގާސިމް ކެންޑިޑެންސީ ހުށަހެޅުމާއެކު ވެގެންދާނެ ގޮތަކާ މެދު ވިސްނުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއީ ވިދާޅުވި ގޮތުގައި އަރިހުގައި ތިއްބެވި، އިލްމީ ގާބިލު ބޭފުޅުން މިހާރު ވެސް ޖޭޕީއާ ވަނީ ވަކިވެފައެވެ. އަދި މިނިސްޓަރުންނާއި ސަރުކާރުގެ އިސް މަގާމުތައް ހިމެނޭހެން ގިނަ ބަޔަކު މިރޭ ޕާޓީން ވަކުވާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ފަރާތްތަކުން ޖޭޕީއިން ވަކިވަނީ ސަރުކާރާއެކު މަސައްކަތް ކުރަން ބޭނުންވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ އެކި މަގާމުތަކުގައި ޖޭޕީގެ ސްލޮޓުތަކުގައި ބޭފުޅުން ތިބިކަން ފާހަގަކުރައްވައި ރާއީ ވިދާޅުވީ ގާސިމް ވިސްނާލައްވަންވީ ޤައުމާއި އެ ފަރާތްތަކުގެ މުސްތަގުބަލާމެދުގައި ކަމަށެވެ.

ޖޭޕީއާ ނުލައި ވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެކަމަށް ވިދާޅުވެ ރާއީ ވިދާޅުވީ ނަމަވެސް އެކަން ކުރުމުގައި އުނދަގޫތަކެއް ހުންނާނެ ކަމަށެވެ. އެހެންކަމުން ގާސިމް ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވައި މިއަހަރުގެ ރިޔާސީ އިންތިޚާބު ފަސޭހަކަމާއެކު ކާމިޔާބު ކުރެއްވުމަށް ރާއީ ދައުވަތު ދެއްވިއެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު