Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕާކިސްތާނު

ޕާކިސްތާނު ނުތަނަވަސްކަމުގެ ތެރޭގައި: "އަހަރަމެންގެ ޝަކުވާ އަހާނެ މީހަކު ނެތް"

29 މާރިޗު 2023 | ބުދަ 07:51

މިއިން ދުވަހަކު ނުދެކޭ ދަރަޖައަށް މުދަލުގެ އަގުތައް އުފުލިފައިވާ މި ދަނޑިވަޅަކީ، އިޤްތިޞާދީ ހީނަރުކަމާ ކުރިމަތިވެ، އިޤްތިޞާދު މަޑުޖެހެމުންދާ ދަނޑިވަޅެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 29 މާރިޗު 2023 | ބުދަ 07:51
އެ ޤައުމު އޮތީ، އައިއެމްއެފްއިން ފޯރުކޮށްދޭ 1.1 ބިލިއަން ޑޮލަރުގެ މާލީ އެހީގެ އިންތިޒާރުގައި

އެ ޤައުމު އޮތީ، އައިއެމްއެފްއިން ފޯރުކޮށްދޭ 1.1 ބިލިއަން ޑޮލަރުގެ މާލީ އެހީގެ އިންތިޒާރުގައި

ބަރަކާތްތެރި ރަމަޟާން މަހާއެކު ދިރިއުޅުމުގެ އާދަތަކަށް އަންނަ ބޮޑު ބަދަލާއެކު، ގަނޑުކޮށް ވިޔަފާރި ކުރުމުގެ ޘަޤާފަތެއް އުފެދިފައި އޮތް އެއް ޤައުމަކީ އަވަށްޓެރި ޕާކިސްތާނެވެ. މަހަށް ވާ ވަރަށް ކާބޯތަކެއްޗާއި ޛަރޫރީ ސާމާނު، ގޭބިސީތަކަށް ހަމަ ކުރުމަށް ބާޒާރުތަކުގައި މީހުން ހޭލަމޭލައަށް އުޅޭތީ ކޮންމެ އަހަރަކުމެހެން ފެނެއެވެ.

ނަމަވެސް، މި ފަހަރު ފެންނަ މަންޒަރު، ހިސާބަކަށް ތަފާތެވެ. އިސްލާމްއާބާދާއި ކަރާޗީގެ ރަށްވެހިންނަށް މިއަދު އުފުލަން ޖެހިފައިވަނީ، ބާޒާރުތަކުގައި ތަކެތީގެ އަގުތައް އުފެލެމުން ދާ ކަމުގެ ބުރައެވެ. މިއިން ދުވަހަކު ނުދެކޭ ދަރަޖައަށް މުދަލުގެ އަގުތައް އުފުލިފައި ވާ އިރު، މި ދަނޑިވަޅަކީ، އިޤްތިޞާދީ ހީނަރުކަމާ ކުރިމަތިވެ، އިޤްތިޞާދު މަޑުޖެހެމުންދާ ދަނޑިވަޅެއްވެސްމެއެވެ.

ޕާކިސްތާނުގެ ވިޔަފާރި މަރުކަޒީ ރަށް ކަމަށްވާ ކަރާޗީގެ ގެއެއްގައި ގެންގުޅޭ މީހެއްގެ ގޮތުގައި މަސައްކަތް ކުރާ ސަލްމާ ބިބީގެ ވާހަކަތަކުން، އާންމު ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ކިތަންމެހާވެސް ރަނގަޅަކަށް އެނގިގެންދެއެވެ.

1444 ވަނަ އަހަރުގެ ރަމަޟާން މަހާ ޕާކިސްތާނުން ކުރިމަތިލީއިރު، އެ ޤައުމު އޮތީ، ބައިނަލްއަޤުވާމީ މާލީ އިދާރާ (އައިއެމްއެފް)އިން ފޯރުކޮށްދޭ 1.1 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖު ނުވަތަ މާލީ އެހީގެ އިންތިޒާރުގައެވެ.

އައިއެމްއެފްގެ ބެއިލްއައުޓް ޕެކޭޖު ކަށަވަރު ކުރުމަށްޓަކާ، ޕާކިސްތާނުގެ ސަރުކާރުން ވަނީ އެ އިދާރާއިން ކަނޑައެޅި މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ހަކަތައާއި އެކްސްޕޯޓް އަދި ދަނޑުވެރިކަމުގެ ސިނާއަތުން ސަބްސިޑީޒް ކަނޑާލިއެވެ. ނަތީޖާއެއްގެ ގޮތުން، ހަކަތައާއި ތެލުގެ އަގުތައް އުފުލި، ކަރަންޓުގެ ޚިދުމަތުން ނަގާ ސަރޗާޖު ދާއިމީ ގޮތަކަށް އުފުލުނެވެ. އަދި ބޭރު ފައިސާ ގަނެވިއްކާ އަގުތަކަށް ބަދަލު އައިސް، ސަޕްލިމެންޓްރީ ބަޖެޓެއްގެ މަންޒަރުވެސް ފެނިގެންދިޔައެވެ.

ޕާކިސްތާނުގެ އިޤްތިޞާދީ މާލީ ނިޒާމަށް ގެނައި ބަދަލުތަކާއެކު، އެ ޤައުމުގެ އިންފްލޭޝަން ރޭޓް ވަނީ ބައި ޤަރުނުގެ ތެރޭގައި ނުދެކޭ މިންވަރަށް މައްޗަށް އަރާފައެވެ. ފެބުރުއަރީ މަހު، ޕާކިސްތާނުގެ އިންފްލޭޝަން ރޭޓް ވަނީ 31.5 ޕަސެންޓަށް އަރާފައެވެ.

އިޤްތިޞާދީ ތަކުލީފުތަކުގެ ވާހަކަ މިފަދަ ގޮތަކަށް ހުރިއިރު، ސިޔާސީ މަސްރަޙުގައިވެސް އޮތީ ހަލަބޮލިކަމާއި ނުތަނަވަސްކަމެވެ. ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސަޕޯރޓަރުންނާއި ސަލާމަތީ ބާރުތަކާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިންތިހާއެވެ. ޝަރުޢީ މައިދާނުގައި އިމްރާން ޚާން ހަނާ ކުރުމުގެ މަސައްކަތްވެސް ކުރިއަށް ދަނީ ބާރު ދުވެލީގައެވެ. މިދިޔަ އަހަރުގެ ކުރީކޮޅު، ޤާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓަކުން މަޤާމުން ދުރުކޮށްފައި ވާ އިމްރާން ޚާންއާ ދެކޮޅަށް އުފުލާފައުވާ ދަޢުވާތަކަށް، ކުރީގެ ކުރިކެޓް ތަރި އިންކާރު ކުރައްވައެވެ.

އިސްލާމްއާބާދު ހޯލްސޭލް ޑިލަރޒް ވެލްފެއަރ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ސަޢީދު ޒާކިރު ޝާހް ފާހަގަ ކުރި ގޮތުގައި، ޕާކިސްތާނުގެ ސިޔާސީ މަސްރަހުގައި އުފެދިފައިވާ ތަޅާފޮޅުންތަކުގެ އަގު އަދާ ކުރާ ބަޔަކީ އެ ޤައުމުގެ އާންމު ރައްޔިތުންނެވެ.

ޢުމުރުފުޅުން 70 އަހަރުގެ އިމްރާން ގެންދަވަނީ ޕާކިސްތާނުގައި އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައްވަމުންނެވެ. އަދި ޤައުމުގެ އެކި ހިސާބުތަކުގައި މުޒާހަރާތައްވެސް ކުރިއަށް ގެންދަވަމުންނެވެ. ކަން މިހެން އޮތް ނަމަވެސް، އަދުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފު ވަނީ، އިމްރާންގެ ޑިމާންޑްތަކަށް ފުރަގަސް ދެއްވާފައެވެ. ޝަހްބާޒް ވިދާޅުވާ ގޮތުގައި، އިންތިޚާބު އޮންނާނީ ތާވަލާ އެއްގޮތަށް، މިއަހަރުގެ ފަހުކޮޅުގައެވެ.

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2017

ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!

19 ސެޕްޓެމްބަރު 2017
ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!
11 ސެޕްޓެމްބަރު 2017

ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!

11 ސެޕްޓެމްބަރު 2017
ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!
05 އޯގަސްޓު 2017

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

05 އޯގަސްޓު 2017
ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!
02 އޯގަސްޓު 2017

ރައްޔިތުުންގެ މަންދޫބުންގެ ދަތްދޮޅި ނުރައްކަލެއްގެ ތެރޭގައި!

02 އޯގަސްޓު 2017
ރައްޔިތުުންގެ މަންދޫބުންގެ ދަތްދޮޅި ނުރައްކަލެއްގެ ތެރޭގައި!
26 ޖުލައި 2017

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017
މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!
20 ޖޫން 2017

ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

20 ޖޫން 2017
ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!
31 މެއި 2017

ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

31 މެއި 2017
ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.
06 މެއި 2017

އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

06 މެއި 2017
އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!
26 މާރިޗު 2017

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް
29 ޖެނުއަރީ 2017

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

29 ޖެނުއަރީ 2017
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް