Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޣައްޒާގައި ދަންބެރުގެ ޘަޤާފަތް ދިރުވުން

ބެރުވެރިންނާއެކު ޣައްޒާއަށް ތަފާތު ރަމަޟާން މަހެއް

29 މާރިޗު 2023 | ބުދަ 07:21

މަގުސަދަކީ އެމީހުންނަށް ކުރިމަތިލާން ޖެހިފަ އޮންނަ ފިއްތުންތަކާ، އިންތިހާ ފަޤީރުކަމާ އެކި ކަހަލަ ތަކުލީފުތަކަށް ލުޔެއް ހޯދާ ދިނުމާއި، މީހުން އުފާކޮށްދޭން މަސައްކަތް ކުރުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 29 މާރިޗު 2023 | ބުދަ 07:21
ބެރުވެރިންގެ މަގުސަދަކީ، ރޯދަ މަހުގެ ޙަޤީޤީ ރޫޙު ގެނެސްދިނުމާއި، އެމީހުންނަށް ދިރިއުޅެން ޖެހިފަ އޮތް ދަތި ހާލުގެ މަތިން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނައްތާލަދިނުން

ބެރުވެރިންގެ މަގުސަދަކީ، ރޯދަ މަހުގެ ޙަޤީޤީ ރޫޙު ގެނެސްދިނުމާއި، އެމީހުންނަށް ދިރިއުޅެން ޖެހިފަ އޮތް ދަތި ހާލުގެ މަތިން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނައްތާލަދިނުން

މިއީ އިންތިހާ ނުތަނަވަސްކަން ފެތުރިފައިވާ ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅެމުންދާ، ޢުމުރުން އެންމެ 20 އަހަރުގެ މުޙައްމަދު މުސްރާންގެ ވާހަކައެވެ. ނަރުސްކަން ކިޔަވަމުންދާ ދަރިވަރު، މުސްރާންގެ މޫނަކީ، މިއަދު ޣައްޒާގެ މަގުތަކަށް ފަރިތަ މޫނެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ދީނީ ޝިޢާރުތައް ހިމެނޭހެން ތައްޔާރުކޮށްފައިވާ މަދަހައާއި ޘަނާތަކަށް ބެރުގެ ބުން އަޑު ހަމަ ކުރަމުން، މަގުތަކުގައި އޭނާ ހިނގަމުން ދަނީ، ރަމަޟާން މަހުގެ ރޯދައާ ގުޅިފައިވާ ސުހޫރުގެ ސުންނަތް ނުވަތަ ހާރު ދަމަށް މީހުން ހޭލެއްވުމަށެވެ.

ފޯރިއާ ޖޯޝުގައި މިކަން ކުރިއަށް ގެންދިއުމަށް މުސްރާންއަށް ލިބޭ ހިތްވަރަކީ، އޭނާގެ މަދަހަ ޘަނާއާއި ބެރުގެ އަޑު އިވޭ މީހުންގެ މޫނުމަތިން ފެންނަމުންދާ ހިތްގައިމު ހިނިތުންވުމެވެ. މުސްރާންއަކީ 5 މެންބަރުންގެ ގުރޫޕުގެ އެއް މެންބަރެވެ. "މުސާޙިރާތީ"ގެ ނަމުގައި ހަރަކާތްތެރިވާ އެ ގުރޫޕުން މި މަސައްކަތް ކުރާތާ މިއީ 2 ވަނަ އަހަރެވެ.

ގުރޫޕުގައި ހިމެނޭ، 23 އަހަރުގެ އަހުމަދު ދަހްލާން ބުނި ގޮތުގައި މިއީ ޒަމާނުއްސުރެ ހާރަށް ޖަހާ އުޅުނު ދަންބެރުގެ ޘަޤާފަތާ ތަފާތު ގޮތަކަށް ޖަހާ ބެރެކެވެ. އެގޮތުން "މުސާޙިރާތީ"އިން ދީނީ ޝިޢާރުތައްވެސް ހުށަހަޅާދެމުންދާ ދިއުމަކީ، ތަފާތެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ތަހާނީ ޞާބިރަކީ ޚާން ޔޫނިސްގެ ރަށްވެއްސެކެވެ. އޭނާ ދިރިއުޅެމުންދާ ގޭއާ މާ ދުރު ނޫން ހިސާބެއްގައި މަޑުކޮށްލައިގެން އިނީ ކުރިއަށް އޮތް ދުވަހުގެ ރޯދައިގެ ކުރިން ހާރު ކާށެވެ. ހާރު ކާން އިނދެ، މީޑިއާއާ ވާހަކަދައްކަމުން ތަހާނީ ބުނީ، މި ފަހަރުގެ ރަމަޟާން މަހަކީ އޭނާގެ ސިޓީއަށް ތަފާތު މައްސަރެއް ކަމަށެވެ. އެގޮތުން ކުލަ ބޮކިތަކުން ސިޓީ ޖަރީ ކުރުމާއި، އުފާވެރި ވަޤުތުތަކެއް ހިއްސާ ކުރުމަށް، އަވަށު މީހުން އެއްތަނަކަށް ޖަމާވެ އުޅުން ފަދަ ކަންކަން ކުރެވެމުންދާކަން ތަހާނީ ވަނީ ފާހަގަ ކޮށްފައެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަކީ، ޔަހޫދީ އިޒްރޭލުން ފަލަސްޠީނަށް އަމާޒުކޮށްގެން ދެމުންދާ ހަމަލާތައް ވަރުގަދަ ކުރާ ދުވަސްވަރަކަށް އޮންނަނީ ވެފައެވެ. މިހާރުވެސް އެކަމުގެ ކޮޅުމަތި ވަނީ ފެންނަން ފަށާފައެވެ. ނަމަވެސް މުސްރާންއާއި ތަހާނީ ފަދަ ރައްޔިތުން އަދިވެސް ތިބީ ސާބިތު ކަމާއެކީގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2018

ބޮޑު ސިންގާ އަލިމަހެއް ލެސޯތޯ އިން ހޯދައިފި

17 ޖެނުއަރީ 2018
ބޮޑު ސިންގާ އަލިމަހެއް ލެސޯތޯ އިން ހޯދައިފި
09 ޖެނުއަރީ 2018

ވޮންޑަ ވުމަން 2 މާ ތަފާތު ވާނެ: ޑައިރެކްޓަރ

09 ޖެނުއަރީ 2018
ވޮންޑަ ވުމަން 2 މާ ތަފާތު ވާނެ: ޑައިރެކްޓަރ
03 ޖެނުއަރީ 2018

ސުއިދާގާ ވެގެންދާނީ ވަރަށް ތަފާތު ބޮޑު ފިލްމަކަށް: ވަރުން ދާވަން

03 ޖެނުއަރީ 2018
ސުއިދާގާ ވެގެންދާނީ ވަރަށް ތަފާތު ބޮޑު ފިލްމަކަށް: ވަރުން ދާވަން
18 ޑިސެމްބަރު 2017

އެމިނެމްގެ ރިވައިވަލް: ތަފާތު ރަހަތަކާއި އެކު ގިނަ ލަވަތަކެއް

18 ޑިސެމްބަރު 2017
އެމިނެމްގެ ރިވައިވަލް: ތަފާތު ރަހަތަކާއި އެކު ގިނަ ލަވަތަކެއް
17 ސެޕްޓެމްބަރު 2017

އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން"ގައި ވެސް ތަފާތު ގޮތަކަށް

17 ސެޕްޓެމްބަރު 2017
އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން"ގައި ވެސް ތަފާތު ގޮތަކަށް
06 ސެޕްޓެމްބަރު 2017

"ހައްދު": ޕްރިމިއާ ކުރުން ތަފާތުވާނެ

06 ސެޕްޓެމްބަރު 2017
"ހައްދު": ޕްރިމިއާ ކުރުން ތަފާތުވާނެ
01 އޯގަސްޓު 2017

ސީކްރެޓް ސުޕަސްޓަރގެ ފުރަތަމަ ޕޯސްޓަރު ވަރަށް ތަފާތު

01 އޯގަސްޓު 2017
ސީކްރެޓް ސުޕަސްޓަރގެ ފުރަތަމަ ޕޯސްޓަރު ވަރަށް ތަފާތު
20 އެޕްރީލު 2017

ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން

20 އެޕްރީލު 2017
ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން
06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
01 މާރިޗު 2017

ރާނީގެ އެނބުރި އައުން ތަފާތު ގޮތަކަށް

01 މާރިޗު 2017
ރާނީގެ އެނބުރި އައުން ތަފާތު ގޮތަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް