Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ ކޮލިފައިން

ސްކޮޓްލެންޑު ކައިރިން ސްޕެއިން އަށް ކުރިއެއް ނުހޯދުނު!

29 މާރިޗު 2023 | ބުދަ 06:08

އެ މެޗުގެ ކުރިން އެންމެ ފަހުން ސްކޮޓްލެންޑުން ސްޕެއިން ބަލި ކުރީ 1984 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 މާރިޗު 2023 | ބުދަ 06:08
ސްޕެއިން އަދި ސްކޮޓްލެންޑުން ކުޅުނު މެޗުގެ ތެރެއިން

ސްޕެއިން އަދި ސްކޮޓްލެންޑުން ކުޅުނު މެޗުގެ ތެރެއިން

ޔޫރޯ ކޮލިފައިންގައި ސްކޮޓްލެންޑާ ދެކޮޅަށް ކުޅުނު މެޗުން ސްޕެއިން ބަލިވެއްޖެ އެވެ.

ސްކޮޓްލެންޑުގެ މައުންޓް ފްލޮރިޑާގައި ހުންނަ ހެމްޕްޑެން ޕާކުގައި ކުޅުނު މެޗުން ސްޕެއިން ބަލިވީ 2-0 އިންނެވެ. މެޗު ފަށައިގެން ސްޕެއިން ހަމައަކަށް ނޭޅެނީސް ސްކޮޓްލެންޑުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ހަތް ވަނަ މިނެޓުގައި ސްކޮޓްލެންޑަށް ލީޑު ނަގައިދިނީ މެންޗެސްޓަރ ޔުނައިޓެޑަށް ވެސް ކުޅެމުން އަންނަ ސްކޮޓް މެކްޓޮމިނޭ އެވެ. އޭނާ އެ ލަނޑު ޖަހާފައި ވަނީ އެންޑްރޫ ރޮބަޓްސަން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ހަތް މިނެޓު ފަހުން ސްކޮޓްލެންޑުގެ ރަޔަން ކްރިސްޓީ އަށް ވެސް ވަނީ ލަނޑު ޖަހާނެ ތަނަވަސް ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ސްޕެއިންގެ އޭރިޔާ ތެރެއިން އޭނާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑު ކައިރިން ބޭރަށެވެ. ސްޕެއިން އަށް ނަތީޖާ ހަމަހަމަ ކުރުމަށް ކުރަމުން އައި މަސައްކަތުގެ ތެރެއިން ޖޮސެލޫ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ސްކޮޓްލެންޑުގެ ގޯލުގެ ހުރަސް ދަނޑިއާ އެވެ. މެޗުގައި ސްކޮޓްލެންޑުގެ ދެ ވަނަ ލަނޑު 51 ވަނަ މިނެޓުގައި ޖެހީ ވެސް މެކްޓޮމިނޭ އެވެ.

މިއީ ސްޕެއިންގެ އައު ކޯޗުގެ އިރުޝާދުގެ ދަށުން އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ. މީގެ އިތުރުން މިއީ ދިގު ތާރީޚަކަށްފަހު ސްކޮޓްލެންޑަށް ސްޕެއިންގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ. އެ މެޗުގެ ކުރިން އެންމެ ފަހުން ސްކޮޓްލެންޑުން ސްޕެއިން ބަލި ކުރީ 1984 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕް ކޮލިފައިންގަ އެވެ.

ޔޫރޯ ކޮލިފައިންގައި ގްރޫޕް އޭ ގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ އެއް ވަނައިގައި ސްކޮޓްލެންޑު އޮތީ ހަ ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި ސްޕެއިން އޮތީ ތިން ޕޮއިންޓާއެކު އެވެ.

އިތުރަށް ކިޔާލަން

01 ޖުލައި 2017

ސްޕެއިން ބަލިކޮށް 21 އަހަރުން ދަށުގެ ޔޫރޯ މުބާރާތް ޖަރުމަނުން ކާމިޔާބުކޮށްފި

01 ޖުލައި 2017
ސްޕެއިން ބަލިކޮށް 21 އަހަރުން ދަށުގެ ޔޫރޯ މުބާރާތް ޖަރުމަނުން ކާމިޔާބުކޮށްފި
28 ޖޫން 2017

ޔޫރޯ 21 އަހަރުން ދަށް: ޖަރުމަން އަދި ސްޕެއިން ފައިނަލަށް

28 ޖޫން 2017
ޔޫރޯ 21 އަހަރުން ދަށް: ޖަރުމަން އަދި ސްޕެއިން ފައިނަލަށް
26 ޖޫން 2017

ނިއުރޭޑިއަންޓްގެ އާ ކޯޗަކަށް ސްޕެއިންގެ އޮސްކާ ބުރުޒޮން ބަރޭރާ

26 ޖޫން 2017
ނިއުރޭޑިއަންޓްގެ އާ ކޯޗަކަށް ސްޕެއިންގެ އޮސްކާ ބުރުޒޮން ބަރޭރާ
12 ޖޫން 2017

ވާރލްޑްކަޕް ކޮލިފައިން: ސްޕެއިން މޮޅުވިއިރު، ވޭލްސް އެއްވަރުވެއްޖެ

12 ޖޫން 2017
ވާރލްޑްކަޕް ކޮލިފައިން: ސްޕެއިން މޮޅުވިއިރު، ވޭލްސް އެއްވަރުވެއްޖެ
08 ޖޫން 2017

އިންޓަނޭޝަނަލް ފްރެންޑްލީ: ފަހުވަގުތު މޮރާޓާ ކާމިޔާބުކުރި ލަނޑުން ސްޕެއިން ސަލާމަތްވެއްޖެ

08 ޖޫން 2017
އިންޓަނޭޝަނަލް ފްރެންޑްލީ: ފަހުވަގުތު މޮރާޓާ ކާމިޔާބުކުރި ލަނޑުން ސްޕެއިން ސަލާމަތްވެއްޖެ
28 މެއި 2017

ޗެލްސީ ދޫކޮށްލުމަށްފަހު ދިޔަޔަސް ދާނީ ސްޕެއިންގެ ކްލަބަކަށް: ކޯސްޓާ

28 މެއި 2017
ޗެލްސީ ދޫކޮށްލުމަށްފަހު ދިޔަޔަސް ދާނީ ސްޕެއިންގެ ކްލަބަކަށް: ކޯސްޓާ
24 އެޕްރީލު 2017

ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

24 އެޕްރީލު 2017
ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި
22 އެޕްރީލު 2017

ބެޔާންއަށް މެއިންޒް ކައިރިން ސަލަމާތެއް ނުވެވުނު

22 އެޕްރީލު 2017
ބެޔާންއަށް މެއިންޒް ކައިރިން ސަލަމާތެއް ނުވެވުނު
29 މާރިޗު 2017

އިންޓަރނޭޝަނަލް ފްރެންޑްލީ: ފްރާންސްގެ މައްޗަށް ސްޕެއިން ކުރިހޯދުން

29 މާރިޗު 2017
އިންޓަރނޭޝަނަލް ފްރެންޑްލީ: ފްރާންސްގެ މައްޗަށް ސްޕެއިން ކުރިހޯދުން
25 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް