Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނިއުރޭޑިއަންޓް

ނިއުރޭޑިއަންޓްގެ އާ ކޯޗަކަށް ސްޕެއިންގެ އޮސްކާ ބުރުޒޮން ބަރޭރާ

އޮސްކާ ވަނީ ޓީމާއި ހަވާލުވުމަށްޓަކައި ހޯމަ ދުވަހު މާލެ އައިސްފައި

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 26 ޖޫން 2017 | ހޯމަ 13:14
ނިއުގެ އާ ކޯޗް އޮސްކާ ބުރުޒޮން ބަރޭރާ

ނިއުގެ އާ ކޯޗް އޮސްކާ ބުރުޒޮން ބަރޭރާ

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ހުސްވެފައިވާ ކޯޗް ކަމުގެ މަގާމަށް ސްޕެއިންގެ އޮސްކާ ބުރުޒޮން ބަރޭރާ ހަމަޖައްސައިފިއެވެ.

ޔޫއެފާ ހެޑް ކޯޗިން ޕްރޯ ލައިސަންސް އޮންނަ އުމުރުން 40 އަހަރުގެ އޮސްކާ ވަނީ މިއަހަރު އިންޑިއާގެ މުމްބާއީ އެފްސީއަށް އިރުޝާދު ދީފައެވެ. މިއަހަރުގެ މާޗް މަހު މުމްބާއީ އެފްސީ އާއި ހަވާލުވި އޮސްކާއަށް އެޓީމާއެކު އިކަޝީގެންވާ ވަގުތު ނުލިބުމުގެ ސަބަބުން މާ އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. މުމްބާއީ އެފްސީ އާއި ހަވާލުވުމުގެ ކުރިން އޭނާ ހުރީ ސްޕެއިންގެ މަޔޯކާގެ އެސިސްޓެންޓް ކޯޗުކަމުގެ މަގާމުގައެވެ.

އޮސްކާ ކޯޗިން ކެރިއަރު ފަށާފައިވަނީ 2009 ވަނަ އަހަރު ސްޕެއިންގެ ސެލްޓާ ވީގޯގެ ޔޫތް ޓީމުންނެވެ. އޭގެފަހުން 2011 އިން 2013 އަށް އޭނާ މަސައްކަތް ކޮށްފައިވަނީ އިންޑިއާގެ އެކަޑަމީއެއް ކަމަށްވާ އެސްޕީޓީ ސްޕޯޓްސް އޭޝިއާގެ ހެޑް ކޯޗަކަށެވެ. އެއަށްފަހު އޭނާ ސީނިއާ ކޯޗިން ކެރިއަރު ފެށީ 2013 ވަނަ އަހަރު އިންޑިއަން އައި ލީގުގެ ސްޕޯޓިން ކްލަބް ޑި ގޯއާ އިންނެވެ. އެޓީމުގައި ދެ އަހަރު މަސައްކަތް ކުރުމަށްފަހު އޭނާ ބަދަލުވީ އިންޑިއަން ސުޕާ ލީގުގެ މުމްބާއީ ސިޓީ އެފްސީގެ އެސިސްޓަންޓް ކޯޗަކަށެވެ. އެއަށްފަހު ފާއިތުވި އަހަރު ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މަޔޯކާގައި މަސައްކަތް ކުރުމަށްފަހު އޭނާ ދެވަނަ ފަހަރަށް މުމްބާއީ ސިޓީއަށް ބަދަލުވީ މިއަހަރުގެ މާޗު މަހުގައެވެ.

ނިއުރޭޑިއަންޓްގެ ކޯޗުކަމުގެ މަގާމު ހުސްވީ އެމަގާމުގައި ހުރި ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭޒް މަގާމުން ދުރު ކުރުމުންނެވެ. އޭނާ މަގާމުން ދުރުކޮށްފައިވަނީ މީގެ ދެދުވަސް ކުރިންނެވެ. ނިއުއިން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ މަގާމުން ދުރުކޮށްފައިވަނީ ނިއުގެ މެނޭޖްމަންޓުން ބޭނުންވާފަދަ ޕާފޯމެންސްއެއް އޭނާގެ ފަރާތުން ނުފެންނާތީއެވެ.

ބޮޑެތި ޙަރަދު ތަކަކާއި އެކު ނިއުއިން މިސީޒަނަށް ކުރިމަތި ލާފައިވަނީ ސީޒަނުގެ ހުރިހާ ތައްޓެއް ކާމިޔާބުކުރުމަށް އަމާޒު ހިފައިގެންނެވެ. މާލެ ލީގުގައި ނިއުއަށް ބާކީ 4 މެޗު އޮތްއިރު އެޓީމު މިވަގުތު އޮތީ ތާވަލުގެ 2 ވަނަ މަގާމުގައެވެ. ކޯޗް ޓަވަރޭޒްއަށް ބޮޑަށް ފާޑުކިއުންތައް އަމާޒުވީ މާލެ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުން ގްރީން ސްޓްރީޓް އަތުން ނިއު ބަލިވި މެޗަށްފަހުގައެވެ. އެހިސާބުން ފެށިގެން އޭނާ މަގާމުން ދުރުކޮށް އާ ކޯޗަކު ގެންނަން އުޅޭކަމުގެ އަޑު ވަނީ ފެތުރިގެން ގޮސްފައެވެ.

ނިއުއާއި އަލަށް ހަވާލުވާ ސްޕެއިންގެ އޮސްކާ ބުރުޒޮން ހޯމަ ދުވަހު މާލެ އައިސްފައި ވާއިރު، މައުލޫމާތު ލިބޭގޮތުގައި އަންނަ ހަފްތާގެ އަންގާރަ ދުވަހު ހަވީރު މާލެ ލީގުގައި ޔުނައިޓެޑް ވިކްޓްރީ އާއި ދެކޮޅަށް ނިއު ކުޅޭމެޗުގައި އޭނާ ޓީމަށް އިރުޝާދު ދޭނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޖޮކޮވިޗްގެ ކޯޗަކަށް އަންދްރޭ އަގާސީ

ޖޮކޮވިޗްގެ ކޯޗަކަށް އަންދްރޭ އަގާސީ

23 މެއި 2017
ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

02 މެއި 2017
ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

24 އެޕްރީލު 2017
ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

09 އެޕްރީލު 2017
ނިއުރޭޑިއަންޓްގެ ފުޓްބޯލް އެކަޑަމީ ލޯންޗްކޮށްފި

ނިއުރޭޑިއަންޓްގެ ފުޓްބޯލް އެކަޑަމީ ލޯންޗްކޮށްފި

08 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު