Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމުންނާ މައިކަލް

"މުންނާ މައިކަލް" ރިލީޒްކުރާނީ 21 ޖުލައިގައި

މިފިލްމުގައި ޖުމްލަ 10 ލަވަ ހިމެނޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 5 ޖުލައި 2017 | ބުދަ 07:22
މުންނާ މައިކަލްގެ ޕޯސްޓަރ

މުންނާ މައިކަލްގެ ޕޯސްޓަރ

ޓައިގާ ޝްރޮފްގެ ފިލްމު "މުންނާ މައިކަލް" ރިލީޒް ވާނީ 21 ޖުލައިގައެވެ.

މިހާރު "މުންނާ މައިކަލް" ޕްރޮމޯޓް ކުރުމުގެ މަސައްކަތް ޓައިގާ ފަށާފައިވާއިރު އެފިލްމް ވައިގައި ނުހިފާނެތީ ހުރީ ބިރުންކަމަށް އޭނާ ބުޏްޏެވެ.

35 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާފައިވާ "މުންނާ މައިކަލް" އަކީ މޮޅު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންއަށް ވުމަށް އޭނާ ކުޅޭ ފިލްމެކެވެ. މި ފިލްމުގައި ޖުމްލަ 10 ލަވަ ހިމެނިގެން ދެއެވެ.

މި ފިލްމުގެ ފުރަތަމަ ޓްރެއިލާ ޖޫން 5 ގައި ވަނީ ރިލީޒްކޮށްފައެވެ. މި ފިލްމުގައި ޓައިގާ ކުޅެނީ "މުންނާ" ކިޔާ މަގުމަތީގައި ނަށާ ޒުވާނެއްގެ ރޯލެވެ.

ޓައިގާ ބުނީ "މުންނާ މައިކަލް" އަކީ އޭނާ ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވާ ފިލްމެއް ކަމަށާއި އެހެންކަމުން ބޭނުން ވަނީ އެންމެނަށް ކަމުދާނެ ފިލްމަކަށް ވުމަށް ކަމަށެވެ.

ޓައިގާގެ އިތުރުން "މުންނާ މައިކަލް"އިން ފެނިގެންދާނީ ނިދީ އަގަރްވާލް އެވެ. ސަނާ ސައީދާއި ރޮނިތު ރޯއީ ވެސް މި ފިލްމުގައި މުހިއްމު ކެރެކްޓާތަކެއް ކުޅެފައި ވެއެވެ.

ސާބިރު ޚާން ޑައިރެކްޓްކޮށްފައިވާ "މުންނާ މައިކަލް" ގެ ޕްރޮޑިއުސަރަކީ ވިކީ ރަޖާނީ އެވެ. މި ފިލްމުގެ ބައެއް ލަވަތައް މިހާރު ވަނީ އާންމުންނާ ހަމައަށް އައިސްފައެވެ.

ފިލްމުގެ ލަވަތައް ކޮމްޕޯސް ކޮށްފައިވަނީ މީޓް ބްރޯސް، ޓަނިޝްކް ބަގްޗީ، ޕްރަނާއީ، ވިޝާލް މިޝްރާ، ޖާވިދް މުހުސިން އަދި ގޯރޮވް ރޯޝިންއެވެ. ލަވައިގެ ލިރިކްސް ހަދާފައިވަނީ ކުމާރު، ދާނިޝް ސަބްރީ ސައްބިރް ޚާންއެވެ. މި ފިލްމުގެ މިއުޒިކް އަލްބަމް ރިލީޒް ކޮށްފައިވަނީ ދުނިޔޭގެ މިއުޒިކް ދުވަސްކަމަށްވާ 21 ޖޫން 2017 ގައެވެ.

އިތުރަށް ކިޔާލަން

01 ޖުލައި 2018

ޑްރޭކްގެ އާ އަލްބަމް:'ސިއްރު' ދަރިއެއްގެ ވާހަކަ އާއި މައިކަލް ޖެކްސަންގެ އަޑާއެކު ރިކޯޑްތައް މުގުރަނީ!

01 ޖުލައި 2018
ޑްރޭކްގެ އާ އަލްބަމް:'ސިއްރު' ދަރިއެއްގެ ވާހަކަ އާއި މައިކަލް ޖެކްސަންގެ އަޑާއެކު ރިކޯޑްތައް މުގުރަނީ!
28 ޖޫން 2018

ބައްޕަ، ޖޯގެ ޖަނާޒާގެ ކަންތަކުގައި މައިކަލް ޖެކްސަންގެ ކޮއްކޮ ޖެނެޓް އާއި ދަރިފުޅު ޕެރިސް މައްސަލަ ޖެހިއްޖެ!

28 ޖޫން 2018
ބައްޕަ، ޖޯގެ ޖަނާޒާގެ ކަންތަކުގައި މައިކަލް ޖެކްސަންގެ ކޮއްކޮ ޖެނެޓް އާއި ދަރިފުޅު ޕެރިސް މައްސަލަ ޖެހިއްޖެ!
27 ޖޫން 2018

މައިކަލް ޖެކްސަންގެ ބައްޕަ މަރުވެއްޖެ

27 ޖޫން 2018
މައިކަލް ޖެކްސަންގެ ބައްޕަ މަރުވެއްޖެ
24 ޖޫން 2018

މައިކަލް ޖެކްސަން ބައްޕަ، ޖޯއަށް ޓަރމިނަލް ކެންސަރ ޖެހި ހަތަރުވަނަ ސްޓޭޖްގައި، ހާލު ވަރަށް ދެރަ

24 ޖޫން 2018
މައިކަލް ޖެކްސަން ބައްޕަ، ޖޯއަށް ޓަރމިނަލް ކެންސަރ ޖެހި ހަތަރުވަނަ ސްޓޭޖްގައި، ހާލު ވަރަށް ދެރަ
20 ޖޫން 2018

މައިކަލް ޖެކްސަންގެ ހަޔާތާ ގުޅޭ ޝޯއެއް ބާއްވަނީ

20 ޖޫން 2018
މައިކަލް ޖެކްސަންގެ ހަޔާތާ ގުޅޭ ޝޯއެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު