Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިސްކިތް މަރާމާތުކުރުން

މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި މިސްކިތްތައް މަރާމާތުކޮށް، ތަފްސީލް ހާމަކޮށްފި

26 މިސްކިތުގެ ތެރެއިން 2 މިސްކިތެއްގެ ހުރިހާ މަރާމާތެއް އަމިއްލަ ފަރާތަކުން ވަނީ ކޮށްދީފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 މާރިޗު 2023 | އަންގާރަ 11:15
ވިލިމާލޭ ބިއްރި މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ހިނގަމުންދާގޮތް، މޭޔަރު ބައްލަވާލައްވަނީ

ވިލިމާލޭ ބިއްރި މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ހިނގަމުންދާގޮތް، މޭޔަރު ބައްލަވާލައްވަނީ

މާލެ ސިޓީގެ 26 މިސްކިތެއްގެ މަރާމާތުތަކުގެ ތަފްސީލް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި 26 މިސްކިތުގެ ތެރެއިން 2 މިސްކިތެއްގެ ހުރިހާ މަރާމާތެއް އަމިއްލަ ފަރާތަކުން ވަނީކޮށްދީފައެވެ. އެއީ މަސްޖިދު ސަލާހުއްދީން އަދި ޒިޔާރަތް މިސްކިތުގެ މަސައްކަތެވެ. އެގޮތުން މި 2 މިސްކިތުގެ ހުރިހާ މަރާމާތެއް އަމިއްލަ ފަރާތަކުން ކޮށްފައިވާއިރު، މިހާރުވެސް ބައެއް މަސައްކަތްތައް އެ ފަރާތުން ކުރަމުން ގެންދާކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ވިލިމާލޭ މަސްޖިދުލް ބިއްރި މަރާމާތުކޮށް ބެލެހެއްޓުމަށް އަމިއްލަ ފަރާތަކުން އެދުމުން، އެ ފަރާތަށް ހަވާލުކުރުމުން އެފަރާތުން ވަނީ މިސްކިތުގައި މިވަގުތު ކުރަންހުރި މަރާމާތުތައް ކޮށްފައެވެ.

މިސްކިތްތަކުގައި ރަނގަޅުކުރަން ހުރި ކަންތައްތަކުގެ ތެރެއިން މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލް ހިމެނޭ ރިޕޯޓް، ސިޓީ ކައުންސިލްގެ ވެބްސައިޓްގައި އާންމު ކޮށްފައިވާއިރު، މިހާތަނަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި، ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި 26 މިސްކިތެއްގައި ގިނަ މަރާމާތުތަކެއް ވަނީ ނިންމާފައިވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތުގައި ހެޔޮއެދޭ ފަރާތްތަކުން ބައިވެރިވެ އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާކަންވެސް ކައުންސިލުން ފާހަގަކުރެއެވެ.

އޭގެ އިތުރުން، ރަމަޟާން މަސް ފެށުނުއިރު ގިނަ މިސްކިތްތަކުގެ މަސައްކަތް ނިމިފައި ވީނަމަވެސް އަދިވެސް މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިއަށް ގެންދާކަމަށް ބަޔާންކޮށްފައިވެއެވެ.

މިސްކިތްތަކުގެ މަރާމާތާ ގުޅޭގޮތުން މިއަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ، މިހާތަނަށް މިސްކިތް ފަންޑަށް ރައްޔިތުން ހަދިޔާކުރި 1 މިލިޔަން ރުފިޔާގެ އިތުރަށް ސިޓީ ކައުންސިލުން ދަނީ ކައުންސިލްގެ އާމްދަނީން 8 މިލިޔަން ރުފިޔާ މި މަސައްކަތް ހޭދަކުރަމުން ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތުކުރަމުން ގެންދަނީ "ޗާލު މިސްކިތް" ފަންޑުން ލިބުނު ފައިސާއިންނެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި
12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު