Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރުކޮރެއާގެ ނިއުކްލިއަރ ހަތިޔާރު

އުތުރު ކޮރެއާއިން އައު ނިއުކްލިއަރ ހަތިޔާރުތަކެއް ދައްކާލައިފި

28 މާރިޗު 2023 | އަންގާރަ 10:54

މަތިންދާބޯޓު އުފުލާ ބޯޓު ހިމެނޭ ޑްރިލްތަކަކީ "ހަނގުރާމަ ފާޅުގައި އިއުލާން" ކުރުމާއި، އުތުރު ކޮރެއާއާ ދެކޮޅަށް "ޕްރީއެމްޕްޓިވް އެޓޭކެއް" ދިނުމަށް ތައްޔާރުވުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 މާރިޗު 2023 | އަންގާރަ 10:54
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން- އެގައުމުގެ ޓޮންގްޗަންގް-ރީގައި ހުންނަ ސޯހޭ ސެޓެލައިޓް ލޯންޗިންގ ގްރައުންޑްގައި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން- އެގައުމުގެ ޓޮންގްޗަންގް-ރީގައި ހުންނަ ސޯހޭ ސެޓެލައިޓް ލޯންޗިންގ ގްރައުންޑްގައި

އުތުރު ކޮރެއާއިން އައު ނިއުކްލިއަރ ހަތިޔާރުތަކެއް ދައްކާލައި، އެގައުމުގެ ހަތިޔާރު ގްރޭޑްގެ އިތުރު ނިއުކްލިއަރ މެޓީރިއަލް އުފެއްދުމަށް ވައުދުވެފައިވާކަމަށް، ދައުލަތުގެ މީޑިއާ ކޭސީއެންއޭއިން ބުނެފިއެވެ.

އުތުރުކޮރެއާގެ ދައުލަތުގެ މީޑިއާއިން މިހެން ބުނެފައިވަނީ އެމެރިކާގެ ހަނގުރާމަ މަތީ މަތިންދާބޯޓު އުފުލާ ކެރިއަރު ދެކުނު ކޮރެއާއަށް ކައިރިކުރުމާއެކުއެވެ. ކޭސީއެންއޭއިން އާންމުކުރީ ފޮޓޯތަކުން ފެންނަނީ "ހަވާސަން-31އެސް"ގެ ނަމުން ނަންދީފައިވާ ހަތިޔާރުތައް، ނިއުކްލިއަރ ހަތިޔާރު އިންސްޓިޓިއުޓަށް ޒިޔާރަތް ކުރައްވައި އެގައުމުގެ ލީޑަރު ކިމް ޖޮންގް އުން ބައްލަވާލައްވާ މަންޒަރެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި މި ތަސްވީރުތަކުން ފެންނަ ކުދި، ނަމަވެސް އެތަކެއްޗަކީ އެމެރިކާއަށް ހަމަލާދެވޭ ނުވަތަ ގައުމުތައް ހުރަސްކޮށް ފޮނުވާ ބެލިސްޓިކް މިސައިލްތަކުގައި ޖައްސައިގެން ފޮނުވާލެވޭނެ ފަދަ ހަތިޔާރުތަކެއް ކަމަށެވެ.

ކިޔުންގްނަމް ޔުނިވަރސިޓީގައި ކިޔަވައިދޭ ދެކުނު ކޮރެއާގެ ކުރީގެ ނޭވަލް އޮފިސަރު ކިމް ޑޮންގް ޔޫޕް ވިދާޅުވީ، މި ހަތިޔާރުތައް ފަރުމާކޮށްފައިވަނީ މަދުވެގެން ތަފާތު 8 ޑެލިވަރީ ޕްލެޓްފޯމްގައި ބޭނުން ކުރެވޭގޮތަށް ކަމަށެވެ.

ކިމް ޖޮންގް އުން އަމުރުކުރެއްވީ ހަތިޔާރު ގްރޭޑްގެ ތަކެތި އުފެއްދުމަށް "ދުރު ނަޒަރަކުން" ނިއުކްލިއަރ އާސަނަލް "އެކްސްޕޮނޭންޝަލްކޮށް" ކުރިއެރުވުމަށާއި ވަރުގަދަ ހަތިޔާރު އުފެއްދުމަށް ކަމަށް ކޭސީއެންއޭއިން ބުނެއެވެ.

އޭނާ ވިދާޅުވީ ގައުމުގެ ނިއުކްލިއަރ ބާރުތަކުގެ ދުޝްމަނަކީ ވަކި ދައުލަތެއް ނުވަތަ ޖަމާއަތެއް ނޫންކަމަށާއި، އެއީ "ހަނގުރާމައާއި ނިއުކްލިއަރ ކާރިސާ އަމިއްލައަށް" ކަމަށާއި ހަތިޔާރު ފުޅާކުރުމުގެ ސިޔާސަތުގެ މަގުސަދަކީ ހަމައެކަނި ގައުމު ދިފާއުކުރުމާއި ސަރަހައްދީ ސުލްހައާއި ހަމަޖެހުން ކަމަށެވެ.

މީގެ އިތުރުން ކިމްއަށް، އައިޓީއަށް ބިނާކޮށް އިންޓަގްރޭޓެޑް ނިއުކްލިއަރ ހަތިޔާރު މެނޭޖްމަންޓް ސިސްޓަމެއް ކަމަށްވާ "ހައެކްބަންގަޝޫ" ކިޔާ "ނިއުކްލިއަރ ޓްރިގަރ"ގެ މައުލޫމާތު ދީފައިވާކަމަށް ކޭސީއެންއޭއިން ބުނެއެވެ.

އުތުރު ކޮރެއާއިން އަންނަނީ ނުތަނަވަސްކަން އިތުރުކޮށް، ހޯމަ ދުވަހު ކުރު ރާސްތާ ބެލިސްޓިކް މިސައިލްތައް ފޮނުވާލައި، މިދިޔަ ހަފުތާގައި އެމެރިކާއާއި ދެކުނު ކޮރެއާއާ ދެކޮޅަށް ނިއުކްލިއަރ ކައުންޓަރ އެޓޭކް ސިމިއުލޭޝަނެއް ހިންގާފައެވެ.

ހޯމަ ދުވަހުގެ ތަމްރީނުތަކުގައި އުތުރު ކޮރެއާގެ އަސްކަރިއްޔާއިން މޮކް ވޯރހެޑް ޖަހާފައިވާ ދެ ޓެކްޓިކަލް ބެލިސްޓިކް މިސައިލުން ނިއުކްލިއަރ އެއަރބަރސްޓެއް ސިމިއުލޭޓް ކުރިއިރު، މާޗް 25-27ށް ނިއުކްލިއަރ ގާބިލްކަން ހުރި ކަނޑުއަޑީގެ ހަމަލާ ޑްރޯނެއް އަނެއްކާވެސް ޓެސްޓްކުރިކަމަށް ކޭސީއެންއޭއިން ބުނެފައިވެއެވެ.

ހައިލް-1 ނަމަކަށްކިޔާ ކަނޑުއަޑީގެ ޑްރޯން 41 ގަޑިއިރަށްވުރެ ގިނައިރު "ޖަގްޑް އެންޑް އޯވަލް" 600 ކިލޯމީޓަރު (373 މޭލު) ރާސްތާއެއްގައި ދަތުރުކުރުމަށްފަހު އިރުއުތުރު އައްސޭރީގެ ކަނޑުގެ އަމާޒަކަށް ވާސިލްވި ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް ވިދާޅުވީ ނިއުކްލިއަރ ތަރައްގީއަށް ބާރުއަޅަމުންދާއިރު އިގުތިސާދީ އެހީގެ "އެންމެ ލާރިއެއް"ވެސް އުތުރު ކޮރެއާއަށް ހައްގުނުވާކަމަށެވެ.

ދެކުނު ކޮރެއާގެ އަސްކަރީ ތަރުޖަމާނަކު ވިދާޅުވީ، އުތުރުގެ އާ ހަތިޔާރުތައް ޑިޕްލޮއި ކުރެވޭތޯ ބެލުމަށް އިތުރު ޓެސްޓްތަކާއި ތަހުލީލުތައް ކުރަންޖެހޭނެ ކަމަށާއި، ނަމަވެސް ކަނޑުއަޑީގެ ޑްރޯންއާ ބެހޭގޮތުން ނެރުނު ރިޕޯޓަކީ، "އުފައްދާފައި ނުވަތަ މޮޅުކޮށްގެން" ނެރެފައިވާ ރިޕޯޓެއް ކަމަށް ބެލެވޭ ކަމަށެވެ.

އަދި އަންގާރަ ދުވަހުވެސް ޔޫއެސްއެސް ނިމިޓްޒް އިސްކޮށް ހުންނަވައިގެން އެމެރިކާގެ ކެރިއަރ ސްޓްރައިކް ގްރޫޕަކުން ވަނީ ޖޮއިންޓް މެރިޓައިމް ޑްރިލްތައް ކުރިއަށް ގެންދިއުމަށްފަހު ދެކުނު ކޮރެއާގެ ބުސާން ނޭވަލް ބޭސްގައި ބަނދަރުކޮށްފައެވެ. އެއީ ގާތްގަނޑަކަށް ހަ އަހަރު ފަހުން އެ ކެރިއަރުގެ ފުރަތަމަ ދަތުރެވެ. މިއީ ދެގައުމުގެ އިއްތިހާދަށް 70 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރި ދަތުރެކެވެ.

ދެކުނު ކޮރެއާގެ ކަނޑުގެ ސިފައިންގެ ރިއާ އެޑްމިރަލް ކިމް ޖީ ހޫން ވިދާޅުވީ ޖޮއިންޓް އެކްސަސައިޒްތަކުގެ މަގުސަދަކީ، އެމެރިކާގެ އެކުވެރި ގައުމުތަކަށް ދޭ ހަމަލާތައް ހުއްޓުވުމުގެ އަސްކަރީ ގާބިލްކަން (ޚާއްޞަކޮށް ނިއުކްލިއަރ ބާރުތައް) ރަނގަޅު ކުރުން ކަމަށެވެ.

ސްޓްރައިކް ގްރޫޕްގެ ކޮމާންޑަރު ރިއާ އެޑްމިރަލް ކްރިސްޓޮފަރ ސްވީނީ ވިދާޅުވީ އޭނާގެ ބޯޓުތައް ހުރީ ކޮންމެ ހާލަތަކަށްވެސް ތައްޔާރަށް ކަމަށެވެ.

ޕިއޮންގްޔަންގްއިން ވަނީ އެކުވެރި ގައުމުތަކުން ޓެންޝަންތައް އުފައްދައި، އަސްކަރީއްޔާ ބޭނުންކޮށްގެން އިންވޭޝަނެއް ރިހަރސް ކުރާކަމަށް ތުހުމަތުކޮށްފައެވެ.

އުތުރުގެ ވެރިކަންކުރާ ޕާޓީގެ މީޑިއާ ރޮޑޮންގް ސިންމޫންގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޚާއްޞަކޮށް މަތިންދާބޯޓު އުފުލާ ބޯޓު ހިމެނޭ ޑްރިލްތަކަކީ "ހަނގުރާމަ ފާޅުގައި އިއުލާންކުރުމާއި" އުތުރު ކޮރެއާއާ ދެކޮޅަށް "ޕްރީއެމްޕްޓިވް އެޓޭކެއް" ދިނުމަށް ތައްޔާރުވުންތަކެއް ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް