Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައިކޯޓުގެ ފަނޑިޔާރުން

ހައިކޯޓުގެ ފަނޑިޔާރުކަމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި

ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން އިއުލާނު ކުރީ 13 މާރޗުގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 މާރިޗު 2023 | އަންގާރަ 08:42
ހައި ކޯޓު

ހައި ކޯޓު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

ހައިކޯޓަށް ފަނޑިޔާރަކު ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނު ކުރީ 13 މާރޗުގައެވެ.

Advertisement - newsAdvertisement

އެ ކޮމިޝަނުން އަންގާރަ ދުވަހު ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި ކޮށްފައިވާ އިޢުލާނުގެ ސުންގަޑި ހަމަވިއިރު އެ މަގާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކޮށްފައެވެ. އެގޮތުން އެ މަޤާމަށް 4 ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުން:

1. މަރްޔަމް ވަޙީދު / ބެލޫން, ސ.ފޭދޫ

 2. މުޙައްމަދު ޝަނީޒް ޢަބްދުﷲ / ހަނދުވަރީނާޒް,  ގދ.ގައްދޫ

 3. ޢަލީ އަޙްމަދު / ބިއްދޮށުގެ, ފ.ނިލަންދޫ

 4. މުޙައްމަދު މިންހާޖް / ހިރިލަންދޫގެ, ސ.ފޭދޫ

ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތައް ހޮވުމުގައި އަމަލުކުރާނީ "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ކަމަށް ޖޭއެސްސީން ބުނެއެވެ.

މި މަޤާމަށް ކުރިމަތިލައްވާ ފަނޑިޔާރުން އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ވަނީ ލާޒިމުކޮށްފައެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ މަހަކު 36،000 ރުފިޔާއެވެ. އޭގެ އިތުރުން ލިވިންގ އެލަވަންސް ގޮތުގައި މަހަކު 15،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، ރިސްކް އެލަވަންސް ގޮތުގައި މަހަކު 3،300 ރުފިޔާ އަދި މެޑިކަލް އެލަވަންސްއާއި ފޯނު އެލަވަންސްވެސް ލިބިވަޑައިގަންނަވައެވެ.

އިތުރަށް ކިޔާލަން

18 މެއި 2017

ހައިކޯޓުގެ ފަނޑިޔާރު ރައޫފް ޖޭއެސްސީގެ މެމްބަރު ކަމަށް އަންޔަން ކުރައްވައިފި

18 މެއި 2017
ހައިކޯޓުގެ ފަނޑިޔާރު ރައޫފް ޖޭއެސްސީގެ މެމްބަރު ކަމަށް އަންޔަން ކުރައްވައިފި
27 އެޕްރީލު 2017

ފިނޭންސް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި

27 އެޕްރީލު 2017
ފިނޭންސް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި
27 އެޕްރީލު 2017

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި

27 އެޕްރީލު 2017
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި
20 އެޕްރީލު 2017

ހައިކޯޓުގެ ރަޖިސްޓްރާ ހަސަން އަލީ މަގާމުން ވަކިކޮށްފި

20 އެޕްރީލު 2017
ހައިކޯޓުގެ ރަޖިސްޓްރާ ހަސަން އަލީ މަގާމުން ވަކިކޮށްފި
16 މާރިޗު 2017

މަސީހް ކޮންޓްރީލް ކުރަނީ އެހެން ބޭފުޅަކު:އާޒިމް

16 މާރިޗު 2017
މަސީހް ކޮންޓްރީލް ކުރަނީ އެހެން ބޭފުޅަކު:އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު