Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެސްޓީއޯގެ ހިންގުން

އެސްޓީއޯގެ އާ އެމްޑީއަކަށް ސައީދު ހަމަޖައްސަން ޕީސީބީއަށް ފޮނުވައިފި

އަމްރު ވަކި ކުރީ ޤާނޫނާއި ޚިލާފަށް ނޫން ކަމަށް ޕީސީބީ އިން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 28 މާރިޗު 2023 | އަންގާރަ 06:19
މޯލްޑިވްސް ސްޓޭޓް ޝިޕިންގގެ މެނޭޖިންގ ޑިރެކްޓަރު ކެޕްޓަން އަބްދުﷲ ސައީދު

މޯލްޑިވްސް ސްޓޭޓް ޝިޕިންގގެ މެނޭޖިންގ ޑިރެކްޓަރު ކެޕްޓަން އަބްދުﷲ ސައީދު

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ކުރީގެ ކެބިނެޓް ސެކްރެޓަރީ އަބްދުﷲ ސައީދު ހަމަޖައްސަން ޕީސީބީއަށް ސަރުކާރުން ފޮނުވައިފިއެވެ.

އޭނާ އެ މަޤާމަށް އައްޔަން ކުރަން ފޮނުވާފައިވާކަން ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް މުހައްމަދު ހިސާން އަލީ ވަނީ "ރާއްޖެ އެމްވީ" އަށް ކަށަވަރުކޮށްދެއްވާފައެވެ. ސައީދު މިހާރު ހުންނެވީ މި ވެރިކަމުގައި 2020 ވަނަ އަހަރުގެ މާރޗު މަހު އުފެއްދި މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައެވެ. އެމްއެސްއެސް އަކީ އެސްޓީއޯގެ ދަށުން ހިނގާ އެސްޓީއޯގެ ކުންފުންޏެކެވެ.

Advertisement - newsAdvertisement

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކެބިނެޓް ސެކްރެޓަރީގެ މަގާމު ވެސް އަދާކުރައްވާފައިވާ ސައީދު ވަނީ 2011 ގައި އެ މަގާމުން އިސްތިއުފާދެއްވާފައެވެ. އެއަށް ފަހު އޭނާއާ ހަވާލުކޮށްފައި ވަނީ ސިންގަޕޫރުގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންސީއެލް) އޮފީސް ހިންގުމެވެ.

އެސްޓީއޯގެ އެމްޑީއަކަށް ސައީދު އައްޔަން ކުރަން ނަން ފޮނުވާފައި ވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުކަމުން ހުސެއިން އަމްރު ވަކިކުރުމާ ގުޅިގެންނެވެ. އަމްރު މަގާމުން ވަކިކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ނިންމާފައިވަނީ އާދީއްތަ ދުވަހުއެވެ. އަމްރު ވަކިކުރުމާއެކު ގިނަ ބަޔަަކު ވަނީ ޕީސީބީގެ މި ނިންމުމަށް ފާޑުކިޔާފައެވެ.

އަމުރު ވަކިކުރީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ ކީ ފާޑުކިޔުންތަކަށް ރައްދު ދީ ޕީސީބީން ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނީޓަރުކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ޒ) ގެ 1 އަދި 2 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ސަރުކާރުން އައްޔަންކުރާ ފަރާތްތައް އައްޔަންކޮށް ވަކިކުރަނީ އެ ގާނޫނުގެ ދަށުން އެކުލަވާލައި އެ ބޯޑުން ފާސްކޮށްފައިވާ އުސޫލުގެ ދަށުން ކަމަށެވެ.

އިތުރަށް ކިޔާލަން

06 ޖުލައި 2017

ހައުސިން ލޯނު ލިބޭނެ ލުއި ގޮތްތަކެއްް ހަމަޖައްސަންޖެހޭ: މުއިއްޒު

06 ޖުލައި 2017
ހައުސިން ލޯނު ލިބޭނެ ލުއި ގޮތްތަކެއްް ހަމަޖައްސަންޖެހޭ: މުއިއްޒު
28 މެއި 2017

އެސްޓީއޯގެ މުދާ އުފުލާ ބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި

28 މެއި 2017
އެސްޓީއޯގެ މުދާ އުފުލާ ބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި
25 މެއި 2017

އާސަންދައިގެ އެމްޑީއަކަށް ހަސަން އަލީ ހަމަޖައްސައި މައުމޫނު ހައުސިން އަށް ބަދަލުކޮށްފި

25 މެއި 2017
އާސަންދައިގެ އެމްޑީއަކަށް ހަސަން އަލީ ހަމަޖައްސައި މައުމޫނު ހައުސިން އަށް ބަދަލުކޮށްފި
14 މެއި 2017

ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ

14 މެއި 2017
ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ
11 މެއި 2017

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މެއި 30 ގައި

11 މެއި 2017
އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މެއި 30 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު