Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ފަތުރުވެރިކަން

އަނެއްކާވެސް ކާމިޔާބީއެއް، 3 މަހުން 5 ލައްކަ ފަތުރުވެރިން!

27 މާރިޗު 2023 | ހޯމަ 16:24

މާރޗް 26ގެ ނިޔަލަށް 500،597 ފަތުރުވެރިން ވަނީ އައިސްފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 27 މާރިޗު 2023 | ހޯމަ 16:24
ސަވާދިއްތަ ދަތުރުގެތެރެއިން - ރާއްޖެ އައި ފަތުރުވެރިން

ސަވާދިއްތަ ދަތުރުގެތެރެއިން - ރާއްޖެ އައި ފަތުރުވެރިން

މިއަހަރު މިވީ 3 މަސް ދުވަހުގެ ތެރޭގައި 5 ލައްކަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން, މާރޗް 26ގެ ނިޔަލަށް މިއަހަރު އައި ފަތުރުވެރިންގެ އަދަދު ވަނީ 500،597ށް އަރާފައެވެ.

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 5 ލައްކައަށް އެރުމާގުޅިގެން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, އަހަރުގެ ފުރަތަމަ ކުއާޓަރުގައި 5 ލައްކަ ފަތުރުވެރިންނަށް މަރުހަބާ ކިޔާފައިވާކަމަށާއި، ފަތުރުވެރިކަން އޮތީ މިއަހަރުގެ ޓާގެޓު ހާސިލްކުރަން ރަނގަޅު ޓްރެކްގައި ކަމަށެވެ. މިނިސްޓަރ ވަނީ, މިކަމުގައި ފަތުރުވެރިކަމުގެ ސިނާއަތާއި، ސްޓޭކްހޯލްޑަރުންނާއި، ޚިދުމަތްދޭ ފަރާތްތަކުންނާއި އަދި ދިވެހި ރައްޔިތުން އަދާކުރި މުހިންމު ރޯލު ފާހަގަކުރައްވާފައެވެ.

މިއަހަރުގެ މާރޗް 26ގެ ނިޔަލަށް 500،597 ފަތުރުވެރިން އައިސްފައިވާއިރު، މިއީ 2022 ވަނަ އަހަރާ އަޅައިބަލާއިރު 22.3 އިންސައްތައިގެ ކުރިއެރުމެއް ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. މިގޮތުން 2022 ވަނަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 409،426 ފަތުރުވެރިންނެވެ. 2021 ވަނަ އަހަރާ އަޅައިކިޔަސް މިއީ ވަރަށް ބޮޑުތަން ބޮޑުތަން އިތުރު އަދަދެކެވެ. 2021 ވަނަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 278،274 ފަތުރުވެރިންނެވެ.

މިއަހަރު ދުވާލެއްގެ މައްޗަށް 6،501 ފަތުރުވެރިން އައިސްފައިވެއެވެ. އަދި 8 ދުވަހު ރާއްޖޭގައި މަޑުކުރާކަމަށް ވަނީ ރެކޯޑުކޮށްފައެވެ.

މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ މާކެޓުންނެވެ. އެ މާކެޓުން 60،590 ފަތުރުވެރިން ވަނީ އައިސްފައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އިންޑިއާއިން އައިސްފައިވާއިރު، އެ މާކެޓުން 52،734 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި އިނގިރޭސިވިލާތުން 45،545 ފަތުރުވެރިން އައިސްފައިވާކަމަށް ވަނީ ރެކޯޑުކޮށްފައެވެ. މީގެ އިތުރުން އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުތަކުގެ ތެރޭގައި އިޓަލީ، ޖަރުމަނު، ފްރާންސް، އެމެރިކާ، ޗައިނާ، ސްވިޒަރލޭންޑް އަދި ޕޮލެންޑް ހިމެނެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

02 އޮކްޓޯބަރު 2017

އެލް މޯބައިލްގެ އައު ފިހާރައެއް އަނެއްކާވެސް ހުޅުމާލޭގައި ހުޅުވައިފި

02 އޮކްޓޯބަރު 2017
އެލް މޯބައިލްގެ އައު ފިހާރައެއް އަނެއްކާވެސް ހުޅުމާލޭގައި ހުޅުވައިފި
02 އޮކްޓޯބަރު 2017

ފަތުރުވެރިން ރާއްޖެއަށް ޝައުގުވެރިކުރުވުމަށް އާ އުކުޅެއް!

02 އޮކްޓޯބަރު 2017
ފަތުރުވެރިން ރާއްޖެއަށް ޝައުގުވެރިކުރުވުމަށް އާ އުކުޅެއް!
24 ސެޕްޓެމްބަރު 2017

ރިކޯޑް އަދަދަކަށް އިނގިރޭސި ވިލާތަށް ޖުލައި މަހު ފަތުރުވެރިން ޒިޔާރަތްކޮށްފި

24 ސެޕްޓެމްބަރު 2017
ރިކޯޑް އަދަދަކަށް އިނގިރޭސި ވިލާތަށް ޖުލައި މަހު ފަތުރުވެރިން ޒިޔާރަތްކޮށްފި
31 ޖުލައި 2017

ޑޫސާން ލައްކަ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި

31 ޖުލައި 2017
ޑޫސާން ލައްކަ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި
08 ޖޫން 2017

އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި

08 ޖޫން 2017
އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި
26 އެޕްރީލު 2017

ޑޫސާން ލައްކަ ޕްރޮމޯޝަން ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ ފަށައިފި

26 އެޕްރީލު 2017
ޑޫސާން ލައްކަ ޕްރޮމޯޝަން ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ ފަށައިފި
04 އެޕްރީލު 2017

ބީއެމްއެލް ކޮމިއުނިޓީ ޕްރޮޖެކްޓް ކާމިޔާބު ކުރި ފަރާތަށް ދެ ލައްކަ ރުފިޔާ

04 އެޕްރީލު 2017
ބީއެމްއެލް ކޮމިއުނިޓީ ޕްރޮޖެކްޓް ކާމިޔާބު ކުރި ފަރާތަށް ދެ ލައްކަ ރުފިޔާ
31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
07 ޖެނުއަރީ 2017

އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ

07 ޖެނުއަރީ 2017
އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް