Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހި މީޑިޔާގެ ދަފުތަރު އެކުލަވާލުން

ގަވާއިދުން ހިންގަމުންދާ މީޑިޔާތައް ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމަށް އުސޫލެއް އެކުލަވާލައިފި

މި ދަފްތަރު މަދުވެގެން 3 މަސްދުވަހުން އެއްފަހަރު އަދާހަމަކުރަންޖެހޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 މާރިޗު 2023 | ހޯމަ 13:46
މޯލްޑިވްސް މީޑިއާ ކައުންސިލް

މޯލްޑިވްސް މީޑިއާ ކައުންސިލް

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސް މަޖައްލާތަކުގެ ދަފުތަރު ބެލެހެއްޓުމަށާއި, ގަވާއިދުން ހިންގަމުންދާ މީޑިޔާތަކާއި ހިންގަމުން ނުދާ މީޑިޔާތައް ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި ދިވެހި މީޑިޔާގެ ދަފުތަރު އެކުލަވާލުމާއި ބެލެހެއްޓުމުގެ އުސޫލެއް އެކުލަވާލައި، އަމަލުކުރަން ފަށައިފިއެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލުން އެކުލަވާލާފައިވާ މިއުސޫލުގެ މަގުސަދުތަކުގެ ތެރޭގައި، ކަނޑައެޅޭ ނިޒާމެއްގެ ތެރެއިން ރާއްޖޭގެ މީޑިޔާތައް ދަފުތަރުކޮށް މިހާތަނަށް ބެލެހެއްޓިފައި ނެތުމުގެސަބަބުން، މީޑިޔާތަކާގުޅޭ އެކިއެކި މައްސަލަތަކާއި މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި މޯލްޑިވްސް މީޑިޔާ ކައުންސިލުން ނިންމަންޖެހޭ ކަންކަން ނިންމުމުގައި ކުރިމަތިވެފައިވާ ދަތި ކަންކަން ހައްލުކުރުން ހިމެނެއެވެ.

މިއުސޫލުގެ ދަށުން މީޑިޔާގެ ދަފުތަރުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ މީޑިޔާތަކުގެ އާންމު މައުލޫމާތު ނެރުމަށް ކަނޑައެޅިފައި އޮންނަންވާނެއެވެ. އަދި މިއުސޫލުގެ ދަށުން އެކުލަވާލައި ދަފުތަރުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މީޑިޔާތަކުގެ ތެރެއިން ޚިދުމަތް ދެމުންދާ މީޑިޔާތަކާއި، ރަޖިސްޓްރީކޮށްފައިވީނަމަވެސް ހިންގަމުން ނުދާ މީޑިޔާތައް އެނގޭނެހެން ވަކިވަކިން، ނުވަތަ އެއްކޮށް އާންމުކުރަންވާނެއެވެ.

މިއުސޫލުގެ ދަށުން ހިންގަމުންދާ މީޑިޔާއެއް ކަމުގައި ބަލާނެ މިންގަނޑަކީ; ނޫސް މަޖައްލާއާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން މީޑިޔާއެއް ރަޖިސްޓްރީކޮށްފައިވާ ބައިތަކުގައި ބަޔާންކޮށްފައިވާ މިންވަރާ އެއްގޮތަށް ހިންގަމުންދާ ނުވަތަ ނެރެމުންދާ މީޑިޔާއަކަށްވުމެވެ.

ހިންގަމުންދާ މީޑިޔާއެއް ކަމުގައި ނުބަލާނެ މިންގަނޑަކީ; ނޫސް މަޖައްލާއާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން މީޑިޔާއެއް ރަޖިސްޓްރީކޮށްފައިވާ ބައިތަކުގައި ބަޔާންކޮށްފައިވާ މިންވަރާ އެއްގޮތަށް ހިންގަމުން ނުދާ ނުވަތަ ނެރެމުން ނުދާ މީޑިޔާއަކަށް ވުމެވެ.

ދަފުތަރުގެ ބޭނުމަށްޓަކައި ނޫސް މަޖައްލާއާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނޫސް މަޖައްލާތައް ގަވާއިދުން ހިންގަމުންދާކަން ނުވަތަ ނޫންކަން މޯލްޑިވްސް މީޑިޔާ ކައުންސިލުން އަމިއްލައަށް ބަލައި ކަށަވަރުކުރަންޖެހޭނެއެވެ.

މިއުސޫލަށް އަމަލުކުރަން ފަށާތާ 1 މަސް ދުވަހުގެ ތެރޭގައި މީޑިޔާގެ ދަފުތަރު އެކުލަވާލަންޖެހޭއިރު، އެކަން ކުރާނީ މޯލްޑިވްސް މީޑިޔާ ކައުންސިލުން ކަނޑައަޅާ ކޮމިޓީއަކުންނެވެ.

މިދަފްތަރު މަދުވެގެން 3 މަސްދުވަހުން އެއް ފަހަރު އަދާހަމަކުރަންޖެހޭނެކަމަށް އުސޫލުގައި ބުނެފައިވެއެވެ. އަދި މިދަފްތަރު މޯލްޑިވްސް މީޑިޔާ ކައުންސިލުގެ ވެބްސައިޓްގައި އާންމުކޮށް ފެންނަ ގޮތަށް ޝާއިއުކުރަންޖެހެއެވެ.

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2017

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ސިއްޙީ ފަރުވާ ލިބޭނެ ފުރިހަމަ ނިޒާމެއް ގާއިމް ކުރަން ޖެހޭ: އެޗްއާރުސީއެމް

03 ޑިސެމްބަރު 2017
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ސިއްޙީ ފަރުވާ ލިބޭނެ ފުރިހަމަ ނިޒާމެއް ގާއިމް ކުރަން ޖެހޭ: އެޗްއާރުސީއެމް
16 ނޮވެމްބަރު 2017

މިއަދު އަމިއްލަ ގެއެއްގައި ރައްޔިތުންގެ މަޖިލިސް ހިންގަމުންދާ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސަ ވިދާޅުވެއްޖެ

16 ނޮވެމްބަރު 2017
މިއަދު އަމިއްލަ ގެއެއްގައި ރައްޔިތުންގެ މަޖިލިސް ހިންގަމުންދާ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސަ ވިދާޅުވެއްޖެ
23 އޮކްޓޯބަރު 2017

ކުޅުދުއްފުއްޓަށް ބޭނުން ވަނީ ފުރިހަމަ ދަތުރުފަތުރުގެ ނިޒާމެއް: ރައީސް ނަޝީދު

23 އޮކްޓޯބަރު 2017
ކުޅުދުއްފުއްޓަށް ބޭނުން ވަނީ ފުރިހަމަ ދަތުރުފަތުރުގެ ނިޒާމެއް: ރައީސް ނަޝީދު
09 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް ގދ ގައްދޫގައި ހަރަކާތެއް ބާއްވައިފި

09 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް ގދ ގައްދޫގައި ހަރަކާތެއް ބާއްވައިފި
05 ސެޕްޓެމްބަރު 2017

މިޔަންމާގައި ހިންގަމުންދާ ލާއިންސާނީ އަނިޔާތަކާއި ގުޅިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޤުނޫތު ނާޒިލާ ކިޔަން ނިންމައިފި

05 ސެޕްޓެމްބަރު 2017
މިޔަންމާގައި ހިންގަމުންދާ ލާއިންސާނީ އަނިޔާތަކާއި ގުޅިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޤުނޫތު ނާޒިލާ ކިޔަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު