Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަމްރު ވަކިކުރުން

އުސޫލުތަކާ ޚިލާފަށް އަމްރު ވަކިކުރިކަމަށް ދެކެވޭ ވާހަކަތަކަށް ޕީސީބީގެ ރައްދެއް

ގަވާއިދާއި އުސޫލުތަކަށް އިތުރު ބަދަލުތައް ދަނީ ގެންނަމުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 27 މާރިޗު 2023 | ހޯމަ 11:41
ހުސެއިން އަމްރު

ހުސެއިން އަމްރު

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރކަމުން ހުސެއިން އަމްރު ވަކިކުރައްވާފައިވަނީ އުސޫލުތަކާ ޚިލާފަށް ކަމަށް ދެކެވޭ ވާހަކަތަކަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ން ރައްދު ދީފިއެވެ.

ޕީސީބީން ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނީޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ޒ) ގެ 1 އަދި 2 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ސަރުކާރުން އައްޔަންކުރާ ފަރާތްތައް އައްޔަންކޮށް ވަކިކުރަނީ އެ ގާނޫނުގެ ދަށުން އެކުލަވާލައި އެ ބޯޑުން ފާސްކޮށްފައިވާ އުސޫލުގެ ދަށުން ކަމަށެވެ.

Advertisement - newsAdvertisement

އަދި މި އުސޫލަކީ 2013 ވަނަ އަހަރު އެ ބޯޑު ފުރަތަމަ އެކުލަަވާލެވުނު ދުވަހުން ފެށިގެންވެސް އަމަލުކުރަމުން އައި މައިގަނޑު އުސޫލުގެ އަސާސްތަކަށް ބިނާކޮށް، އިތުރަށް ހަރުދަނާކުރުމަށްފަހު އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށް ޕީސީބީން ބުނެއެވެ.

ގާނޫނުން ޕީސީބީއަށް މަތިކޮށްފައިވާ މަސައްކަތްތައް އެ ބޯޑުން އަބަދުވެސް ކުރަމުންދަނީ ގާނޫނުތަކާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށްކަން ފާހަގަކޮށް ޕީސީބީން ބުނީ އެ ބޯޑުން ނިންމާ ކޮންމެ ނިންމުމަކީވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރެވޭނެހެން، މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ނިންމާ ނިންމުންތަކެއް ކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައިވެސް ބޯޑުގެ މަސައްކަތްތައް ކުރިއަށްދާނީ މިގޮތުގެ މަތިން ކަމަށް ޕީސީބީން ވަނީ ޔަގީންކަން ދީފައެވެ.

ޕީސީބީން އިތުރަށް ބުނީ ސަރުކާރުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަންކުރުމާއި، ވަކިކުރުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ގަވާއިދާއި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާކަމަށެވެ.

އަމްރު މަގާމުން ވަކިކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ނިންމާފައިވަނީ އާދީއްތަ ދުވަހުއެވެ. އަމްރު ވަކިކުރުމާއެކު ގިނަ ބަޔަަކު ވަނީ ޕީސީބީގެ މި ނިންމުމަށް ފާޑުކިޔާފައެވެ.

އިތުރަށް ކިޔާލަން

17 މާރިޗު 2017

ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

17 މާރިޗު 2017
ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ
01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
01 މާރިޗު 2017

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
27 ފެބުރުއަރީ 2017

އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު

27 ފެބުރުއަރީ 2017
  އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު
26 ފެބުރުއަރީ 2017

ބަޖެޓުން ސަރުކާރުގެ އިޤްތިސާދީ ސިޔާސަތު ވަރަށް ސާފުވޭ: އަމްރު

26 ފެބުރުއަރީ 2017
ބަޖެޓުން ސަރުކާރުގެ އިޤްތިސާދީ ސިޔާސަތު ވަރަށް ސާފުވޭ: އަމްރު
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު