Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ ކޮލިފައިން

ލަގްޒެމްބާގް އަތުން ޕޯޗުގަލަށް ބޮޑު މޮޅެއް، ވިދާލީ ރޮނާލްޑޯ

ލަގްޒެމްބާގްގައި ކުޅުނު މެޗު ޕޯޗުގަލް އިން ކާމިޔާބު ކުރީ 6-0 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 މާރިޗު 2023 | ހޯމަ 05:31
ޕޯޗުގަލް އިން ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާ ފާޅުކުރަނީ

ޕޯޗުގަލް އިން ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާ ފާޅުކުރަނީ

މިހާރު ކުރިއަށްދާ ޔޫރޯ ކޮލިފައިންގައި ލަގްޒެމްބާގްއާ ދެކޮޅަށް ކުޅުނު މެޗުން ތަފާތު ބޮޑު ގޮތަކަށް ޕޯޗުގަލް މޮޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭ ލަގްޒެމްބާގްގައި ކުޅުނު މެޗު ޕޯޗުގަލް އިން ކާމިޔާބު ކުރީ 6-0 އިންނެވެ. މެޗުގައި ވިދާލީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ނޫނޯ މެންޑޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕޯޗުގަލަށް ލީޑު ނަގައިދިނީ ރޮނާލްޑޯ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޯޗުގަލް އިން ވަނީ އިތުރު ތިން ލަނޑު ޖަހައިފަ އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު މެޗުގެ 15 ވަނަ މިނެޓުގައި ޖެހީ ބެނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޔާއޯ ފެލިކްސް އެވެ. އޭގެ ތިން މިނެޓު ފަހުން ސިލްވާ ވަނީ ޕޯޗުގަލްގެ ތިން ވަނަ ލަނޑު ޖަހައިދީފަ އެވެ. މެޗުގެ 31 ވަނަ މިނެޓުގައި ބްރޫނީ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ރޮނާލްޑޯ ވަނީ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މި ލަނޑާއެކު ރޮނާލްޑޯ ޕޯޗުގަލަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 122 އަށް އަރައިފަ އެވެ. ޕޯޗުގަލްގެ ފަސް ވަނަ ލަނޑު ދެ ވަނަ ހާފުގެ 77 ވަނަ މިނެޓުގައި ޖެހީ އޮޓާވިއޯ އެވެ. ޕޯޗުގަލް އަށް 85 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ރަފައެލް ލެއާއޯ ފޮނުވާލި ނަމަވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ލެއާއޯ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަޔަކަށް ބަދަލުކޮށްދީފަ އެވެ.

މެޗުން މޮޅުވެ ޕޯޗުގަލް އޮތީ ގްރޫޕް ޖީގެ އެއް ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް ސްލޮވާކިއާ އަށް ލިބެނީ ދެ މެޗުން ހަތަރު ޕޮއިންޓެވެ.

ޔޫރޯ 2024 ކޮލިފައިންޕޯޗުގަލްކްރިސްޓިއާނޯ ރޮނާލްޑޯ

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
12 އޮކްޓޯބަރު 2025

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
20 ސެޕްޓެމްބަރު 2025

ފަލަސްތީނު ދައުލަތް ގަބޫލު ކުރަން ޕޯޗުގަލުން ނިންމައިފި

20 ސެޕްޓެމްބަރު 2025
ފަލަސްތީނު ދައުލަތް ގަބޫލު ކުރަން ޕޯޗުގަލުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު