Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވ. އާރަށު މައްސަލަ

52 މިލިއަން ދެއްކުމަށް ޔާމީންގެ މައްޗަށް ކުރި އަމުރުގެ އިސްތިއުނާފުގެ އަޑުއެހުން ބުދަ ދުވަހު

އިސްތިއުނާފު ހައިކޯޓުން ބަލައިގަތީ އާދީއްތަ ދުވަހު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 26 މާރިޗު 2023 | އާދީއްތަ 23:41
ވ. އާރަށު މައްސަލަ

ވ. އާރަށު މައްސަލަ

ވ. އާރަށު މައްސަލައިގައި 52 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި އަމުރުގެ އިސްތިއުނާފު އަޑުއެހުން ބުދަ ދުވަހަށް ތާވަލުކޮށްފިއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން މި އަމުރު ހައިކޯޓުގައި އިސްތިއުނާފަށް ހުށަހަޅާފައިވަނީ މާރޗު މަހުގެ 13 ވަނަ ދުވަހުއެވެ. މި އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފައިވަނީ އާދިއްތަ ދުވަހުއެވެ. މި އަމުރުގެ އިސްތިއުނާފު އަޑުއެހުން ބުދަ ދުވަހުގެ ހެނދުނު 10:15 ގައި ހައިކޯޓުގައި އޮންނާނެއެވެ.

Advertisement - newsAdvertisement

އާރަށު ޚިޔާނާތުގެ މައްސަލާގައި ޔާމީނު ލޯންޑަރކުރި އެއް މިލިއަން ޑޮލަރާއި، އެއާ އެއްކުރި 2 މިލިއަން ޑޮލަރުގެ އިތުރުން، އެއިން ހޯދި މަންފާ ދައުލަތަށް ދައްކަވަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

އާރަށު މައްސަލާގައި ޔާމީނަށް ކުރާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގައި، 7 އަހަރަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފައެވެ. ވުމާއެކު، މަނީލޯންޑަރ ކޮށްގެން އެމަނިކުފާނު ހޯއްދަވާފައިވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ދައުލަތުން ކޯޓުގައި އެދުނެވެ.

ދައުލަތަށް ފައިސާ ނެގުމަށް އަމުރު ކުރި ސަބަބަށް ބަލާއިރު، ޔާމީން ރިޝްވަތުގެ ގޮތުގައި ގަބޫލުކުރެއްވި 1 މިލިއަން ޑޮލަރުގެ ޗެކު އެޗްއެސްބީސީ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު، އެ އެކައުންޓުގައި ހުރި އިތުރު ފައިސާއާއެކު 1،001،409 (އެއް މިލިއަން އެއްހާސް ހަތަރުސަތޭކަ ނުވަ) އެމެރިކާ ޑޮލަރު ބީއެމްއެލް އެކައުންޓަށް ވަނީ ޖަމާކުރައްވާފައެވެ.

އަދި އެ އެކައުންޓުގައި ހުރި އިތުރު ފައިސާއާއެކު، ޖުމުލަ 1،295،000 (އެއް މިލިއަން ދެލައްކަ ނުވަދިހަ ފަސްހާސް) އެމެރިކާ ޑޮލަރު އިސްލާމިކް ބޭންކު އެކައުންޓަށް ވަނީ ޖަމާކުރައްވާފައެވެ.

އަދި އެ އެކައުންޓުގައި ހުރި އިތުރު ފައިސާއާއެކު 3،413،230 (ތިން މިލިއަން ހަތަރުލައްކަ ތޭރަހާސް ދުއިސައްތަ ތިރީސް) އެމެރިކާ ޑޮލަރު، އެމްއައިބީގައި ޔާމީނުގެ ނަމުގައި ހުޅުވާފައިވާ އެހެން އެކައުންޓަކަށް ޖަމާކުރައްވައި، 36 މަސް ދުވަސް ވަންދެން ވަނީ ފައިދާ ހޯއްދަވާފައެވެ. މި ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.

ކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްއާރަށު ޚިޔާނާތް

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން
25 އޮކްޓޯބަރު 2025

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން
30 ޖެނުއަރީ 2025

"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"

30 ޖެނުއަރީ 2025
"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"
21 ޑިސެމްބަރު 2024

ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން

21 ޑިސެމްބަރު 2024
ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން
10 ޑިސެމްބަރު 2024

ރައްޔިތުން ތިބީ ހާލުގައި، ސަރުކާރުން ފިކުރިއްޔާތުގެ ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ - ޔާމީން

10 ޑިސެމްބަރު 2024
ރައްޔިތުން ތިބީ ހާލުގައި، ސަރުކާރުން ފިކުރިއްޔާތުގެ ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ - ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު