Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަވާދީއްތަ ދަތުރު

ސަަވާދީއްތަ ދަތުރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބައެއް ގަވާއިދުތަކާއި އުސޫލުތައް: އެމްއައިޓީޑީސީ

26 މާރިޗު 2023 | އާދީއްތަ 17:29

ބައެއް ރަށްތަކަށް ޔޮޓުތަކަށް ބަނދަރު ނުކުރެވޭކަން ފާހަގަކުރެއްވި

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 26 މާރިޗު 2023 | އާދީއްތަ 17:29
މުހައްމަދު ރާއިދު - އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ

މުހައްމަދު ރާއިދު - އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ

ސަވާދީއްތަ ދަތުރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ބައެއް ގަވާއިދުތަކާއި އުސޫލުތައް ކަމަށް އެމްއައިޓީޑީސީއިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ ސަވާދީއްތަ ދަތުރަކީ ބްރޭންޑަކަށް ވެއްޖެކަމަށާއި ރައްޔިތުންނާއި އިންޑަސްޓްރީ ބަލައިގަންނަ އިވެންޓަކަށް ވެއްޖެ ކަމަށެވެ.

Advertisement - newsAdvertisement

ރާއިދު ވިދާޅުވީ ހުރިހާ ރަށަކުން ވެސް ޔޮޓްތައް އެ ރަށެއްގައި ބަނދަރު ކުރަން ބޭނުންވާ ކަމަށާއި ބައެއް ރަށްތަކާއެކު އެކަމާ ގުޅިގެން ހޫނު ބަހުސްތައް ވެސް ދިޔަކަމަށް އޭނާ ވިދާޅުވިއެވެ. އެކުވެރި މާހައުލެއްގައި އެ ބަހުސްތައް ދިޔައިރު، އޭނާ ވިދާާޅުވީ ރާއްޖޭގައި ހުރި ހުރިހާ ރަށްތަކަކީ ވެސް އަދި ރެލީގައި ކަނޑައަޅާ ހުރިހާ ރަށްތަކަކީ ވެސް ޔޮޓުފަހަރަށް ދެވޭ ގޮތަށް ހުރި ރަށްތަކެއް ނޫން ކަމަށެވެ.

މި އަހަރުގެ ސަވާދީއްތަ ދަތުރުގައި ވެސް ޔޮޓުތަކަށް ބައެއް ރަށްތަކަށް ނުވަދެވުނުކަން އޭނާ ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ޅ. ހިންނަވަރު، އއ. ތޮއްޑޫ، އަދި އއ. އުކުޅަސް އޭނާ ފާހަގަކުރެއްވިއެވެ. އެ ރަށްތަކަށް އެއްގޮތަކަށް ވެސް ޔޮޓުތައް ނުފެންނަ ކަމަށާއި އެހެން ނަަމަވެސް އެ ރަށްތަކުގެ ރައްޔިތުންނަށް އެ ރަށްރަށަށް ޔޮޓުތައް ގެންދެވެން ނެތް ސަބަބު ކިޔައިދީފައިވާނެ ކަމަށް އޭނަ ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ ސަވާދީއްތަ ދަތުރަށް އެންމެ ބޮޑު ގޮންޖެހުމަކީ މިހާރު ރާއްޖޭގައި އަމަލުކުރަމުންދާ ގަވާއިދުތަކާއި އުސޫލުތަކުގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވީ "ޕްލެޝާރ ވެސަލްސް" ތަކަކީ އެއްވެސް ގަވާއިދެއްގެ ތެރެއިން މާނަކުރެވިފައި ހުރި އެއްޗެއް ނޫން ކަމަށެވެ. އެ ގަވާއިދުތައް އިސްލާހުކޮށް ރާއްޖެ އަންނަ ޕްލެޝާރ ވެސަލްސްތަކަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ޓޫރިޒަމް މިނިސްޓްރީންނާއި ޔޫތު މިނިސްޓްރީން މަސައްކަތްކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ މި ކަމާ ގުޅިގެން ރާއްޖެއަށް ވަރަށް ނެގެޓިވް ކޮމެންޓްސް މީގެ ކުރިން ކޮށްފައި ހުރި ކަމަށެވެ. ސަބަބަކީ ރާއްޖެއަކީ އުނދަގޫ ގައުމެއްގެ ގޮތުގައި ފާހަގަވެފައި އޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ ހެދިފައި ހުރި ގަވާއިދުތަކާއި އުސޫލުތަކަކީ ޕްލެޝާރ ވެސަލްސްތަކަށް މަރުހަބާ ކިޔާ، ފަހި ގައުމެއްގެ ގޮތުގައި ހަދަން ޖެހޭ ކަމަށެވެ. އަދި އެމްޓައިޑީސީގެ ފަރާތުން އެ ކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްއައިޓީޑީސީ

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

އިތުރަށް ކިޔާލަން

01 މާރިޗު 2023

ސަވާދިއްތައިގެ ދެ ވަނަ އެޑިޝަން ފެށުން ލަންދޫ އިން، ދަތުރުގެ އުންމީދު ބޮޑު

01 މާރިޗު 2023
ސަވާދިއްތައިގެ ދެ ވަނަ އެޑިޝަން ފެށުން ލަންދޫ އިން، ދަތުރުގެ އުންމީދު ބޮޑު
25 ފެބުރުއަރީ 2023

ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓުތައް ލަންދޫގައި ބަނދަރުކުރަން ފަށައިފި

25 ފެބުރުއަރީ 2023
ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓުތައް ލަންދޫގައި ބަނދަރުކުރަން ފަށައިފި
28 ސެޕްޓެމްބަރު 2022

ސަވާދީއްތަ ދަތުރު 2023ށް އާރުކާޓީން ތަމްރީނު ކުރުމުގެ ޕްރޮގްރާމު ފަށައިފި

28 ސެޕްޓެމްބަރު 2022
ސަވާދީއްތަ ދަތުރު 2023ށް އާރުކާޓީން ތަމްރީނު ކުރުމުގެ ޕްރޮގްރާމު ފަށައިފި
15 ސެޕްޓެމްބަރު 2022

ވައިގެ ދަތުރުފަތުރުގެ ރޭޓުތަކަށް މިހާރުން މިހާރަށް ބަދަލު ގެންނަންޖެހޭ: ރާއިދު

15 ސެޕްޓެމްބަރު 2022
ވައިގެ ދަތުރުފަތުރުގެ ރޭޓުތަކަށް މިހާރުން މިހާރަށް ބަދަލު ގެންނަންޖެހޭ: ރާއިދު
12 ސެޕްޓެމްބަރު 2022

އިންސެންޓިވްތަކެއް ދީގެން އުތުރާއި ދެކުނުގައި ފަތުރުވެރިކަން ކުރިއެރުވޭނެ: ރާއިދު

12 ސެޕްޓެމްބަރު 2022
އިންސެންޓިވްތަކެއް ދީގެން އުތުރާއި ދެކުނުގައި ފަތުރުވެރިކަން ކުރިއެރުވޭނެ: ރާއިދު
16 އޯގަސްޓު 2022

ސަވާދިއްތަ ދަރުތުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް: އެމްއައިޓީޑީސީ

16 އޯގަސްޓު 2022
ސަވާދިއްތަ ދަރުތުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް: އެމްއައިޓީޑީސީ
03 މާރިޗު 2022

އުލިގަމުގައި ސިޓީހޮޓާ ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނަން: ރާއިދު

03 މާރިޗު 2022
އުލިގަމުގައި ސިޓީހޮޓާ ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނަން: ރާއިދު
03 މާރިޗު 2022

ބަރެސްދޫ ޕްރޮޖެކްޓް ފެށުމަށް ދަނީ ތައްޔާރުވަމުން، ވަރަށް އަވަހަށް އުފާވެރި ޚަބަރެއް ދޭނަން: ރާއިދު

03 މާރިޗު 2022
ބަރެސްދޫ ޕްރޮޖެކްޓް ފެށުމަށް ދަނީ ތައްޔާރުވަމުން، ވަރަށް އަވަހަށް އުފާވެރި ޚަބަރެއް ދޭނަން: ރާއިދު
22 ފެބުރުއަރީ 2022

ފުރަތަމަ ސަވާދީއްތަ ދަތުރުގެ ކާމިޔާބީއާއެކު، ދެން އޮންނަ ދަތުރެއް ރާއްޖެއިން ލަންކާއަށް

22 ފެބުރުއަރީ 2022
ފުރަތަމަ ސަވާދީއްތަ ދަތުރުގެ ކާމިޔާބީއާއެކު، ދެން އޮންނަ ދަތުރެއް ރާއްޖެއިން ލަންކާއަށް
11 ފެބުރުއަރީ 2022

ސަވާދީއްތަ ދަތުރުގެ ބައިވެރިންނަށް ޚާއްސަކޮށްގެން ނޮޅިވަރަންފަރުގައި ކުރިއަށްގެންދިޔަ ހަރަކާތްތައް ނިންމާލައިފި

11 ފެބުރުއަރީ 2022
ސަވާދީއްތަ ދަތުރުގެ ބައިވެރިންނަށް ޚާއްސަކޮށްގެން ނޮޅިވަރަންފަރުގައި ކުރިއަށްގެންދިޔަ ހަރަކާތްތައް ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް