Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބާޒާރުގެ އަގުތައް

ބާޒާރުގެ އަގުތަކަށް ބަދަލުތަކެއް: ލުނބޯގެ އަގު ތިރިއަށް، ކެރެޓުގެ އަގު މައްޗަށް

ކެރެޓު ކިލޯއެއްގެ އަގު ހުރީ 65ރ. އަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 26 މާރިޗު 2023 | އާދީއްތަ 11:54
ލުނބޯ އާއި ކެރެޓް

ލުނބޯ އާއި ކެރެޓް

ބާޒާރުގެ އަގުތަކަށް ރޯދަމަހުގެ ފުރަތަމަ ދެ ތިން ދުވަހުގެ ތެރޭގައި ވެސް ވަނީ ބަދަލު އައިސްފައެވެ.

އެގޮތުން އާދިއްތަ ދުވަހު ބާޒާރުގައި ކެރެޓު ލިބުން ދަތިވެ ބާޒާރުގައި ކެރެޓުގެ އަގު ވަނީ އުފުލިފައެވެ.

ރޯދަ މަހުގެ ފުރަތަމަ ދެ ދުވަހު ބާޒާރުގައި އާއްމުކޮށް ކެރެޓު ކިލޯއެއްގެ އަގު ހުރީ 65ރ. އަށެވެ. އެހެންނަމަވެސް ބާޒާރުގައި ކެރެޓު މިހާރު ލިބެން ހުރީ ވަރަށް މަދު ގޮޅިތަކެއްގައިކަން ފާހަގަކޮށްލެވެއެވެ. އަދި ބާޒާރުގައި ކެރެޓު ކިލޯއެއް އިއްޔެ އެވަރެޖުކޮށް ހުރީ 90ރ. އަށް ކަމަށް ވާއިރު ކެރެޓުގެ އަގު އިތުރަށް އުފުލިގެން ނުދާނެ ކަަމަށް ގިނަ ވިޔަފާރިވެރިން ވަނީ ބުނެފައެވެ.

"ރާއްޖެ އެމްވީ" އަށް މައުލޫމާތު ދިން ވިޔަފާރިވެރިން ބުނީ ކެރެޓުގެ އަގު އުފުލެން މެދުވެރިވީ ހޯލްސޭލްކުރާ ވިޔަފާރިތަކުން ކެރެޓު ލިބުން ދަތިވުމާއި ގުޅިގެން ކަމަށެވެ. އެހެންނަމަވެސް މިހާރު އާ ޝިޕްމެންޓްތައް ގެންފައިވާ ކަމަށާއި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އަނެއްކާވެސް ކެރެޓުގެ އަގު ދަށް ވާނެ ކަަމަށް ބެލެވޭ ކަމަށް ވިޔަފާވެރިން ވަނީ ބުނެފައެވެ.

ކެރެޓުގެ އަގު މަތިވި ނަމަވެސް ލުނބޯގެ އަގު ވަނީ ދަށް ވާން ފަށާފައެވެ. މީގެ ކުރިން 100 އަށް ކިލޯއެއް ލުނބޯ ލިބުނު ނަމަވެސް މިހާރު ގިނަ ތަންތަނުގައި 70 ރުފިޔާ އަށް ލުނބޯ ކިލޯ އެއް ލިބެން އެބަހުއްޓެވެ. ބައެއް ތަންތަނުގައި 60 ރުފިޔާ އަށް ވެސް ލުނބޯ ކިލޯ ލިބެން އެބަ ހުއްޓެވެ.

ރޯދަ މަސް ފެށުނު އިރު  ލޯކަލް މާރުކޭޓްގެ ގިނަ ގޮޅިތަކުން ލުނބޯ ލިބެން ނެތުމާއި އެކު ލުނބޯ ކިލޯއެއްގެ އަގު 100 ރުފިޔާއިން މައްޗަށް އެރިއެވެ. ނަމަވެސް ރޯދަމަސް ފެށުމުގެ ކުރިން ލުނބޯ ކިލޯއެއްގެ އަގު އުޅުނީ 45 ރުފިޔާއަށެވެ. މިދިޔަ އަހަރު ވެސް ރޯދަ ފެށުނުއިރު ލުނބޯ ކިލޯއެއްގެ އަގު މަތިވިއެވެ.

ލުނބޯ ލިބުން ދަތިވުމާއި ގުޅިގެން މި އަހަރު އެސްޓީއޯއިން ވަނީ ލުނބޯގެ އަގު ދަށްކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެސްޓީއޯއިން ލުނބޯ އެތެރެކޮށް، ކިލޯއެއް ވިއްކުމަށް ނިންމާފައިވަނީ 65 ރުފިޔާއަށެވެ. ހަމައެހެންމެ ބާޒާރުގައި ކާށީގެ އަގު އުފުލުމާއި ގުޅިގެން އެސް.ޓީ.އޯއިން ކާށި ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތް ވެސް ކޮށްފައިވެއެވެ. ބާޒާރުގައި ކާށީގެ އަގު 30 ރުފިޔާއިން މައްޗަށްވެސް އަރާފައި ވާއިރު ކާށި އަގުބޮޑުވަނީ ޑިމާންޑާއި އެއްވަރަށް ސަޕްލައި ނުކުރެވުމުން ކަމަށް ވިޔަފާރިވެރިން ބުނެއެވެ. ކާށިވެސް އެސްޓީއޯ އިން ވިއްކާނެ ކަމަށް ބުނެފައިވަނީ ހަ ރުފިޔާ އަށް ކާއްޓެއް މަގުންނެވެ.

ވިޔަފާރިލޯކަލް މާރުކޭޓް

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2025

ވިޔަފާރިވެރިންނަށް ޑޮލަރު ލިބޭ، އެޑޮލަރުން ކުރަނީ އެހެން ކަމެއް: ރައީސް މުއިއްޒު

18 ސެޕްޓެމްބަރު 2025
ވިޔަފާރިވެރިންނަށް ޑޮލަރު ލިބޭ، އެޑޮލަރުން ކުރަނީ އެހެން ކަމެއް: ރައީސް މުއިއްޒު
06 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި ވިލިމާލޭގައި މާރުކޭޓެއް އަޅައިދިން ކުންފުންޏަކަށް ފައިސާ ދިނުމަށް، ސިޓީ ކައުންސިލްގެ މައްޗަށް ހުކުމްކޮށްފި

06 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި ވިލިމާލޭގައި މާރުކޭޓެއް އަޅައިދިން ކުންފުންޏަކަށް ފައިސާ ދިނުމަށް، ސިޓީ ކައުންސިލްގެ މައްޗަށް ހުކުމްކޮށްފި
03 އޯގަސްޓު 2025

ކުދި ވިޔަފާރިވެރިން ބަނގުރޫޓްވަނީ، ދުވާލެއްގެ މައްޗަށް 300 ރުފިޔާވެސް ނުލިބޭ މާރުކޭޓް ގޮޅިތައް އެބަހުރި!

03 އޯގަސްޓު 2025
ކުދި ވިޔަފާރިވެރިން ބަނގުރޫޓްވަނީ، ދުވާލެއްގެ މައްޗަށް 300 ރުފިޔާވެސް ނުލިބޭ މާރުކޭޓް ގޮޅިތައް އެބަހުރި!
17 ސެޕްޓެމްބަރު 2024

ވަޅޯމަހުގެ އަގު އުފުލިއްޖެ

17 ސެޕްޓެމްބަރު 2024
ވަޅޯމަހުގެ އަގު އުފުލިއްޖެ
28 އޯގަސްޓު 2024

އިންސްޓިޓިއުޓް އޮފް ޑިރެކްޓަރސް މޯލްޑިވްސް އިފްތިތާޙް ކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސް މާދަމާ

28 އޯގަސްޓު 2024
އިންސްޓިޓިއުޓް އޮފް ޑިރެކްޓަރސް މޯލްޑިވްސް އިފްތިތާޙް ކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސް މާދަމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު