Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

ޓުޗެލް ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައި، އިތުބާރު އެބައޮތް: އޮލިވާ ޚާން

އޮލިވާ ޚާން ވިދާޅުވީ، އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ފާއިތުވި ދުވަސްތަކަކީ ބަޔާންގެ ވެރިންނާނީ ސަޕޯޓަރުންނަށް އުނދަގޫ ދުވަސްތަކެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 މާރިޗު 2023 | އާދީއްތަ 02:19
ޓުޗެލް ދައްކާލުމަށް ފަހު ބަޔާންގެ ސީއޯއޯ އޮލިވާ ޚާން އޭނާއާއެކު

ޓުޗެލް ދައްކާލުމަށް ފަހު ބަޔާންގެ ސީއޯއޯ އޮލިވާ ޚާން އޭނާއާއެކު

ކޯޗެއްގެ ގޮތުގައި ތޯމަސް ޓުޗެލް ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައި ކަމަށާއި، އޭނާ އަށް ފުރިހަމަ އަށް އިތުބާރު ކުރާ ކަމަށް ބަޔާންގެ ސީއޯއޯ އޮލިވާ ޚާން ވިދާޅުވެއްޖެ އެވެ.

އޮލިވާ ޚާން މިހެން ވިދާޅުވީ ބަޔާންގެ އައު ކޯޗުގެ ގޮތުގައި ޓުޗެލް ތައާރަފް ކުރުމަށް ފަހު ވާހަކަ ދައްކަަވަމުންނެވެ. އޮލިވާ ޚާން ވިދާޅުވީ، ބަޔާންގައި އޮތް ސްކޮޑަކީ ޔޫރަޕުގައި އޮތް އެންމެ ވަރުގަދަ އެއް ސްކޮޑު ކަމަށާއި، ނަމަވެސް ފަހުން ފަހުން ލިބެމުން އައީ ރަނގަޅު ނަތީޖާތަކެއް ނޫން ކަމަށެވެ. ޚާއްސަކޮށް މިއަހަރުގެ ތެރޭގައި ނެރެމުން އައި ނަތީޖާތަކާމެދު ހަމަޖެހިލައިގެން ތިބެވެން ނެތް ކަމަށެވެ. އެކަން ފާހަގަކުރައްވަމުން އޮލިވާ ޚާން ވިދާޅުވީ، ތަފްސީލުކޮށް ކަންކަމަށް ބަލައިފިނަމަ، އެންމެ ފަހުން ޖަރުމަނު ލީގުގައި ކުޅުނު 10 މެޗުގެ ތެރެއިން ބަޔާން މޮޅުވީ އެންމެ ފަސް މެޗުން ކަމަށެވެ. އެހެންކަމުން އެއީ ބަޔާނުން ބޭނުންވާ ގޮތެއް ނޫން ކަމަށާއި، ކުލަބުން އަމާޒު ހިފާފައިވާ ދިމާލަށް ދެވޭނެ ނަތީޖާތަކެއް ނޫން ކަމަށް ވެސް އޮލިވާ ޚާން ވިދާޅުވި އެވެ.

އައު ކޯޗު ޓުޗެލްއާ ގުޅޭ ގޮތުން އޮލިވާ ޚާން ވިދާޅުވީ، އޭނާ ވަނީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދީފައި ކަމަށެވެ. އެއަށްފަހު ދެން ފެނުނީ ޕްރިމިއާ ލީގުގެ ޗެލްސީގެ ކޯޗުކަމާ ހަވާލުވި މަންޒަރު ކަމަށެވެ. އެ ކުލަބުގައި ވެސް ޓުޗެލް ވަނީ ހުރިހާ ކާމިޔާބެއް ކަހަލަ ގޮތަކަށް ހޯދާފައި ކަމަށާއި، އެ ކުލަބަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކަމަށެވެ. އެހެންކަމުން ޓުޗެލްގެ ސީވީން މުޅިންހެން ވެސް ފެންނަން ހުރީ އެކި ވަރުގެ ކާމިޔާބީތައް ކަމަށާއި، އެއީ ވަރަށް މޮޅު ސީވީއެއް ކަމަށް ވެސް އޮލިވާ ޚާން ވިދާޅުވި އެވެ. މީގެ އިތުރުން ޓުޗެލްގެ އަމިއްލަ މޮޅުކަމާއި، ޓީމަށް ބަދަލު ގެންނަ ގޮތް ފެނިވަޑައިގެންނެވި ކަމަށް ވެސް ވިދާޅުވި އެވެ. އިތުރަށް އޮލިވާ ޚާން ވިދާޅުވީ، އޭނާ އަށް ޤަބޫލުކުރެއްވޭ ގޮތުގައި ފާއިތުވި ދުވަސްތަކަކީ ބަޔާންގެ ވެރިންނާއި ސަޕޯޓަރުންނަށް އުނދަގޫ ދުވަސްތަކެއް ކަމަށެވެ. އެގޮތުން އޭގެ ތެރެއިން ދެ ދުވަހަކު ހުދު އޭނާ އަށް ރަނގަޅަށް ނިދި ނުލިބި ދިޔަކަން ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އޮލިވާ ޚާންގެ އިތުރުން ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު ވިދާޅުވީ، ޓީމަކަށް ބަދަލެއް ގެންނަން ބޭނުންވާއިރު އެކަމާ މެދު ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމަށެވެ. ޚާއްސަކޮށް އެކަމުގައި ދެފަރާތުގެ ފުރިހަމަ އެއްބާރުލުމާއި، ކަންކަން ޤަބޫލު ކުރުން އޮންނަން ވާނެ ކަމަށެވެ. ޓުޗެލްއާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، މީހެ ހަތަރު ވަރަކަށް އަހަރު ކުރިން ވެސް ޓުޗެލް ބަޔާނަށް ގެނައުމަށް މަޝްވަރާކުރެއްވި ކަމަށާއި، އޭރު އެކަން ކާމިޔާބު ނުވީ ކަމަށެވެ. ނަމަވެސް މިފަހަރު މަޝްވަރާކުރެވުނު ވަގުތާއި، ގޮތެއް ނިންމުން ވަރަށް އަވަސް ވެގެންދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ މިފަހަރު ޓުޗެލް ވެސް ހުރީ އެ މަޤާމާ ހަވާލުވާން ބޭނުންވެފައި ކަމަށާއި، އަނެއްކޮޅުން ބަޔާނުން ކަންކަން ވިސްނައިދިން މިންވަރު އަވަސްވީ ކަމަށެވެ.

މިވަގުތު ބަޔާން އޮތީ ޖަރުމަނު ލީގުގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑު އެވެ. މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ބަޔާން އޮތީ މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެވެ.

ބަޔާން މިއުނިކްތޯމަސް ޓުޗެލްއޮލިވާ ޚާން

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު