Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރަންތާޖު ގުރުއާން މުބާރާތް

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ދެމައިން އެދެނީ އެކަކު އަނެކެއްގެ ކާމިޔާބަށް

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 25 މާރިޗު 2023 | ހޮނިހިރު 11:27
އާސިމާއާއި ސުމާ: މި ދެމައިންނަކީ ރަންތާޖު ގުރުއާން މުބާރާތުގެ ބައިވެރިން

އާސިމާއާއި ސުމާ: މި ދެމައިންނަކީ ރަންތާޖު ގުރުއާން މުބާރާތުގެ ބައިވެރިން

ރަންތާޖު ގުރުއާން މުބާރާތުގެ ބައިވެރިންގެ ތެރެއިން މި ދެ ބައިވެރިންނަށް މުބާރާތް ހާއްސަވާ އިތުރު ސަބަބެއް އެބައޮތެވެ. ސުމާ ހުސައިނަށް މި މުބާރާތް ހާއްސަވަނީ އޭނާގެ މަންމަ މުބާރާތުގައި އޭނާއާއެކު ވާދަކުރާތީއެވެ. ހަމަ އެ ފަދައިން އާސިމާ އާދަމްއަށް މި މުބާރާތް ހާއްސަވަނީ އޭނާގެ ދަރިފުޅު ސުމާ ހުސަައިން އޭނާއާއެކު މުބާރާތުގައި ވާދަކުރާތީއެވެ.

ރާއްޖެޓީވީ، ޔޫތު މިނިސްޓްރީ އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ބާއްވާ ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅުގެ ފެނިލުން ހާއްސަވާނެއެވެ. އެ ދެމައިންނަށް ވެސް އުފާވެރިކަމުގެ އިހުސާސެއް އެކަމުގެ ސަބަބުން ކުރެވޭނެއެވެ.

އާސިމާ ބުނީ އަބަދުވެސް ރީތި ރާގުތަކަށް ގުރުއާން ކިޔެވުމަށް އޭނާ ޝައުގުވެރިކަން ހުންނަކަމަށާއި، އެ ފުރުސަތު އޮތީ ނުލިބިފައި ކަމަށެވެ. އެހެން ނަމަވެސް، ދަރިފުޅު، ސުމާ ލިބުނު ހިސާބުން ދަރިފުޅަށް ގުރުއާން އުނގަންނައިދޭން ބޭނުންވިކަމަށް އޭނާ ކިޔައިދިނެވެ. އެ ހިސާބުން ސުމާގެ ސްކޫލް މުބާރާތްތަކަށާއި އަތޮޅު ފެންވަރުގެ މުބާރާތްތަކަށް ތައްޔާރުކޮށްދިނުމުގެ މަސައްކަތް އާސިމާ ފެށީއެވެ. އޭރު އާސިމާގެ އާއިލާ ދިރިއުޅެމުންދިޔައީ އޭނާގެ އުފަންރަށް ކަމުގައިވާ ހއ. މާރަންދޫގައެވެ.

ދަރިފުޅަށް ރަންވަނަތައް ލިބެން ފެށުމުން އާސިމާއަށް ކުރެވުނީ އުފާވެރި އިހުސާސެކެވެ. ގުރުއާން އުނެގުމާއި އުނގަންނައިދިނުމަށް ހިތުގައި އޮތް ލޯތްބާއި ޝައުގުވެރިކަން މާ ބޮޑަށް އިތުރުވެސް ވީއެވެ. އެ ދުވަސްވަރު އެ އާއިލާ ކުޑަހުވަދުއަށް ބަދަލުވުމަކީ އެ ދެމައިންނަށް ގުރުއާން އުނގެނުމަށް ހުޅުވުނު ދޮރެކެވެ. ދެމައިން ގުރުއާން އުނގެނުނީވެސް އެކުގައެވެ. ގިނަ ލެވެލްތައް ފުރިހަމަކުރީ އެކުގައެވެ.

އާސިމާ ބުނީ މި މުބާރާތުގައި ބައިވެރިވާންވެސް ހިޔާލު ދިނީ ދަރިފުޅު ކަމަށެވެ. އަދި އޭނާއަށް މި މުބާރާތް އޮންނަކަން އެނގުނީވެސް ދަރިފުޅު ގުޅާފައި ބުނުމުން ކަމަށްވެސް ބުންޏެވެ.

ސުމާ ބުނީ މަންމައާއެކު މުބާރާތަށް ހޮވުމަކީ ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށާއި މަންމައާއެކު ވާދަކޮށްލަން ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

މި ދެމައިންގެ ކިޔެވުން ރަންތާޖު ގުރުއާން މުބާރާތުގައި ފެންނާނެއެވެ. ދެ މައިން އެކަކު އަނެކެއްގެ ކާމިޔާބަށް އެދޭއިރު، މިއީ މަންމައަކާއި ދަރިއެއްގެ ނަމޫނާ ލޯތްބެކެވެ.

ރަންތާޖު ގުރުއާން މުބާރާތް ރާއްޖެޓީވީއިން ދައްކާނީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 9:30ގައެވެ.

ރަންތާޖު ޤުރުއާން މުބާރާތް

އިތުރަށް ކިޔާލަން

07 އެޕްރީލު 2023

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

07 އެޕްރީލު 2023
ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
07 އެޕްރީލު 2023

"ރަންތާޖު" ޤުރުއާން މުބާރާތުގެ ހަތަރު ވަނަ ބުރަށް ދަތުރުކުރާ 11 ބައިވެރިން އިއުލާންކޮށްފި

07 އެޕްރީލު 2023
"ރަންތާޖު" ޤުރުއާން މުބާރާތުގެ ހަތަރު ވަނަ ބުރަށް ދަތުރުކުރާ 11 ބައިވެރިން އިއުލާންކޮށްފި
07 އެޕްރީލު 2023

ރަންތާޖު ޤުރުއާން މުބާރާތުން މިރޭ ހަތަރު ބައިވެރިން ވަކިވާނެ

07 އެޕްރީލު 2023
ރަންތާޖު ޤުރުއާން މުބާރާތުން މިރޭ ހަތަރު ބައިވެރިން ވަކިވާނެ
26 މާރިޗު 2023

ރަންތާޖު ޤުރުއާން މުބާރަތުގެ ބައިވެރިންނަށް އިސްލާމިކް މިނިސްޓްރީގެ ހަދިޔާއެއް

26 މާރިޗު 2023
ރަންތާޖު ޤުރުއާން މުބާރަތުގެ ބައިވެރިންނަށް އިސްލާމިކް މިނިސްޓްރީގެ ހަދިޔާއެއް
24 މާރިޗު 2023

ރަންތާޖު ޤުރުއާން މުބާރާތް ފަށައިފި

24 މާރިޗު 2023
ރަންތާޖު ޤުރުއާން މުބާރާތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު