Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަންތާޖު ޤުރުއާން މުބާރާތް

"ރަންތާޖު ޤުރުއާން މުބާރާތަށް ރާއްޖެއިން ބޭރުގެ މަޝްހޫރު ޤާރީއިން ގެންނަނީ"

މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 24 މާރިޗު 2023 | ހުކުރު 17:40
"ރަންތާޖު" ޤުރުއަން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ވާހަކަދައްކަވަނީ

"ރަންތާޖު" ޤުރުއަން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ވާހަކަދައްކަވަނީ

"ރަންތާޖު" ޤުރުއާން މުބާރާތް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން އެ މުބާރާތަށް ރާއްޖެއިން ބޭރުގެ މަޝްހޫރު ޤާރީންނަށް ދައުވަތު ދީފައިވާ ކަމަށާ އެ މަސައްކަތް ކުރިއަށްދާ ކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވީ ރަންތާޖު ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި މުބާރާތަކީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

Advertisement - newsAdvertisement

ރަންތާޖު ޤުރުއާން މުބާރާތް ފެށުމަކީ އެމަނިކުފާނަށް ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުފަލެއް ލިބިވަޑައިގަންނަވާ ކަމެއް ކަަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ. ޒުވާނުންނާއި ނުގުޅޭ އެއްވެސް ކަމެއް ނެތް ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މިއީ ޤުރުއާން ކިޔެވުމުގައި ޝާމިލްވެ އުޅޭ ޒުވާނުންނަށް އެހީތެރިވުމުގެ ގޮތުން ފަހި ކުރެވުނު ރަނގަޅު ފުރުސަތެއް ކަަމަށެވެ. "ރަންތާޖު" ޤުރުއާން މުބާރާތަކީ އެ މަގްސަދުގައި އެކުލަވާލި ޕްރޮގްރާމެއް ކަމަށާއި، އެ ޕްރޮގްރާމަކީ ކުރިއަށް އޮތް ޖީލުތަކަށް ވެސް ހުޅުވާލެވޭ ބޮޑު ޕްލެޓްފޯމަކަށް ވެގެންދާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ. އަދި މިއަދު ފެށި އެ މަސައްކަތަކީ ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާވެގެން ދާނެ، ކާމިޔާބު މަސައްކަތަކަށް ވާނެ ކަމަށް ޔަޤީންކުރައްވާ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މުބާރާތުގެ ފައިނަލް 20 ބައިވެރިންނަކީ ސަތޭކަ އަށް ވުރެ ގިނަ ދަރިވަރުންނާއި ވާދަކޮށްގެން އެ މުބާރާތުން ޖާގަ ހޯދި ބައިވެރިން ކަމަށް ވުމާއި އެކު މި ރަމަޟާން މަހު އާއްމުންގެ ލޯތައް އެ ބައިވެރިންނަށް ހުއްޓިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އުންމީދަކީ މި މުބާރާތް ނުހުއްޓި، މިހާރަށް ވުރެ ބޮޑުކޮށް، ފުޅާކޮށް ކުރިއަށް ގެންދިއުން ކަަމަށް މަހްލޫފް ވަނީ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ މި މުބާރާތް ކުރިއަށް ގެންދިއުމަށް ރާއްޖެ ޓީވީ އިން ކުރާ މަސައްކަތް ފާހަގަކުރައްވާ އެކަމަށްޓަކާ ރާއްޖެ ޓީވީ އަށް ޝުކުރު އަދާ ކުރައްވާފައެވެ. އެގޮތުން ވިޔަފާރި އުސޫލެއް ނެތި، ހަަމައެކަނި ބައިވެރިއެއްގެ ގޮތުގައި މި މުބާރާތުގައި ހަރަކާތްތެރިވުމަކީ ބޮޑު ޚިދުމަތެއް ކަަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

3 ލައްކަ ރުފިޔާގެ އިނާމަކާއެކު ކުރިއަށްގެންދާ މި މުބާރާތުގެ ފަނޑިޔާރުންނަކީ އަލްޤާރީ އިބްރާހިމް ޝިފާއުއާއި އަލްޤާރީ މުހައްމަދު ތައުފީގާއި އަލްޤާރީ އަބްދުލް ވާހިދު އަބްދުﷲ، އަދި އައްޝައިޚް ނަސްރުﷲ އަލީއެވެ.

16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތަކީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

ރާއްޖެ ޓީވީއިން މި މުބާރާތް ގެނެސްދޭނީ ރަމަޟާންމަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 9:30ގައެވެ.

ޤުރުއާންރަންތާޖު ޤުރުއާން މުބާރާތްއަހުމަދު މަހުލޫފުޔޫތު މިނިސްޓްރީއިސްލާމިކް މިނިސްޓްރީރާއްޖެއެމްވީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި

04 ޑިސެމްބަރު 2025
ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި
04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
03 ޑިސެމްބަރު 2025

މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން: މެންބަރު ފަލާހު

03 ޑިސެމްބަރު 2025
މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން: މެންބަރު ފަލާހު
03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
02 ޑިސެމްބަރު 2025

ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

02 ޑިސެމްބަރު 2025
ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު