Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުދިރާގު

ދިރާގުން "މައިކްރޯ ސޮފްޓު 365" ރާއްޖެއަށް ތައާރަފުކޮށްފި

މައިކްރޯސޮފްޓް އޮފީސް 365 އަކީ މަސައްކަތް ކުރުމުގައި އިތުރު ފަސޭހައެއް ގެނެސްދޭ އެއްޗެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 4 ޖުލައި 2017 | އަންގާރަ 18:00
ދިރާގުން "މައިކްރޯ ސޮފްޓު 365" ތަޢާރަފްކުރުން

ދިރާގުން "މައިކްރޯ ސޮފްޓު 365" ތަޢާރަފްކުރުން

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ކަމަށްވާ ދިރާގުން ދިވެހިރާއްޖެ އަށް "މައިކްރޯ ސޮފްޓު 365" ތައާރަފު ކޮށްފިއެވެ.

މިހިދުމަތް ތަޢާރަފްކޮށްފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ހޮޓެލް ޖެންގެ ބޯލް ރޫމްގައި ބޭއްވި ހަފްލާއެއްގައެވެ.

"މައިކްރޯ ސޮފްޓު 365" ތައާރަފުކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމައިލް ރަޝީދު ވިދާޅުވީ މައިކްރޯސޮފްޓާ ދެމެދު މިވެވުނު އެއްބަސްވުން ރަމްޒުކޮށްދެނީ ދިވެހިރާއްޖެއަށް ޓެކްނޮލޮޖީއާއި ކުރިއެރުން ގެންނަން ދިރާގުން ދޭ އަހައްމިއްޔަތުކަން ކަމަށާއި މިފުރުޞަތުގައި މައިކްރޯސޮފްޓަށް ޝުކުރު ދަންނަވާ ކަމަށެވެ.

އަދި ދިރާގަކީ މުއާސަލާތީ ގުޅުމަށް ދިވެހިރާއްޖޭގައި އިންގިލާބެއް ގެނުވި އަދި ރާއްޖޭގެ ރަށްތައް މުއާސަލާތީ ވިއުގައަކުން ގުޅާލައި ބްރޯޑްބޭންޑްގެ ހިދުމަތް އެންމެ ފުޅާކޮށް ކުރާ ފަރާތް ކަމަށްވެސް އިސްމާއީލް ރަޝީދު ވިދާޅުވިއެވެ.

"މައިކްރޯސޮފްޓް އޮފީސް 365 އަކީ މަސައްކަތް ކުރުމުގައި އިތުރު ފަސޭހައެއް ގެނެސްދޭ އެއްޗެއް. މީގެ ކުރިން އަޅުގަނޑަށް މި ބޭނުން ކުރުމުގެ ނަސީބު ލިބުނު. އެކި ތަންތަނަށް ދަތުރުކުރާއިރު ވެސް މި [އޮފީސް 365] ބޭނުންކޮށްގެން މަސައްކަތްތައް ކޮށް ހެދޭނެ،" އިސްމާއިލް ވިދާޅުވި އެވެ.

މިހިދުމަތަކީ ރާއްޖެ ފަދަ ދުރަށް ބެހިގެން ގޮސްފައިވާ ޖަޒީރާ ރަށްތަކެއް އެކުލެވޭ ގައުމަކަށް މުހިންމު ބޭނުންތެރި ހިދުމަތެއް ކަމަށްވެސް އިސްމާއީލް ރަޝީދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ
09 އެޕްރީލު 2017

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު