Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކާށީގެ އަގު އުފުލުން

އެސްޓީއޯއިން ގެންނަ ކާށި އަންނަ ހަފްތާގައި ލިބެން ހުންނާނެ

އެސްޓީއޯގެ ބޭނުމަކީ އާންމުކޮށް ބޭނުންކުރާ ތަކެތި ހެޔޮއަގުގައި ފޯރުކޮށްދިނުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 މާރިޗު 2023 | ބުރާސްފަތި 08:39
ރޯދަމަހާ ދިމާކޮށް ކާށީގެ އަގުވަނީ ވަރަށް ބޮޑަށް އުފުލިފައި

ރޯދަމަހާ ދިމާކޮށް ކާށީގެ އަގުވަނީ ވަރަށް ބޮޑަށް އުފުލިފައި

އެސްޓީއޯއިން އަންނަ ހަފްތާގައި ކާށި ހެޔޮއަގުގައި ވިއްކަން ފަށާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ނަމުގައި ރާއްޖެޓީވީން އެކި ކުންފުނިތަކުގެ މަސައްކަތްތަކާއި ރަމަޟާން މަހަށް ވެފައިވާ ތައްޔާރީތަކާއި ގުޅޭގޮތުން ގެނެސްދިން ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، އެސްޓީއޯގެ ޕީޕަލްސް ޗޮއިސް އެންޑް ފުޑް ސެކިއުރިޓީގެ ސޭލްސް މެނޭޖަރު އަބްދުﷲ ވިސާމް ވިދާޅުވީ ރޯދަމަހުގައި އެންމެ ބޮޑަށް އަގު އުފުލެމުންދާ އެކައްޗަކީ ކާށި ކަމަށެވެ.

އެގޮތުން އެސްޓީއޯއިން މަސައްކަތް ކުރަނީ އެ ކުންފުނި މެދުވެރިވެގެން ކާށީގެ އަގު ދަށްކުރުމަށްޓަކައި ނުވަތަ ސްޓޭބަލް އަގެއްގައި ކަސްޓަމަރުންނާ ހަމައަށް ކާށި ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ކަމަށެވެ. ލަފާކުރެވޭގޮތުގައި މި ފެށޭ ހަފްތާ ތެރޭގައި ޝިޕްމަންޓް އަންނާނެ ކަމަށާއި، އަދި ހަމަ އަގުގައި ރައްޔިތުންނަށް ކާށި ލިބޭނެ ކަމަށް ވިސާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރަމަޟާން މަހާ ދިމާކޮށް، އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް އާންމުން ބޭނުންވާ އަސާސީ ބާވަތްތައް އެތެރެކުރުމަށް އިސްކަމެއް ދެމުންގެންދާ ކަމަށެވެ. އަދި ރޯދަމަހާ ދިމާކޮށް ތަކެތީގެ އަގު އުފުލިގެންދާ މިންވަރު ދިރާސާކުރަމުން ގެންދިޔަ ކަމަށެވެ. އަދި އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް ގިނަ މަސައްކަތްކަތެއް ކުރުމަށް ރާވާފައިވާ ކަމަށެވެ.

ވިސާމް ވިދާޅުވީ މުދާތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން މިދިޔަ ރޯދަ މަހު ހޯލްސޭލް ސެންޓަރުން ހޯދާ ހިދުމަތްތަކަށްފަހު މުދާ ބަލާ ދާންޖެހެނީ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ގުދަނަށް ކަމަށެވެ. އެކަމަށް އިސްކަމެއް ދީގެން މިފަހަރު ހޯލް ސޭލް ސެންޓުން ހިދުމަތް ހޯދާ ފަރާތްތަކަށް އެތާ ކައިރިން ފިޔާ، ބިސް އަދި އަލުވިއާއި އެހެނިހެން ބާވަތްތައް ލިބޭނެ ގޮތް ހަމަޖައްސާފައިވާނެ ކަަމަށެވެ.

މީގެ އިތުރުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން ރޯދަމަހާ ދިމާކޮށް އެސްޓީއޯއިން މުދާ ވިއްކުމަށްޓަކައި ރޯދަ މާޓުގެ ނަމުގައި ވިނަރެސްގައި ފިހާރައެއް ހުޅުވާފައިވާނެކަމަށް ވެސް ވިސާމް ވިދާޅުވިއެވެ.

ކާށިއެސްޓީއޯރަމަޟާން 1444

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

20 އޮކްޓޯބަރު 2025
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު ހުރިހާ ކާބޯތަކެތި އެތެރެކޮށް ވިއްކަން ފަށައިފި ކަމަށް އެސްޓީއޯ އިން ބުނެފި

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު ހުރިހާ ކާބޯތަކެތި އެތެރެކޮށް ވިއްކަން ފަށައިފި ކަމަށް އެސްޓީއޯ އިން ބުނެފި

15 އޮކްޓޯބަރު 2025
އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން ރައީސް މުއިއްޒަށް ފައިސާ ފޮނުވަން ހުރި ތަނެއް ނޫން: ރައީސް ޔާމީން

އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން ރައީސް މުއިއްޒަށް ފައިސާ ފޮނުވަން ހުރި ތަނެއް ނޫން: ރައީސް ޔާމީން

10 އޮކްޓޯބަރު 2025
މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު

މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު