Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވައިޑް-ބޮޑީ ބޯޓު

މި ސަރުކާރުން ގެނައި ވައިޑް-ބޮޑީ މަތިންދާ ބޯޓަކީ 14 އަހަރު ވެފައިވާ ބާ ބޯޓެއް: އަމީރު

ގައުމީ އެއާލައިން ބަނގުރޫޓުނުވެ ހިފެހެއްޓީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ކަމަށް އަމީރު ވިދާޅުވި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 10 ޖެނުއަރީ 2025 | ހުކުރު 11:30
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ނެގައިކަމަށް އެ ވިދާޅުވާ ވައިޑް-ބޮޑީީ މަތިންދާ ބޯޓަކީ 14 އަހަރު ވެފައިވާ ބައު ބޯޓެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ "ޓީވީ ޓޯކް" ޝޯގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން ބޮޑު އަދަދަކުން ދަރަނިވެރިވެ، ހާލަތު ގޯސްވި މައިގަނޑު ސަބަބަކީ އެ ކުންފުނީގެ ހިންގުން ސިޔާސީ މީހުންނާ ހަވާލުކުރުމުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ކުރިން ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ އައިލެންޑް އޭވިއޭޝަނުން ހިންގާ މޯލްޑިވިއަންއަށް ދިމާވެފައި އޮތް ހާލަތަކީ ސިޔާސީވެގެން ގޮސް ދިމާވި ކަންކަން ކަމަށެވެ. އަދި މިނިސްޓަރު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރާ ހަމައަށް ސަރުކާރުގެ ސޮވެރިން ގެރެންޓީއަކާ ނުލައި ހިންގަމުން ދިޔަ މޯލްޑިވިިއަން، 2023 ވަނަ އަހަރު ނިމުނުއިރު ދެ ބިލިއަނުން ދަރުވާލާފައިވާ ކަމަށެވެ.

އަމީންގެ މި ވާހަކަ އަށް ރައްދު ދެއްވައި ރާއްޖެ ޓީވީގެ "ޓީވީ ޓޯކް" ޝޯގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ކޮވިޑުގެ ބަވާއާ ގުޅިގެން ކުރިމަތިލާން ޖެހުނު ދަތިތަކަކާއި އެކުވެސް ނިމިދިއަ ސަރުކާރުން ރާއްޖޭގެ ގައުމީ އެއާލައިން ބަނގުރޫޓު ވިޔަ ނުދީ ހިފެހެއްޓިކަމަށެވެ. އަދި މުޅި ދުނިޔޭގެ ވައިގެ ދަތުރުތައް ހުއްޓުމަކަށް އައިއިރުވެސް ރާއްޖޭގެ ގައުމީ އެއާލައިނަށް ހުއްޓުމެއް ނާންނަ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މި ސަރުކާރުން ގެނައި ވައިޑް-ބޮޑީ މަތިންދާ ބޯޓަކީ އައު ބޯޓެއް ނޫން ކަމަށާއި އެއީ 14 އަހަރު ވެފައިވާ ބައު ބޯޓެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުން ރާއްޖޭގެ ރައްޔިތުނަން ވިސްނާދީފައި ވަނީ އެއީ މުޅިން އަލަށް ގެނައި މުޅިން އައު ބޯޓެއްގެ ގޮތުގައި ކަމަށެވެ.

މި ސަރުކާރުން ދައްކާ ކުރީ ސަރުކާރުގެ ދަރަނީގެ ވާހަކަ އާ ގުޅޭ ގޮތުން އަމީރު ވިދާޅުވީ ރާއްޖޭގައި ކޮންމެ ސަރުކާރެއް ވެސް ބަދަލުވާއިރު ނުދެއްކި ހުރި ބިލްތައް ހުންނަކަމަށާއި އެގޮތުން ރައީސް ޔާމީންގެ ސަރުކާރު ނިމި އެމްޑީޕީ ސަރުކާރާއި ހަވާލުވިއިރު ވެސް އެތައް ބިލިއަން ރުފިޔާއެއްގެ ބިލުތައް ނުދައްކާ ހުރިކަމަށެވެ. ނަމަވެސް އެމްޑީޕީ ސަރުކާރުން ފުރަތަމަ ވެސް އިސްކަމެއް ދީގެން އެ ބިލްތަކަށް ފައިސާ ދެއްކި ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ ސަރުކާރަށް އެންމެ ބޮޑު ތާށިކަމެއް އައީ ކޮވިޑް އާއި ގުޅިގެން ކަމަށާއި ނަމަވެސް އެ ދަތިހާލުގައިވެސް ނުދައްކާ ހުރި ބިލްތަކަށް ފައިސާދައްކަމުން ދިޔަކަމަށެވެ.

އަމީރު ވިދާޅުވީ އެމްޑީޕީ ސަރުކާރާއި ޚިލާފަށް މިހާރު މިއޮތް ސަރުކާރަށް އެއް އަހަރު ފުރުނުއިރު، 57 ބިލިއަނެއްހާ ރުފިޔާގެ ބަޖެޓު ހުސްވެގެން ދިޔައިރު، ހެދިނުހެދިއެއް ނޭނގޭ ކަމަށާއި ކުރި އެއްވެސް ކަމެއް މިހާތަނަށް ފެންނަން ނެތްކަމަށެވެ. އަމީރު ވިދާޅުވީ 57 ބިލިއަން ރުފިޔާގެ މި ބަޖެޓު ހުސްވިގޮތަކާއި މެދު ސުވާލު ކުރަން ޖެހޭކަމަށެވެ.

އަމީރު ވިދާޅުވީ މި ސަރުކާރުން 57 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްކޮށްލި އިރު، ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ އެއްކޮށްކަހަލަ ގޮތަކަށް އޮތީ ހުއްޓިފައި ކަމަށެވެ. އެގޮތުން މި ސަރުކާރުން ގިނަ އަދަކަށް ފައިސާ ދައްކަން ޖެހޭ، އަދި ނުދައްކާ ވަރަށް ގިނަ ކޮންޓްރެކްޓަރުން އެބަތިބި ކަމަށާއި އެފަރާތްތަކުން ދަނީ ހާލުގައި ޖެހިގެން، ފޯނުބިލު ނުދެއްކި، ކަރަންޓުބިލު ނުދެއްކިގެން ފައިސާކޮޅު ދިނުމަށް އާދޭސްކުރަމުން ކަމަށް އަމީރު ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ ބަނގުރޫޓް ވަމުން އަންނަކަން ފާހަގަކުރައްވަމުން އަމީރު ވިދާޅުވީ ނިމިގެން ދިޔަ އަހަރުގައި މި ސަރުކާރުން އެ އަހަރުގެ ނޮވެމްބަރު މަސް ނިމުގެ ކުރިން ކޮންޓްރެކްޓަރުންނަށް ނުދެއްކި ހުރި ބިލްތަކަށް 500 މިލިއަން ދައްކާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އެ 500 މިލިއަން ދައްކާފައި ނުވާކަމަށެވެ. އަދި އެކަމާ ގުޅިގެން ކޮންޓްރެކްޓަރުން ދަނީ ބަނގުރޫޓުވުމާއި ދިމާއަށް ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މި ސަރުކާރުން އަބަދަުވެސް ދައްކަނީ 500 މިލިއަނެއްގެ ވާހަކަ ކަމަށާއި އެގޮތުން ރައީސް ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވެ ވަޑައިގެން ވައުދުތަކުގެ ތެރޭގައި ވެސް އެ ވިދާޅުވާ 500 މިލިއަނެއްގެ ވާހަކަ ވަރަށް ގިނައި ދެއްކެވިކަމަށެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު