Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިރާގު ހަނގުރާމަ

މުޅި މެދުއިރުމަތީގެ ހަމަޖެހުން ނަގާލި ޢިރާޤު ހަނގުރާމައިގެ ޖަރީމާއަށް އެމެރިކާ ޒިންމާވާންޖެހޭ!

އެމެރިކާގެ އަސްކަރިއްޔާއިން ޢިރާޤުގެ ފަސްގަނޑުގައި ހަނގުރާމައިގެ ޖަރީމާތައް ގިނަ ޢަދަދަކަށް ހިންގާ، މުޅި ސަރަޙައްދުގެ މަސްރަޙު، ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 22 މާރިޗު 2023 | ބުދަ 12:39
މުޅި މެދުއިރުމަތީގެ ހަމަޖެހުން ނަގާލި ޢިރާޤު ހަނގުރާމައިގެ ޖަރީމާއަށް އެމެރިކާ ޒިންމާވާންޖެހޭ!

މުޅި މެދުއިރުމަތީގެ ހަމަޖެހުން ނަގާލި ޢިރާޤު ހަނގުރާމައިގެ ޖަރީމާއަށް އެމެރިކާ ޒިންމާވާންޖެހޭ!

އެއީ މީގެ 20 އަހަރު ދުވަސް ކުރިއެވެ. އެމެރިކާ އިސްވެ އޮވެ ޢިރާޤަށް އަރާ، އެ ޤައުމުގައި ހަނގުރާމަ ފެށިއެވެ. އެކަމުގެ ސަބަބުން ގެއްލުމާއި ނުތަނަވަސްކަން ކުރިމަތިވީ ހަމައެކަނި ޢިރާޤަކަށް ނޫނެވެ. ނަމަވެސް މުޅި މެދުއިރުމައްޗަށް، އެ ކަމުގެ ސަބަބުން ގެއްލުމާ ކުރިމަތިވިކަމަށް ޢިރާޤުގެ ވަޤުތީ ސަރުކާރުގެ ކުރީގެ ބޮޑުވަޒީރު އަޔާދު އައްލާވީ ވަނީ ވިދާޅުވެފައެވެ.

މަރޗް 2003 ގައި، އެމެރިކާއާއި އެމެރިކާއަށް އެއްބާރުލުންދޭ ބައިނަލްއަޤުވާމީ ބައިވެރިންގެ ފައުޖުތަކުން ޢިރާޤަށް އަރާ، ހަނގުރާމަ ފެށީ، އދގެ އިޒުނައަކާ ނުލައެވެ. އުޒުރެއް ކަމުގައި ހެދީ، ފުޅާ ދާއިރާއެއްގައި ގެއްލުންދެނިވި ބަރު ހަތިޔާރު، ޢިރާޤުގައި ހުރި ކަމަށް ބުނި ބުނުމެވެ. އެމެރިކާ އިސްވެ އޮވެ ޢިރާޤުގައި ކުރަން ފެށި ހަނގުރާމާގައި އާންމުންގެ ތެރެއިން މަރުވެ ދިޔަ މީހުންގެ ޢަދަދު އެތައް ސަތޭކަ ހާހަކަށް އަރާފައި ވާއިރު، ގެދޮރު ގެއްލުނު މީހުންގެ ޢަދަދު، މިލިއަނުން ގުނާލެވެއެވެ.

ޢިރާޤު ހަނގުރާމައަށް 20 އަހަރު ފުރުމާ ދިމާކޮށް، ޗައިނާ ސެންޓްރަލް ޓެލެވިޜަން (ސީސީޓީވީ)އަށް ދެއްވި ބަސްދީގަތުމެއްގައި އައްލާވީ ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާއިން ޢިރާޤުގެ ފަސްގަނޑުގައި ހަނގުރާމައިގެ ޖަރީމާތައް ގިނަ ޢަދަދަކަށް ހިންގާ، މުޅި ސަރަޙައްދުގެ މަސްރަޙު، ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލި ކަމަށެވެ.

އެމެރިކާއާއި އެމެރިކާއަށް އެއްބާރުލުން ދޭ ޤައުމުތަކުގެ ގުޅިފައިވާ އަސްކަރީ ފައުޖުތަކުން ޢިރާޤަށް އެރި ގޮތަށް އަރާ، އެ ޤައުމުގައި އޮތް އަސްކަރީ ބާރު އުވާލިއެވެ. ޤައުމުގެ ސަލާމަތް ބެލެހެއްޓުމާހަވާލުވެތިބި

ހުރިހާ އިދާރާއެއް އުވާލާ، ޤައުމީ ސަލަމާތް، ނުރައްކަލަށް ހުޅުވާލިއެވެ. ނަތީޖާއެއްގެ ގޮތުން، މެދުއިރުމަތީގެ އެހެން ސަރަޙައްދުތަކަށް އެ ނުރައްކާ ބަންޑުންވެ، ފެތުރިގެން ދިޔައެވެ. އެކަން ވެގެން ދިޔައީ، މެދުއިރުމަތީގައި ޓެރަރިސްޓް ހަރަކާތްތައް ހިންގަން ލިބުނު ހިތްވަރަކަށް ކަމަށް އައްލާވީ ވިދާޅުވިއެވެ.

އައްލާވީ ފާހަގަ ކުރެއްވި ގޮތުގައި، މަރޗް 2003 އިން ޑިސެމްބަރު 2011ގެ ނިޔަލަށް އެމެރިކާގެ އަސްކަރިއްޔާއިން ޢިރާޤު ހިފައިގެން އޮތް އޮތުމާ ދެކޮޅަށް، އެ ޤައުމުގައި ގިނަ ހަރަކާތްތަކެއް އުފެދިގެން ދިޔައެވެ.

ޢިރާޤުގައި ކުރަމުން ދިޔަ ހަނގުރާމަ "ހުއްޓާލާ"، ބިދޭސީ އަސްކަރީ ފައުޖުތައް ޢިރާޤުން ފައިބާނެކަން އެމެރިކާއިން އިޢުލާން ކުރީ 2011 ވަނަ އަހަރު ނިމެންދަނިކޮށެވެ. ނަމަވެސް، މިއަދުވެސް، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ޢިރާޤުގައި އެބަހުއްޓެވެ. އަސްކަރީ ސިފައިން، ޢިރާޤުގެ އެކި ސަރަޙައްދުތަކުގައި އެބަ ތިބިއްބެވެ. އައްލާވީ ވިދާޅުވި ގޮތުގައި އެއީ އަވަށްޓެރި ޤައުމުތަކުގެ ކަންކަން މޮނިޓަރކޮށް، މެދުއިރުމަތީގައި އޮތް އެމެރިކާގެ މަސްލަޙަތު ހިމާޔަތް ކުރުމަށް، އެމެރިކާއިން ކުރާ ކަމެކެވެ.

ބައިނަލްއަޤުވާމީ މައިދާނުގައި އެމެރިކާގެ އެންމެ ވަރުގަދަ ވާދަވެރިޔާ އަދި އެމެރިކާގެ އެންމެ ބޮޑު ޢަދުއްވުގެ ގޮތުގައި އެ ޤައުމުން ދެކޭ ޗައިނާއިން މެދުއިރުމަތީގައި ގެންގުޅޭ ސިޔާސަތާއި އެމެރިކާގެ ސިޔާސަތު އަޅާ ކިއުއްވަމުން އައްލާވީ ވިދާޅުވީ، ރަނގަޅީ ކޮން ޤައުމެއްގެ ސިޔާސަތެއްކަން އާންމުންނަށް އެނގޭ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންޓަރނެޓް ބޭނުން ކުރާ މީހުންގެ މެދުގައި ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގެ ސަރވޭއެއްގެ ނަތީޖާއަށް ބަލާއިރު، ޢިރާޤުގައި އެމެރިކާއިން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ޒިންމާ، އެމެރިކާއިން އުފުލަން ޖެހޭ ކަމަށް، 93 ޕަސެންޓް މީހުން ވަނީ ބުނެފައެވެ. އަދި 94.6 ޕަސެންޓް މީހުން ވަނީ، އެމެރިކާއިން ޢިރާޤަށް އަރާ، ހަނގުރާމައެއް ކުރަން ޖެހޭ ޤާނޫނީ ސަބަބެއް ސަބަބެއް ނެތް ކަމަށާ، އެމެރިކާގެ އެ ނިންމުމަކީ ނުރަނގަޅު ނިންމުމެއް ކަމަށްވެސް ބުނެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މުޅި ދައުލަތް ފަސާދައިގެ ޢަމަލުތަކުގެ ތެރޭގައި

މުޅި ދައުލަތް ފަސާދައިގެ ޢަމަލުތަކުގެ ތެރޭގައި

25 ސެޕްޓެމްބަރު 2017
މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

21 އޯގަސްޓު 2017
މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

29 ޖުލައި 2017
މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

15 ޖޫން 2017
ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު