Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޯފް ސިރަޕްގެ ސަބަބުން ކުދިން މަރުވުން

ކޯފް ސިރަޕްގެ ސަބަބުން މަރުވި ކުދިންގެ ބެލެނިވެރިން ގުޅިގެން ކޯޓަށް ދިއުމުގެ އަމުރު ދީފި

އިންޑޮނީޝިޔާގެ އިތުރުން، ގެމްބިޔާއާއި އުޒްބަކިސްތާންގައިވެސް ވަނީ ކިޑްނީ ހަލާކުވެގެން ކުދިން މަރުވެފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 21 މާރިޗު 2023 | އަންގާރަ 14:35
އިންޑޮނީޝިޔާގައި ކިޑްނީ ފެއިލްވެފައިވާ ތުއްތު ކުއްޖެއް

އިންޑޮނީޝިޔާގައި ކިޑްނީ ފެއިލްވެފައިވާ ތުއްތު ކުއްޖެއް

ވިހަ މާއްދާއެއް އެކުލެވޭ ކޯފް ސިރަޕް ދިނުމުގެ ސަބަބުން ކިޑްނީފެއިލްވެ، އިންޑޮނީޝިޔާގައި މިދިޔަ އަހަރު މަރުވެފައިވާ ކުޑަކުދިންގެ ބެލެނިވެރިން ގުޅިގެން, މައްސަލަ ކޯޓަށް ހުށަހަށައިގެން ކުރިޔަށް ގެންދިއުމުގެ ހުއްދަ އެގައުމުގެ ކޯޓަކުން ދީފިއެވެ. މިކަމާގުޅިގެން ބައެއް މައިންބަފައިން އުފަލުން ރޯންފަށާފައިވެއެވެ. ހަތަރު އަހަރުގެ ދަރިފުޅު މިދިޔަ އަހަރު މަރުވެފައިވާ މަންމައަކު ބުނީ، އޭނާގެ ދަރުފުޅު މަރުވީ ބޭކާރު ގޮތެއްގައި ނޫންކަން އެނގި އުފާކުރާކަމުގައެވެ. އަދި އެމީހުން ބޭނުންވަނީ އިންސާފު ކަމަށް ބުނެފައިވެއެވެ.

އިންޑޮނީޝިޔާ ސަރުކާރާއި އަދި ބޭސް އުފައްދާ 8 ކުންފުންޏަކާ ދެކޮޅަށް މައްސަލަ ކޯޓަށް ވައްދާފައިވަނީ، ކޯފްސިރަޕްގެ ސަބަބުން ކިޑްނީ ފެއިލްވެ މަރުވެފައިވާ 25 ކުއްޖެއްގެ މައިންބަފައިން ގުޅިގެންނެވެ. އަދި ކޯޓުން ވަނީ މިކަން ދިމާވި އެހެން މައިންބަފައިންވެސް މައްސަލައާ ގުޅުމުގެ ހުއްދަ ދީފައެވެ.

ވިހަ މާއްދާއެއް އެކުލެވޭ ކޯފްސިރަޕް ދިނުމުގެސަބަބުން ކިޑްނީ ހަލާކުވެ، 2022ވަނަ އަހަރުން ފެށިގެން 200 ކުދިން އިންޑޮނީޝިޔާގައި އެކަނިވެސް މަރުވެފައި ވެއެވެ.

ކޯފް ސިރަޕްގެ ސަބަބުން ކުދިން މަރުވެފައިވަނީ ހަމައެކަނި އިންޑޮނީޝިޔާގައެއް ނޫނެވެ. ގެމްބިޔާ އަދި އުޒްބަކިސްތާންގައިވެސް ވަނީ ސަތޭކައެއްހާ ކުދިން މަރުވެފައެވެ.

މިގޮތަށް ކުދިން މަރުވަމުން ދިއުމާ ގުޅިގެން އިންޑޮނީޝިޔާ ސަރުކާރުން ވަނީ ތަހުގީގެއް ފަށާފައި ކަމަށް ވެއެވެ. ނަމަވެސް ކަމާބެހޭ އިދާރާތަކުން ބުނާގޮތުގައި އެހެން ގައުމުތަކުން ފެނުނު ކޭސްތަކާ އިންޑޮނީޝިޔާގެ ކޭސްތަކާ ގުޅުމެއްވާ ކަމުގެ އެއްވެސް ހެތްކެއް އަދި ލިބިފައެއް ނުވެއެވެ.

ޑަބްލިއު އެޗްއޯއިންވެސް ވަނީ އިންޑިޔާ އަދި އިންޑޮނީޝިޔާގައި އުފައްދާފައިވާ ކޯފް ސިރަޕްގެ ހަ ވައްތަރެއް ބޭނުންނުކުރުމަށް އަންގާފައެވެ.

ކޯޓަށް މިހާރު މައްސަލަ ވައްދާފައިވާ ބެލެނިވެރިން ވަނީ މަރުވި ކޮންމެ ކުއްޖެއްގެ އާއިލާއަށް 195ހާސް ޑޮލަރު، އަދި ކިޑްނީއަށް ގެއްލުންވިނަމަވެސް ފުރާނަ ސަލާމަތްވި ކޮންމެ ކުއްޖެއްގެ އާއިލާއަށް 130 ހާސް ޑޮލަރު ހޯދުމަށް އެދިފައެވެ. ބެލެނިވެރިން ބުނެފައިވާގޮތުގައި، ބަދަލުގެގޮތުގައި ކިތަންމެ ބޮޑު އެއްޗެއް ދިން ކަމުގައިވިއަސް ވަކިވެ ދިޔަ އެމީހުންގެ ތުއްތު ކުދިންގެ ފުރާނައިގެ އަގު އަދައެއްނުކުރެވޭނެއެވެ. އިންޑޮނީޝިޔާ ސަރުކާރުންވެސް ވަނީ ބަދަލު ދިނުމުގެ ސްކީމެއް އެކުލަވައިލުމަށް މަސައްކަތް ކުރަމުން ދާކަމަށް ބުނެފައެވެ.   

މައްސަލަ ތަހުގީގުކުރަމުންދާ އިންޑޮނީޝިޔާގެ އިދާރާތަކުން ބުނެފައިވާގޮތުގައި، ކޯފްސިރަޕް އުފެއްދުމުގައި އަޅަންޖެހޭ ދެބާވަތެއް ކަމަށްވާ އެތިލީން ގްލައިކޮލް އަދި ޑައިތިލީން ގްލައިކޮލްގެ، ބޭހަށް އަޅާ ފެންވަރުގެ ތަކެތި ލިބުން ދަތިވުމުގެ ސަބަބުން އެބާވަތުގެ އިންޑަސްޓްރިއަލް ގްރޭޑްގެ ތަކެތި ބޭނުންކުރާކަން ވަނީ އެނގިފައެވެ. މިއީ އައިސްއަލަމާރިއާއި އެއަރކޮންޑިޝަންގައިވެސް ބޭނުންކުރާ ވައްތަރު ކަމަށްވެއެވެ.  

ކޮމެންޓް

އިތުރަށް ކިޔާލަން

ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި

ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި

19 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ

ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ

18 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ

ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ

03 މާރިޗު 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު