Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސްގެ ސެކިއުރިޓީ ބްރީޗްވުން

ރައީސްގެ ސެކިއުރިޓީ "ބްރީޗް" ވިތާ 9 ގަޑިއިރު، އިދާރާތައް ތިބީ ބަސް ނުބުނެ ހަނު!

މޮޓޯކޭޑަށް ހުރަސް އެޅުމުން ބައެއް މީހުން ހައްޔަރުކުރި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 21 މާރިޗު 2023 | އަންގާރަ 04:14
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދަތުރުކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނުގެ މޮޓޯކޭޑަށް ވަނީ ހުރަސް އަޅާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދަތުރުކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނުގެ މޮޓޯކޭޑަށް ވަނީ ހުރަސް އަޅާފައި

ޤައުމެއްގެ އެންމެ އިސް ފަރާތަކީ ޤައުމުގެ ވަލީޢުލްއަމުރެވެ. ޤައުމުގެ ހުންގާނުގައި ހުންނަވާ ޤައުމުގެ މޭސްތިރިއާއެވެ. ޤައުމުގެ ހިންގުމާއި ހަވާލުވެވަޑައިގެން ހުންނަވާ ޤައުމުގެ މުޝީރެވެ. ސިޔާސީ ވާދަވެރިންނާއި، ފުންމިން ނޭނގޭ ކަޅު ކުށުގެ ވެށީގެ ވިހަ ރޭވުންތަކާއި އެންމެ ހީ ނުކުރާ ފަދަ ގޮތަކަށް ކުރިމަތިލާން ޖެހިދާނެ އެއް ބޭފުޅަކީ ހަމަގައިމުވެސް ޤައުމުގެ ވެރިޔާކަމީ ދެބަސް ވެެވެން ނެތް ހަގީގަތެވެ. ދައުލަތުގެ މާލިއްޔާއިން ބަރު، ބޮޑު ޚަރަދެއްކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީކަންކަން ބަލަހައްޓަމުން ދަނީ ވެސް މި ދެންނެވި ސަބަބަށްޓަކައެވެ. ތަމްރީނާއި، ތައުލީމުގެ ގޮތުން ފުރިހަމަ ހޭހަން ހަށިފާރަވެރިން ރައީސްގެ ސަލާމަތީކަންކަން ބެލެހެއްޓުމަށް އައްޔަން ކުރެވޭނެ މަގަކަށް ކަންކަން ވިލަރެސްކުރަމުންދާ ސަބަބަކީ ވެސް އެއީއެވެ.

ރާއްޖޭގެ މާޒީގެ ސަފްހާތައް ބަލާލާ ނަމަ ކައިރި މާޒީގައި ވެސް ސެކިއުރިޓީ ބްރީޗްވެ ޤައުމުގެ އިސް މަޤާމުތަކުގައި ތިބި ފަރާތްތަކަށް ހަމަލާ ދޭން މަގުފަހިވެފައި، ނުވަތަ ހަމަލާ ދީފައިވާ މައްސަލަތައް ފެންނާން އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ޙާދިސާ އަކީ ކުރީގެ ރައީސް އަދި ދައުލަތުގެ އެއް ބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް 2021 ވަނަ އަހަރު ދިން ނިރުބަވެރި ހަމަލާއެވެ. އޭގެ ކުރިން ކުރިއަށް ޖެހިލާ ނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އާއި އޭރުގެ ވަޒީރުންގެ މަޖިލީހުގެ ބޭފުޅުން ތިއްބެވި ލޯންޗްގައި އެއްޗެއް ގޮއްވާލިކަމަށް ތުހުމަތުކުރާ މައްސަލައެވެ.

އަަޅުގަނޑަށް ފެންނަތަނުގައި މި ދުވަސްވަރަކީ ހުރިހާ ގޮތަކުން ބެލިޔަސް ރައީސްގެ ސަލާމަތީކަންކަން އިހަށް ވުރެ ވަރުގަދަވެ، ހަރުދަނާވެފައި އޮންނަން ޖެހޭ ދަނޑިވަޅެކެވެ. ތަފާތު ފިކުރުގެ ސިޔާސީ ހާދިމުން، ސިޔާސީ މައިދާނުގެ ކުޅިބައި އަތުރަން އެންމެން އެއް ވާނަކަށް މަސައްކަތް ފަށާފައި ތިބި އިރު، ރާއްޖޭގެ ސިޔާސީ މަސްރަހަކީ ސިޔާސަ ތަނެކެވެ. ޖޯށުގައި ލޭ ހޫނުވެ ސިޔާސީ ބޮޑެތި ހައިޖާނުތައް ރާއްޖޭގައި ހިނގާފައި އެބަހުއްޓެވެ. އެހެންކަމުން ހަމައެކަނި ސިޔާސީ ސަބަބުތަކަށް ބެލި ނަމަވެސް ރައީސްގެ ސަލާމަތާމެދު ޚާއްސަ ނަޒަރަކުން ބެލުން ލާޒިމެވެ. އެހެނީ 2023ގެ ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަން ވަމުންދާވަރަކަށް ސިޔާސީ މަސްރަހުގެ ހައްސާސްކަން ބޮޑުވެގެން ދިއުމެވެ.

ރާއްޖޭގައި ކުށުގެ ވެށި އޮތްގޮތަށް ބަލާ ނަމަ ވެސް، ރާއްޖޭގެ އަމާންކަން އޮތީ ހިންދެމިލެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ. އަދި ނިރުބަވެރި ޖަމާއަތްތަކުގެ ހީލަތްތެރި ރޭވުންތައް ރާވާކަމާއި، އެ ކަމުގެ ބިރުވެރި ކެރިގަނޑު ރާއްޖޭގެ އުދަރެހުން ފެންނަ ކަމުގެ ވާހަކަ އަކީ ތޯތޯ ވާހަކައެއް ނޫނެވެ. އެ ވާހަކަ ތަހުލީލާއި ދިރާސީ ނަޒަރަކުން ބަލާ އެކުލަވާލާފައިވާ އެތައް ރިޕޯޓަކުން އެ ހުރީ އެނގި ހާމަވާށެވެ. އެހެންވީމަ ހަމައެކަނި އެ ދެ ސަބަބަށް ބެލި ނަމަވެސް ރައީސްގެ ސަލާމަތީ ކަންކަން ލުއިކޮށް ނެގޭކަށް ނެތެވެ.

މިކަން މިހެން އޮއްވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދަތުރުކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނުގެ މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ކުރިއަށްގެންދިޔަ މުޒާހަރާގެ ބައިވެރިން ހުރަސް އެޅުން ވެެގެން ދިޔައީ މުޅި ޤައުމު ސިއްސުވާލި މައްސަލައަކަށެވެ. މިކަން ހިނގާފައިވަނީ ހޯމަ ދުވަހުގެ ރޭ، ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާ ނިންމަވާލެއްވުމަށްފަހު ރައީސް ވަޑައިގަންނަވަަނިކޮށެވެ. އެގޮތުން، ބޮޑުތަކުރުފާނު މަގުން އެމަނިކުފާނުގެ މޮޓޯކޭޑު ދަތުރުކުރަނިކޮށް އެ ސަރަހައްދުގައި އޭރު މުޒާހަރާ ކުރަން ތިބި މީހުން އެމަނިކުފާނުގެ ކާރުކޮޅު ހުއްޓުވައި ހުރަސްއެޅިއެވެ. މިއީ ސިޔާސީ ފޯރިގައި ކުރި ސަމާސާ ކަމެއްގެ ގޮތުގައި ބެލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

މި ހާދިސާގެ ވީޑިއޯތަކުން ފެންނަ ގޮތުގައި އެމަނިކުފާނުގެ މޮޓޯކޭޑަށް ހުރަސް އަޅާފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޗީބޯ ރެސްޓޯރެންޓާ އަރާ ހަމަވާ ހިސާބުންނެވެ. އެމަނިކުފާނަށް އެ ސަރަހައްދުން ދަތުރުނުކުރެވިގެން މޮޓޯކޭޑު އަނބުރާލަން މަސައްކަތް ކުރާ މަންޒަރު އެ ވީޑިއޯތަކުން ފެނެއެވެ. ސިޔާސީ ބެނާތަކެއް ހިފައިގެން ތިބި ސިޔާސީ ބައެއްގެ ގަދަ އަޑުފައްގަނޑާއެކު ރައީސްގެ ސެކިއުރިޓީ ފޫއަޅުވާލެވިގެން ނުވާނެއެވެ. އަދި ރައީސް ދަތުރުކުރައްވާ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން އާއްމު އުސޫލެއްގެ ގޮތުން ބަލަމުންދާ އިރު ހޯމަ ދުވަހު އެކަން އެގޮތަށް ނުކުރެވި ވަނީތޯ މިއީ އުފެދޭ ސުވާލެކެވެ؟

ޔަގީންވާ ކަމަކީ ރައީސް އަށް ދޭން ޖެހޭ ސެކިއުރިޓީ އެންމެ ފުރިހަމަ މިންވަރާއި ގާތަށް ވެސް އެ ރޭ ނުދެވުނުކަމެވެ. މޮޓޯކޭޑަށް ހުރަސްއެޅުމާއެކު ފުލުހުންނާއި ސިފައިން މުޒާހަރާގެ ބައިވެރިން ހުއްޓުވަން މަސައްކަތް ކުރާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. މި ހާދިސާއަށް 9 ގަޑި އިރު ވެގެން ދިޔައިރު، މިކަމާ ގުޅޭގޮތުން މިހާތަނަށް އެއްވެސް އިދާރާއަކުން ރަސްމީ ޖަވާބެއް ދީފައި ނުވެއެވެ. ތަކުރާރުކޮށް ގުޅައިގެންވެސް އެއްވެސް އިދާރާއަކުން ޖަވާބެއް ނުދެއެވެ.

އެހެންނަމަވެސް މި މައްސަލަ އަށް ފަހު އިދާރާތަކަށް ހަނު ތިބެގެން ފަރުޖައްސާލެވޭކަށް ނެތެވެ. އިހުމާލުވާ ބަޔަކު ތިބި ނަމަ ހޯދާ ބެލެންޖެހެއެވެ. ފިޔަވަޅު އެޅެން ޖެހެއެވެ. ގައުމުގެ ރައީސްގެ ސަލާމަތީކަންކަން ސުވާލެއްގެ ތެރެއަށް ދޫކޮށްލުމަކީ އެއްވެސް މީހަކު ބޭނުންވާނެ ގޮތެއް ނޫނެވެ.

މި ދައްކަނީ ޤައުމުގެ އެންމެ އިސް ވެރިޔާގެ ސަލާމަތާއި ރައްކާތެރިކަމުގެ ވާހަކައެވެ. މިއީ ސަމާސާ ވާހަކައެއް ނޫނެވެ. ޤައުމެއްގެ ވެރިއަކަށް، ޤައުމަށް މަގު ދައްކަވަން ހުންނެވި އިސް މުޝީރަށް ނެތް ރައްކާތެރިކަމެއް ދެން އޮންނާނީ ސަފުން ކާކަށް ހެއްޔެވެ؟ އެމަނިކުފާނަށް ނެތް ސަލާމަތެއް، ނެތް ރައްކަލެއް އަމުދުން އާއްމު ރައްޔިތު މީހާ އަށް އޮވެދާނެތޯއެވެ؟

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސްގެ އިންޑިއާ ދަތުރުފުޅު: ރާއްޖެ އަނެއްކާވެސް އިންޑިއާއާ އެންމެ ގާތަށް!

ރައީސްގެ އިންޑިއާ ދަތުރުފުޅު: ރާއްޖެ އަނެއްކާވެސް އިންޑިއާއާ އެންމެ ގާތަށް!

19 ޑިސެމްބަރު 2018
ވިލިނގިލީ ރައްޔިތުން ތިބީ 24 ގަޑިއިރުގެ ކަރަންޓުގެ ޚިދުމަތަށް ފެންބޮވާގަނެފައި!

ވިލިނގިލީ ރައްޔިތުން ތިބީ 24 ގަޑިއިރުގެ ކަރަންޓުގެ ޚިދުމަތަށް ފެންބޮވާގަނެފައި!

12 އޮކްޓޯބަރު 2018
ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު

ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު

14 ޖުލައި 2018
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ 3 އަހަރު: އިންސާފް ވީތަނެއް ނޭނގޭ

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ 3 އަހަރު: އިންސާފް ވީތަނެއް ނޭނގޭ

28 ޖެނުއަރީ 2018
ގެމްބިއާގެ ރައީސް ބަރޯ: ފިހާރައެއްގެ ސޭޓެއް، ސެކިއުރިޓީ ގާޑެއް!

ގެމްބިއާގެ ރައީސް ބަރޯ: ފިހާރައެއްގެ ސޭޓެއް، ސެކިއުރިޓީ ގާޑެއް!

07 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު