Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާޓާ ފެއަރ

ދެކުނުއިރުމަތީ އޭޝިއާގައި ރާއްޖޭގެ މަޤުބޫލުކަން އިތުރު ކުރުމަށް އެމްއެމްޕީއާރުސީ އެނބުރި މާޓާއަށް

މި ފެއަރއިން ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކާއި، އަގުހުރި ދަތުރުފަތުރުގެ އޮޕްޝަންތަކާއި، ވިޔަފާރީގެ ފުރުސަތުތަކާއި، ދަތުރުވެރިންނަށް މޮޅު ތަޖުރިބާތަކާ ބެހޭ މައުލޫމާތު ކިޔައިދޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 މާރިޗު 2023 | އަންގާރަ 02:38
މާޓާ ފެއަރ އަށް ޒިޔާރަތްކުރި ބަޔަކު މައުލޫމާތު ހޯދަނީ

މާޓާ ފެއަރ އަށް ޒިޔާރަތްކުރި ބަޔަކު މައުލޫމާތު ހޯދަނީ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މެލޭޝިއާގެ އެންމެ ބޮޑު އެއް ފަތުރުވެރިކަމާބެހޭ ހަރަކާތް، މާޓާގައި ބައިވެރިވެއްޖެއެވެ.

މި ފެއަރގައި އެމްއެމްޕީއާރުސީއިން ބައިވެރިވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އަދި ދަތުރުފަތުރުގެ އިންޑަސްޓްރީގެ ބައެއް ޕާޓްނަރުންނާ ގުޅިގެން މެލޭޝިއާ އަދި ދެކުނުއިރުމަތީ އޭޝިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމުގެ ގޮތުންނެވެ.

Advertisement - newsAdvertisement

މާޓާ 2023ން ފަތުރުވެރިކަމުގެ ހިދުމަތްތައްދޭ ފަރާތްތަކާއި، ފޯރިގަދަ އަދި އަގުހުރި ދަތުރުފަތުރުގެ އޮޕްޝަންތަކާއި، ވިޔަފާރީގެ ފުރުސަތުތަކާއި، ދަތުރުވެރިންނަށް މޮޅު ތަޖުރިބާތަކާ ބެހޭ މައުލޫމާތު ކިޔައިދީ، ދައްކާލުމުގެ ފުރުސަތު ލިބެއެވެ. އެމްއެމްޕީއާރުސީގެ އަމާޒަކީ މި އިވެންޓުގެ ޒަރިއްޔާއިން މެލޭޝިއާ އާއި ދެކުނުއިރުމަތީ އޭޝިއާއިން ރާއްޖެއަށް ޒިޔާރަތް ކުރަން ބޭނުންވާ ފަރާތްތަކަށް މަންޒިލުގެ ރީތިކަމާއި ލަގްޒަރީ ހިދުމަތްތައް އަދި ރާއްޖޭގެ ރައްކާތެރިކަން ޕްރޮމޯޓް ކުރުމެވެ.

މި އިވެންޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެމްއެމްޕީއާރުސީއިން މަންޒިލާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސެގްމަންޓްތަކާއި އޮފަރތަކުގެ މައުލޫމާތު ފޯރުކޮށްދެއެވެ. އެހެންކަމުން މިއީ ރާއްޖެއާބެހޭ ހޭލުންތެރިކަން އުފެއްދުމަށް ރަގަނޅު ފުރުސަތެކެވެ. އެމްއެމްޕީއާރުސީއާއެކު މި ފެއަރގައި އިންޑަސްޓްރީގެ 11 ޕާޓްނަރުން ބައިވެރިވެ، އެފަރާތްތަކުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަށް ޕްރޮމޯޓުކުރާނެއެވެ. މާޓާ 2023 ގައި ބައިވެރިވުމަކީ މެލޭޝިޔާއާއި ދެކުނުއިރުމަތީ އޭޝިއާ ސަރަހައްދުގައި މަންޒިލްގެ މަޤުބޫލުކަން ދެމެހެއްޓުމަށާއި ރާއްޖެ ޕްރޮމޯޓުކުރުމުގައި އެ ސަރަހައްދުން އެއްބާރުލުންދޭނެ ފަރާތްތަކާ ބައްދަލުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ޖެނުއަރީ 2023 އާ ހަމައަށް ރާއްޖެއަށް ވަނީ ދެކުނުއިރުމަތީ އޭޝިއާއިން 3،398 ފަތުރުވެރިންނަށް ޒިޔާރަތްކޮށްފައެވެ. މާޓާ 2023ގެ އިތުރުން އެމްއެމްޕީއާރުސީއިން އެ ސަރަހައްދުގައި ރާއްޖެ މާކެޓްކޮށް ޕްރޮމޯޓުކުރުމަށް ގިނަ ހަރަކާތްތައް މިއަހަރު ހިންގުމަށް ވަނީ ރާވާފައެވެ. އެގޮތުން، މޯލްޑިވްސް ރޯޑްޝޯ އިން ސައުތުއީސްޓް އޭޝިއާބޭއްވުމާ، ޕްރިންޓް އެޑްވަޓައިޒިން ކެމްޕޭންއަދި މީޑިއާ ފެމިލިއަރައިޒޭޝަންގެ އެއް ދަތުރެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. އަދި މި ސަރަހައްދުގައި ބާއްވާ ބޮޑެތި ފެއަރތަކުގެ ތެރެއިން އެޑެކްސް އޯޝަން މިޝަން 2023، ނަޓާސް ހޮލިޑޭސް 2023 އަދި އައިޓީބީ އޭޝިއާ 2023 ބައިވެރިވެ، މަންޒިލް ތަމްސީލުކުރުމަށްވެސް މިއަހަރު ދެކުނުއިރުމަތީ އޭޝިއާއަށް ޓާގެޓްކޮށްގެން ކަނޑައަޅާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނެއެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު