Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރަމަޟާން 1444

ރޯދަޔަށް މާރުކޭޓު، މޭވާގެ ކުލަތަކުން ޖަރީ ކޮށްފައި!

20 މާރިޗު 2023 | ހޯމަ 10:52

ރޯދަ މަހު އަގުތައް ހިފަހައްޓާލެވޭނެ ކަމަށް ލަފާ ކުރޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 20 މާރިޗު 2023 | ހޯމަ 10:52
ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގައި މޭވާއާއި ތަރުކާރީ އަތުލާފާއި

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގައި މޭވާއާއި ތަރުކާރީ އަތުލާފާއި

މުސްލިމުންނާ ބައްދަލު ކުރާ އެންމެ މާތް މައްސަރު ފެށެން ކުޑަތަންވެފައިވާއިރު ރާއްޖޭގައި މިވަގުތު އެންމެ ގިނަ ބައެއްގެ ލޯތައް ހުއްޓިފައި ހުންނާނީ ބާޒާރަށެވެ. ރޯދަ މަހު އާއްމުކޮށް ބޭނުން ކުރާ ތަރުކާރީއާއި މޭވާގެ އަގުތަކަށެވެ. އެހެންކަމުން މާލޭގައި ހުންނަ އެންމެ ބޮޑު ދެ މާރުކޭޓު ކަމަށްވާ، ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުން ރޯދަޔައަށް ވަރަށް ބޮޑަށް ތައްޔާރުވެއެވެ. މި ތައްޔާރީތައް މިހާރުވެސް ފެންނަން ފަށާފައިވާއިރު މާރުކޭޓުގެ ގޮޅިތަކުން ފެންނަނީ މޭވާ އާއި ތަރުކާރީގެ ތަފާތު ކުލަތެކެވެ.

މިފެށޭ ރޯދަ މަހު ރޯދަ ވީއްލުމަށް ފަނި ގިރާލަން ބޭނުންވާ ހުރިހާ ބާވަތެއްގެ މޭވާއެއް މިފަހަރު މާރުކޭޓުން ލިބެން ހުންނާނެއޭ ބުނުން ދޮގަކަށް ނުވާނެއެވެ. އާފަލާއި އޮރެންޖާއި ކަރައިން ފެށިގެން ފެޝަންފުރުޓާއި ޑްރެގަން ފުރުޓު އަދި ފޭރުގެ ތަފާތު ބާވަތްތައް ވެސް މި ރޯދަ މަހު މާރުކޭޓުން ހުސްނުވެ، ލިބެން ހުންނާނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ އަމިއްލަ އުފެއްދުންތަކާއި ރާއްޖޭން ބޭރުން ގެންނަ މޭވާތައް ވެސް ހިމެނެއެވެ.

މާރުކޭޓުގެ މިދުވަސްވަރު އަގުތައް އުޅެނީ އެވްރެޖު ރޭޓެއްގައެވެ. ނަމަވެސް ރޯ ކަދުރާއި ކެރެޓާއި ކާއްޓާއި ކަރާ އަދި ލުނބޯގެ އަގު ވަނީ ކުރިއަށްވުރެ ބޮޑުުވެފައެވެ. އެގޮތުން، ކުރިން 25 ރުފިޔާއަށް ލިބެންހުރި ރޯ ކަދުރު ކިލޯއެއްގެ އަގު މިހާރު 35އަށް އަރާފައިވާއިރު 20 ރުފިޔާއަށް ލިބެން ހުރި ކެރެޓު ކިލޯއެއްގެ އަގު 55 ރުފިޔާއަށް އަދި 15 ރުފިޔާއަށް ލިބެން ހުރި ކަރާ ކިލޯއެއްގެ އަގު 25 ރުފިޔާއަށް ވަނީ އަރައިފައެވެ.

މިފަހަރު މާރުކޭޓުގައި އެންމެ ބޮޑަށް އުފުލިފައިވަނީ ކާއްޓާއި ލުނބޯގެ އަގެވެ. އެގޮތުން، ކުރިން އެންމެ ހަތަރު ރުފިޔާއަށް ލިބުނު ކާއްޓެއް މިހާރު މާރުކޭޓުން ލިބެން ހުރީ 25 ރުފިޔާއަށެވެ. އަދި 45 ރުފިޔާ އަށް ލިބެން ހުރި ލުނބޯ ކިލޯއެއްގެ އަގު ވަނީ 80 ރުފިޔާއަށް އަރައިފައެވެ. ނަމަވެސް މާރުކޭޓުގައި ގޮޅިތައް ހިންގާ ގިނަ ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ކުރިއަށް އޮތް ރޯދަ މަސް ފަށައިގެން އަގުތައް ހެޔޮވާނެއެވެ. އަދި ރޯދަމަހުގެ ތެރޭގައި އަގުތައް ހިފަހައްޓާލެވޭނެ ކަމަށް ވެސް ލަފާ ކުރެއެވެ.

ބައެއް ތަކެތީގެ އަގު އެހާ ބޮޑަށް އުފުލިފައިވަނީ މި ދުވަސްވަރު އެތަކެތި ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުންނެވެ. އެގޮތުން ރާއްޖޭގެ ރުއްތަކަށް ބައްޔެއް ޖެހި ކާށި ލިބުމުގައި ދަތިތައް ހުރުމުން ބޭރުން ކާށި ގެންނަން ވެސް ޖެހުނު ކަމަށް ބައެެއް ފަރާތަތްކުން މައުލޫމާތުދެއެވެ. އަދި ލުނބޯ ފަދަ ގިނަ ދުވަހަށް ބެހެއްޓޭތަކެތި އެތަކެތި އެތެރެކުރާ ބައެއް ފަރާތްތަކުން ރޯދައަށް އަގު ބޮޑުކޮށް ވިއްކުމަށް، ބާޒާރަށް ނުނެރެ ހިފަހައްޓާކަމަށް ވެސް ތުހުމަތު ކުރެއެވެ.

ރޯދަ މަހު އެންމެ ގިނައިން ބަދިގެއިން ފެންނާނެ އެކައްޗަކީ މިރުހެވެ. ފާއިތުވި ރޯދަ މަސްތަކުގައި ވެސް އެންމެ ބޮޑު ޑިމާންޑެއް އޮތް އެކައްޗަކީ މިރުހެވެ. ހާއްސަކޮށް ކަނޑޫދޫ މިރުހެވެ. މިދިޔަ އަހަރުވެސް ކަނޑޫދޫ މިރުހުގެ އަގު ކިލޯއެއް 600 ރުފިޔާއަށް އަރައިގެން ދިޔައެވެ. ނަމަވެސް މިއަހަރު އަގު އެހާ ބޮޑު ނުވާނެ ކަމަށް މާރުކޭޓުގައި މިރުސް ވިއްކާ ފަރާތްތަކުން ގަބޫލުކުރެއެވެ. އެގޮތުން، މިހާރު ކަނޑޫސޫ މިރުސް ކިލޯއެއް މާރުކޭޓުގައި 300 ރުފިޔާއަށް ލިބެން ހުރިއިރު ރޯދަ މަހުގެ މެދުތެރެއާ ހަމައަށްދާއިރު އަގު އުފުލުން އެކަށީގެންވާ ކަމަށް ލަފާ ކުރެއެވެ.

މިއަހަރު މުޅި މާރުކޭޓު އެއްކޮށް ފެންނަނީ ވަރަށް ތިޔާގި ކޮށެވެ. ނަމަވެސް ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ގޮޅި ހިންގާ ފަރާތްތަކުގެ ކަންބޮޑުވުންތައް ވެސް އެބަހުއްޓެވެ. އޭގެން އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މާލޭގެ އެތެރޭގެ މާރުކޭޓުތަކުގެ ސަބަބުން އެ ދެ މާރުކޭޓަށްދާ މީހުންގެ އަދަދު މަދުވުމެވެ. ނަމަވެސް މިފަަރުގެ ރޯދައަށް ގިނަ ވިޔަފާރިވެރިން ތިބީ އުއްމީދާއެކުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2019

މިއީ ބޮޑު ޖަރީމާއެއް! އަޑީގައި ތިބި ބަޔަކު ހިފާ ހައްޔަރުކުރޭ

19 އޮކްޓޯބަރު 2019
މިއީ ބޮޑު ޖަރީމާއެއް! އަޑީގައި ތިބި ބަޔަކު ހިފާ ހައްޔަރުކުރޭ
28 މެއި 2019

މިއީވާ މާކަނާތަކެއް، މަސް ހޯދަން ދަނީ މާރުކޭޓު މައްޗަށް!

28 މެއި 2019
މިއީވާ މާކަނާތަކެއް، މަސް ހޯދަން ދަނީ މާރުކޭޓު މައްޗަށް!
31 އޮކްޓޯބަރު 2018

ތޮއްޑޫ ވާވު މަގު ރުކުން ޖަރީވެފައި!

31 އޮކްޓޯބަރު 2018
ތޮއްޑޫ ވާވު މަގު ރުކުން ޖަރީވެފައި!
18 ސެޕްޓެމްބަރު 2018

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ނިޒާމުގެ މައްސަލައެއް ނޫން، ރާވައިގެން ހިންގާފައިވާ 'ޖަރީމާ' އެއް!

18 ސެޕްޓެމްބަރު 2018
އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ނިޒާމުގެ މައްސަލައެއް ނޫން، ރާވައިގެން ހިންގާފައިވާ 'ޖަރީމާ' އެއް!
17 މެއި 2018

ކަރާގެ އަގު އިންތިހާއަށް މައްޗަށް، އެންމެ ޑިމާންޑް ބޮޑީ މޭވާގެ ބާވަތްތަކަށް!

17 މެއި 2018
ކަރާގެ އަގު އިންތިހާއަށް މައްޗަށް، އެންމެ ޑިމާންޑް ބޮޑީ މޭވާގެ ބާވަތްތަކަށް!
24 ޖެނުއަރީ 2018

ޓާޓާ ފްލެޓް ވިއްކާ ކަމަށް ބުނެ އަޑިނޭނގޭ ބޮޑު ޖަރީމާ އެއް ހިންގަނީ!

24 ޖެނުއަރީ 2018
ޓާޓާ ފްލެޓް ވިއްކާ ކަމަށް ބުނެ އަޑިނޭނގޭ ބޮޑު ޖަރީމާ އެއް ހިންގަނީ!
18 ޑިސެމްބަރު 2017

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް: އިތުރު ޖަރީމާތަކަށް ހުޅުވޭ ދޮރެއްތަ؟

18 ޑިސެމްބަރު 2017
ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް: އިތުރު ޖަރީމާތަކަށް ހުޅުވޭ ދޮރެއްތަ؟
01 އޮކްޓޯބަރު 2017

ޑރ. އަފްރާޝީމް އަވަހާރަކޮށްލިތާ ފަސް އަހަރު، ޖަރީމާ ހިންގި މީހުނަށް އަދަބެއް ނުދެވުނު!

01 އޮކްޓޯބަރު 2017
ޑރ. އަފްރާޝީމް އަވަހާރަކޮށްލިތާ ފަސް އަހަރު،  ޖަރީމާ ހިންގި މީހުނަށް އަދަބެއް ނުދެވުނު!
14 ޖޫން 2017

ހުރިހާ ދިމާލަކުން ޖަރީމާ، ގާނޫނު ހަދާ މަޖިލީހުން ވެސް ހިންގަނީ ޖަރީމާ!

14 ޖޫން 2017
ހުރިހާ ދިމާލަކުން ޖަރީމާ، ގާނޫނު ހަދާ މަޖިލީހުން ވެސް ހިންގަނީ ޖަރީމާ!
05 ފެބުރުއަރީ 2017

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

05 ފެބުރުއަރީ 2017
ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް