Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުކާށީގެ އަގުބޮޑުވުން

ކުރިން 5 ރުފިޔާއަށް ވިއްކި ކާށި، އެސްޓީއޯ އިން 20 ރުފިޔާއަށް ކިލޯއެއް ވިއްކަން ފަށައިފި

4 މާރިޗު 2025 | އަންގާރަ 16:01

އެސްޓީއޯއިން ކާށި ވިއްކަމުންދަނީ ބޮލަކަށް 3 ކާއްޓެވެ. އަދި ކިއުގައި ޖެހިގެން ގިނަ އަދަދެއްގެ ބަޔަކު ކާށި ގަންނަމުންދާއިރު ކާއްޓެއްގެ އަގު 5 ރުފިޔާއިން ކިލޯއެއް 20 ރުފިޔާއަށް ބޮޑުކުރި ސަބަބެއްވެސް ހާމައެއް ނުކުރެއެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 މާރިޗު 2025 | އަންގާރަ 16:01
ބާޒާރުގައި މީހަކު ކާށި ވިއްކަނީ. އެސްޓީއޯއިން ރޯދައިގެ ކުރިން 5 ރުފިޔާއަށް ވިއްކި ކާށި މިހާރު ވިއްކަނީ ކިލޯ ކިރައިގެން - ފައިލް

ބާޒާރުގައި މީހަކު ކާށި ވިއްކަނީ. އެސްޓީއޯއިން ރޯދައިގެ ކުރިން 5 ރުފިޔާއަށް ވިއްކި ކާށި މިހާރު ވިއްކަނީ ކިލޯ ކިރައިގެން - ފައިލް

އަވަސް ހައްލު ގެންނަން އުޅުނު އެސްޓީއޯއިން އެންމެ ފަހުން ކާށިކިލޯއެއް 20 ރުފިޔާއަށް ވިއްކަން ނިންމައިފިއެވެ.

އެސްޓީއޯއިން އެންމެ ފުރަތަމަ ކާށި ގެންނަން ނިންމާ ފެބްރުއަރީ މަހުގެ 15 އިން ފެށިގެން 5 ރުފިޔާއަށް ކާއްޓެއް ވިއްކަން ނިންމިއެވެ. އެއިރު އެސްޓީއޯއިން ބުނީ މިއަހަރުގެ ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް އެސްޓީއޯއިން ވަނީ ކުރީ އަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ތައްޔާރުވެފައި ކަމަށެވެ. އަދި މީގެ ކުރިން ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި، މިއަހަރު ޚާއްޞަ ސަމާލުކަމެއް ދީގެން ވަނީ އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ރޭވިފައި ކަމަށް އެސްޓީއޯއިން އެއިރު ބުންޏެވެ.

އަދި މާކެޓްގެ އަގުތަކަށް އަންނަ ބަދަލުތައް ގަވާއިދުން ބަލަމުންގެންގޮސް، އަގު މައްޗަށްދާ ތަކެތި ފާހަގަކޮށް، އެކަމަށް އަވަސް ހައްލެއް ގެނެވޭނެކަމަށް ބުނެފައިވެއެވެ. އަދި އެއިރު މާކެޓްގައި ކާށީގެ އަގު ހުރީ 10 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގައި ކަމަށާއި، އެސްޓީއޯއިން އެތެރެކުރި ފުރަތަމަ ބެޗްގެ ކާށި މިހާރު ވަނީ އިންޑިއާއިން ރާއްޖެއަށް ގެނެވިފައި ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި މި ކާށި 15 ފެބުރުއަރީން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ވިއްކާނެ ކަމަށާއި، އެސްޓީއޯއިން މިފަހަރު ކާށި ވިއްކުމަށް ކަނޑައަޅާފައިވާ އަގަކީ 5 ރުފިޔާ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް އެސްޓީއޯއިން މެދުކެނޑުމެއް ނެތި ކާށި ފޯރުކޮށްނުދެވި ހުއްޓާ މާލޭގެ މާރުކޭޓުތަކުގައި ކާށީގެ އަގުތައް އިންތިހާއަށް އުފުލިގެންދިޔައެވެ. އަދި 40 ރުފިޔާއަށް ކާއްޓެއްގެ އަގު ބޮޑުވުމުން އެސްޓީއޯއިން ވަނީ އަނެއްކާވެސް ކާށި ވިއްކާކަމަށް އިއުލާންކޮށްފައެވެ. އެގޮތުން މިފަހަރު އެސްޓީއޯއިން ބުނެފައިވަނި ކާށި ކިލޯއެއް ވިއްކާނީ 20 ރުފިޔާއަށް ކަމަށެވެ. އެއީ އާންމު ރޭޓުން ބަލާނަމަ ބޮޑު 1 ކާއްޓެވެ. ނުވަތަ ކުޑަ ދެ ކާއްޓެވެ.

މީގެ އިތުރުން އެސްޓީއޯއިން ކާށި ވިއްކަމުންދަނީ ބޮލަކަށް 3 ކާއްޓެވެ. އަދި ކިއުގައި ޖެހިގެން ގިނަ އަދަދެއްގެ ބަޔަކު ކާށި ގަންނަމުންދާއިރު ކާއްޓެއްގެ އަގު 5 ރުފިޔާއިން ކިލޯއެއް 20 ރުފިޔާއަށް ބޮޑުކުރި ސަބަބެއްވެސް ހާމައެއް ނުކުރެއެވެ.

މީގެ އިތުރުން ލޮނުމެދުވެސް މެދުކެނޑުމެއް ނެތި ލިބޭނެކަމަށް ބުނި ނަމަވެސް ލޮނުމެދު ވެސް މިހާރު ބާޒާރުގައި ވިއްކަމުންދަނީ ބޮލަކަށް ކިލޯއެކެވެ. މިއާއެކު ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވެ މި ރޯދަމަހަށް އެސްޓީއޯ މިކަމަށް ތައްޔާރުވެފައި ނެތްކަމަށް ބުނެ އަންނަނީ ފާޑުކިޔަމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

02 އޮކްޓޯބަރު 2017

އެސްޓީއޯއިން ބާޒާރުގައި ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި

02 އޮކްޓޯބަރު 2017
އެސްޓީއޯއިން ބާޒާރުގައި ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި
20 އޯގަސްޓު 2017

އެސްޓީއޯއިން ރާއްޖެއަށް ކޯނޭ ބްރޭންޑްގެ އެލަވޭޓާރސް ތައާރަފުކޮށްފި

20 އޯގަސްޓު 2017
އެސްޓީއޯއިން ރާއްޖެއަށް ކޯނޭ ބްރޭންޑްގެ އެލަވޭޓާރސް ތައާރަފުކޮށްފި
02 އޯގަސްޓު 2017

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

02 އޯގަސްޓު 2017
ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ
16 ޖޫން 2017

އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ

16 ޖޫން 2017
އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ
31 މެއި 2017

ހިއްސާއަކަށް 51ރ. ބަހަން އެސްޓީއޯއިން ނިންމައިފި

31 މެއި 2017
ހިއްސާއަކަށް 51ރ. ބަހަން އެސްޓީއޯއިން ނިންމައިފި
24 އެޕްރީލު 2017

ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ

24 އެޕްރީލު 2017
ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ
10 އެޕްރީލު 2017

ފެނަކަ އަށް ހަމައެކަނި އެސްޓީއޯ އިން ތެޔޮ ގަނެވޭ ގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފި

10 އެޕްރީލު 2017
ފެނަކަ އަށް ހަމައެކަނި އެސްޓީއޯ އިން ތެޔޮ ގަނެވޭ ގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފި
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
15 ޖެނުއަރީ 2017

އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި

15 ޖެނުއަރީ 2017
އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި
06 ޖެނުއަރީ 2017

އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

06 ޖެނުއަރީ 2017
އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް