Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީޑިއާނެޓް އޮފީހަށް ވަދެ މާރާމާރީ ހިންގުން

މީޑިއާނެޓް އޮފީހަށް ވަދެ މާރާމާރީ ހިންގުން: ހެކި ރައްކާތެރިކޮށްދިނުމަށް ދައުލަތުން އެދިފައިވޭ

20 މާރިޗު 2023 | ހޯމަ 11:28

އޯކިޑުމަގުގައި ހުންނަ މީޑިއާނެޓްގެ އޮފީހަށް ވަދެ މާރާމާރީ ހިންގީ 2022 ވަނަ އަހަރު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 20 މާރިޗު 2023 | ހޯމަ 11:28
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު, މާލޭގެ އޯކިޑުމަގުގައި ހުންނަ މީޑިއާނެޓްގެ އޮފީހަށް ވަދެ މާރާމާރީ ހިންގި މައްސަލާގައި ހެކި ރައްކާތެރިކޮށްދިނުމަށް ދައުލަތުން އެދިއްޖެއެވެ.

މި މައްސަލައާ ގުޅިގެން ދައުވާކޮށްފައިވާ ފަރާތްތަކަކީ މ. ރޯޝަނީމަންޒިލް، އަހުމަދު އަޝްވާނާއި ސ. ހިތަދޫ ބީޗްކްއީން، ޝާމިހް މުހައްމަދު ނައީމްގެ އިތުރުން ގދ. ރަތަފަންދޫ ވީސަންމާގެ މުހައްމަދު ޝިމްހާޒްގެ މައްޗަށެވެ. އެ ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއެވެ.

Advertisement - newsAdvertisement

މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަަވަނީ ގާޒީ އަލީ އާދަމްއެވެ. ހޯމަ ދުވަހު ބޭއްވި މައްސަލައިގެ އަޑު އެހުމުގައި މައްސަލައިގެ ލިޔުންތައް ލިބިފައިވޭތޯ ޝަރީއަތުން ސުވާލުކުރުމުން، ދިފާއުން ވަނީ މި މައްސަލައާ ގުޅުން ހުރި ބައެއް ލިޔެކިޔުންތައް ނުލިބޭކަން ފާހަގަކުރައްވާފައެވެ. އަދި އެކަން ފާހަގަކޮށް ކްރިމިނަލް ކޯޓުގެ މެއިލަށް، އަޑުއެހުން ފެށުމުގެ 10 ވަރަކަށް މިނިޓް ކުރިން މެއިލެއް ފޮނުވާފައިވާ ކަަމަށް ދިފާއީ ވަކީލް ވިދާޅުވިއެވެ. މައްސަލަ ބައްލަވާ ގާޒީ ވަނީ އެ ވަގުތު މެއިލް ފޮނުވައިގެން ޝަރީއަތަށް އެ މެއިލް ނުލިބޭނެކަން ފާހަގަކުރައްވާފައެވެ. އެހެނީ ހޯމަ ދުވަހުގެ އެ އަޑު އެހުން އޮތީ 10:15ގައި ކަމަށް ވުމާއެކު އިދާރީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު ޝަރީއަތަށް އެ ލިޔުން ފޯރުކޮށްދިނުމަށް އެކަށީގެންވާ ވަގުތު ލިބިފައި ނުވުމެވެ.

ދިފާއުގެ އެ ވާހަކަތަކާ ގުޅިގެން ދައުލަތުން ވިދާޅުވީ، މި މައްސަލައާ ގުޅުންހުރި ހެކި ރައްކާތެރިކޮށްދިނުމުގެ އަމުރަކަށް ދައުލަތުން އެދިފައިވާކަމަށެވެ. އެހެންކަމުން ދިފާއަށް ނުލިބޭ ލިޔުންތަކުގެ ތެރޭގައި އެ ލިޔުންތައް ހިމެނޭތޯ ބެއްލެވުމަށް ދައުލަތުން އެދިފައިވެއެވެ. ދިފާއުން ވިދާޅުވީ ރައްކާތެރިކުރުމަށް އެދުނު ހެކީގެގޮތުގައި ފާހަގަކުރި ލިޔުންތައް ހިމެނޭ ފޯލިއޯ ނަމްބަރުތައް ނޫން އެހެން ނަމްބަރުތަކުގެ ދަށުން ހުށަހަޅާފައިވާ ބައެއް ލިޔުންތައްވެސް ނުލިބި ވާކަަމަށެވެ.

އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެފައިވަނީ މައްސަލަ ކުރިއަށް ގެންދެވޭނީ މައްސަލައާ ގުޅުންހުރި ލިޔުންތައް ދެ ފަރާތަށް ލިބިގެން ކަަމަށެވެ. ދެން އޮންނަ އަޑުއެހުމުގައި އޮންނާނީ ހެކި ރައްކާތެރިކުރުމުގެ އަމުރަށް ވާހަކަދެއްކުމާއި، އެ މަރުހަލާ ނިމިއްޖެކަމުގައި ވާނަމަ ދައުވާ އިއްވުމާއި، ދައުވާއާ ގުޅިގެން ވާހަކަދެއްކުން ކަމަށެވެ.

2022 ވަނަ އަހަރު މީޑިއާނެޓް އޮފީހަށް ވަދެ ހިންގި އެ މާރާމާރީ ހިންގާފައިވަނީ މޫނު ނިވާކޮށްގެން ތިބެއެވެ. އެމާރާމާރީގައި އެތަނުގައި މަސައްކަތްކުރާ މުވައްޒަފަކަށް ވަނީ ހަމަލާ ދީފައެވެ. އަދި އެ މާރާމާރީގައި އޭނާގެ ބޮލަށް ވަނީ އަނިޔާ ލިބިފައެވެ.

ފުލުހުން ވަނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މ. ރޯޝަނީމަންޒިލް އަހުމަދު އަޝްވާން ހައްޔަރުކުރިއިރު، ސިފަ ބަދަލުކުރުމަށް މަސައްކަތްކޮށްފައި ވާކަމަށް ވެސް ބުނެފައެވެ. އެހެންނަމަވެސް އަޝްވާން ބުނެފައިވަނީ، ފުލުހުންގެ އޭނާގެ މައްޗަށްކުރާ ތުހުމަތަށް އިންކާރުކުރާ ކަމަށާއި އޭނާއަކީ ވަޒީފާ އަދާކުރަމުންދާ މީހެއް ކަމަށާއި އަދި ސިފަ ބަދަލުކުރުމަށް މަސައްކަތްކޮށްފައި ނުވާނެކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 މާރިޗު 2017

މާރާމާރީ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން އިއުލާން ކޮށްފި

19 މާރިޗު 2017
މާރާމާރީ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން އިއުލާން ކޮށްފި
16 މާރިޗު 2017

ފ. އަތޮޅު ވިއްކުމާ ދެކޮޅު ބެނާތަކެއް ޕްރިންޓް ކޮށްގެން ކަމަށް ބުނެ ޝާވިން ފުލުސް އޮފީހަށް

16 މާރިޗު 2017
ފ. އަތޮޅު ވިއްކުމާ ދެކޮޅު ބެނާތަކެއް ޕްރިންޓް ކޮށްގެން ކަމަށް ބުނެ ޝާވިން ފުލުސް އޮފީހަށް
11 މާރިޗު 2017

ފޭދޫ އެމްޑީޕީ ޖަގަހައަށް ވަދެ މާރާމާރީ ހިންގި މީހަކު ޒަހަމް ކޮށްލައިފި

11 މާރިޗު 2017
ފޭދޫ އެމްޑީޕީ ޖަގަހައަށް ވަދެ މާރާމާރީ ހިންގި މީހަކު ޒަހަމް ކޮށްލައިފި
09 މާރިޗު 2017

ފުލުހުން އެމްޑީޕީ ހަރުގެއަށް ވަދެ، ޖަލްސާ ހުއްޓުވައިފި

09 މާރިޗު 2017
ފުލުހުން އެމްޑީޕީ ހަރުގެއަށް ވަދެ، ޖަލްސާ ހުއްޓުވައިފި
03 މާރިޗު 2017

ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް

03 މާރިޗު 2017
ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު
06 ފެބުރުއަރީ 2017

ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި

06 ފެބުރުއަރީ 2017
ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް