Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ހަރުގޭގައި މާރާމާރީ

ފޭދޫ އެމްޑީޕީ ޖަގަހައަށް ވަދެ މާރާމާރީ ހިންގި މީހަކު ޒަހަމް ކޮށްލައިފި

11 މާރިޗު 2017 | ހޮނިހިރު 19:26

ފުލުހުން ބުނީ އެމައްސަލާގައި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 11 މާރިޗު 2017 | ހޮނިހިރު 19:26
އައްޑޫގައި ބޭއްވި އެމްޑީޕީގެ ކެމްޕޭން ހަރަކާތެއްގެ ތެރެއިން

އައްޑޫގައި ބޭއްވި އެމްޑީޕީގެ ކެމްޕޭން ހަރަކާތެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރަކާ ގާތް ގުޅުމެއް އޮންނަ ގްރޫޕަކުން، އައްޑޫ ސިޓީ ފޭދޫގައި ހުންނަ އެމްޑީޕީ ޖަގަހައަށް ވަދެ އެތަނުގައި ތިބި ބަޔަކާ މާރާމާރީ ހިންގާ މީހަކު ޒަހަމް ކޮށްލައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ގާތްގަނޑަކަށް 01:30 އެހާކަންހާއިރު، ފޭދޫގައި ހުންނަ އެމްޑީޕީގެ ޖަގަހައަށް ދެ މީހަކު ވަދެ، އައްޑޫ ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު އަހުމަދު މިރުޒާއާއި އެމްޑީޕީ ފޭދޫ ދާއިރާގެ ރައީސް މުހައްމަދު ނިހާދު އިތުރުން ފިރާގު ކިޔާ މީހެއްގެ ނަން ބުނެ އެމީހުން ކޮބައިތޯ އަހައި އެތަނުގައި ހުރި މީހަކާ މާރާމާރީ ހިންގާފައިވެއެވެ. މީގެ އިތުރުން މިރުޒާގެ ބައްޕަގެ ގައިގައި ބަޔަކު ސައިކަލުން ޖައްސަން އުޅުނު ކަމަށް ވެސް ރާއްޖެ އެމްވީއަށް އެނގިފައިވެ އެވެ.

މިރުޒާ ބައްޕަ ދިރިއުޅޭ ގޭކައިރީގައި ހުއްޓައި ސައިކަލުން ޖެއްސޭ ގޮތް ނުވުމުން ސައިކަލުން ފައިބާ ހަމަލާދީ އޭނާ މަގުމައްޗަށް ވައްޓާލިކަމަށް، މަންޒަރު ފެނުނު ބައެއް މީހުން ބުންޏެވެ. އޭގެ ކުޑަ ވަގުތު ކޮޅެއްފަހުން ފުލުހުން އެތަނަށް ގޮސް އެ ދެ މީހުން ހައްޔަރުކުރި އެވެ. އެމީހުން ހައްޔަރު ކުރުމުގެ ތެރޭގައި އެ ގްރޫޕްގެ އެކަކު، އެތަނުގައި ތިބި މީހުންނާ ދިމާއަށް "ގޭ ވަށައި ޕެޓްރޯލް އަޅައި ރޯކޮށްލި ނަމަވެސް އެމީހުން ހައްޔަރު ނުކުރެވޭނެ ކަމަށާއި ހައްޔަރު ކުރިނަމަވެސް ނިކުންނާނެ ކަމަށް" ބުނި ކަމަށްވެ އެވެ.

އެ މާރާމާރީއާއެކު މިރުޒާގެ ބައްޕައަށް ވަނީ ފޭދޫ ސިއްހީ މަރުކަޒުން ފަރުވާދީފަ އެވެ. އޭނާގެ ދެ އަތުގައި ޒަހަމްތަކެއް ހުރިއިރު، ދެފައިވެސް ކޮންމެވެސް ވަރަކަށް ޒަހަމް ވެފައިވެއެވެ.

އެމްޑީޕީ ޖަގަހައަށް ވަދެ މާރާމާރީ ހިންގި މީހުން ވެސް ބުނީ އެ ރަށުން އެމްޑީޕީ ފޮހެލާނެ ކަމަށެވެ.

ފޭދޫން ދެ މީހަކު ހައްޔަރުކުރި ނަމަވެސް، ފުލުހުންގެ މީޑިއާ އޮފިޝަލް ހޮނިހިރު ދުވަހު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ހިނގި މާރާމާރީއާ ގުޅިގެން މިވަގުތު އެއްވެސް މީހެއް ބަންދުގައި ނެތް ކަމަށެވެ. ނަމަވެސް ރަށުތެރެ ހަލަބޮލި ވުމާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުގެ ހާލަތުގައި ތިބި ހަތް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް