Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝާވިން ޕޮލިހަށް

ފ. އަތޮޅު ވިއްކުމާ ދެކޮޅު ބެނާތަކެއް ޕްރިންޓް ކޮށްގެން ކަމަށް ބުނެ ޝާވިން ފުލުސް އޮފީހަށް

ފުލުހުން ބުނީ ސުވާލު ކުރުމަށްފަހު ދޫކޮށްލާފައިވާކަމަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 16 މާރިޗު 2017 | ބުރާސްފަތި 19:56
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު ޝާވިންއަށް ސެޓްފިކެޓް ދެނީ- ފައިލް ފޮޓޯ

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު ޝާވިންއަށް ސެޓްފިކެޓް ދެނީ- ފައިލް ފޮޓޯ

ފ. އަތޮޅު ސައޫދީ ޝާހީ ޢާއިލާއަށް ވިއްކުމާ ދެކޮޅު ބުނެ ބެނާތަކެއް ޕްރިންޓް ކޮށްގެން ކުރީގެ ފިލްމީ ތަރި މުހައްމަދު ޝާވިން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވެސް ވަނީ ޝާވިން ހާޒިރުކޮށް ސުވާލު ކުރިކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އެއީ ކޮންކަމަކާ ގުޅިގެން ކުރި ސުވާލު ކުރުމެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ޝާވިން ހާޒިރުކޮށް ސުވާލުކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމަށާއި އޭނާ ހާޒިރުކޮށް ސުވާލު ކުރެވުނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެއީ ފ. އަތޮޅު ވިއްކުމާ ދެކޮޅު ބެނާތަކެއް ތައްޔާރުކޮށްގެންތޯ ރާއްޖެ އެމްވީން ސުވާލު ކުރުމުން ވެސް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ސުވާލު ކުރެވުނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާވިން ހާޒިރުކުރީ ބުރާސްފަތި ދުވަހުގެ މެންދުރު 1:15 ހާއިރުއެވެ. އޭނާ ހާޒިރު ކުރީ ފ. އަތޮޅު ވިއްކުމާ ދެކޮޅު ބެނާތަކަކާއި ޓީޝާޓްތަކެއް ޕްރިންޓް ކޮށްގެންނެވެ. ނަމަވެސް ޝާވިންގެ ބަހެއް ރާއްޖެ އެމްވީއަކަށް ލިބިފައެއް ނުވެއެވެ.

ޝާވިންއަކީ ކުރިން ފިލްމު ކުޅުނު ސްޓާރެއް ނަމަވެސް މިހާރު އާޓާއި ޕްރިންޓިންގގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ފަރާތެކެވެ.

ފ. އަތޮޅު ވިއްކުމާ ދެކޮޅަށް ޚިޔާލުފާޅުކުރުމުގެ ގޮތުން ބެނާފަދަ ތަކެތި ދަމާކަށް ސަރުކާރުން ޖާގައެއް ނުދެއެވެ. ފ. އަތޮޅުގައި އެކަމާ ދެކޮޅަށް ކުރިއަށް ގެންދަން އުޅުނު އިހްތިޖާޖް ވެސް ފުލުހުން ވަނީ ހުއްޓުވާފައެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު