Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެއްވެ އުޅުމުގެ މިނިވަންކަން

ފުލުހުން އެމްޑީޕީ ހަރުގެއަށް ވަދެ، ޖަލްސާ ހުއްޓުވައިފި

އެމްޑީޕީ ހަރުގެއަށްވަދެ، ފުލުހުން ވަނީ ސައުންޑު ކަނޑާލާފަ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 9 މާރިޗު 2017 | ބުރާސްފަތި 01:02
ފުލުހުން އެމްޑީޕީ ހަރުގެ ތެރޭގައި ހަރަކާތްތެެރިިވަނީ

ފުލުހުން އެމްޑީޕީ ހަރުގެ ތެރޭގައި ހަރަކާތްތެެރިިވަނީ

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގެ ތެރެއިން އެމްޑީޕީން "ހަރުގެ ޖަލްސާ" ކުރިއަށްގެންދަނިކޮށް، ފުލުހުން ހަރުގެއަށްވަދެ، ޖަލްސާ ހުއްޓުވައިފި އެވެ.

ސިލްސިލާކޮށް، އެމްޑީޕީން ހަރުގެ ޖަލްސާ ކުރިއަށްގެންދާއިރު، ބުދަ ދުވަހުގެ ރޭ ޖަލްސާ ކުރިއަށްދަނިކޮށް، ކުއްލިގޮތަކަށް ފުލުހުން ވަނީ އެމްޑީޕީ ހަރުގެއަށްވަދެފަ އެވެ. 11:15 ހާއިރު ފުލުހުން އެމްޑީޕީ ހަރުގެއަށް ވަދެ، ވަނީ ސައުންޑް ކަނޑާލުމަށް އަންގާފަ އެވެ. އަދި އެއާއިއެކު، ހަރުގާގައި ހުރި އެއްވެސް މީހެއްގެ ހުއްދައެއް ހޯދުމަކާއި ނުލާ ފުލުހުން ވަނީ ހަރުގޭގައި ބޭނުންކުރަމުންދިޔަ ސައުންޑް ކަނޑާލާފަ އެވެ.

Advertisement - newsAdvertisement

ފުލުހުން އެމްޑީޕީ ހަރުގެއަށް ވަންއިރު، ކޯޓު އަމުރެއް ގެންގުޅެފައެއް ނުވެއެވެ. މީގެކުރިން އެމްޑީޕީން ހަރުގޭގެ ތެރޭގައި ޖަލްސާ ކުރިއަށްގެންދާއިރު، އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށް ސަރުކާރުން އެކުލަވާލި ގަވައިދުގެ ދަށުން 12:00 ވަންދެން އެއްވުންތައް ކުރިއަށްގެންދިއުމަށްވެސް ފުރުސަތު ލިބެއެވެ. ނަމަވެސް ފުލުހުން ކުއްލިގޮތަށް ހަރުގެއަށްވެދެ ޖަލްސާއަށް ހުރަސްއެޅި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ.

އެމްޑީޕީ ހަރުގޭގައި ހުންނަވާ، މެމްބަރު ޤަފޫރު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

ޖަލްސާއަށް ހުރަސްއެޅުމާ ގުޅިގެން ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުއް ގަފޫރު މޫސާ ވިދާޅުވީ، ފުލުހުން ކުއްލިގޮތަކަށް ހަރުގެއަށްވަދެ، ސައުންޑް ކަނޑާލާފަ ދިޔައީ ކަމަށާއި، ވީގޮތްވެސް ނޭނގޭ ކަމަށެވެ. އަދި މިހާރު ފެންނަނީ ވަރަށް ލަދުވެތި މަންޒަރެއް ކަމަށް ގަފޫރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމްޑީޕީން ކަންތައްތައް ކުރިއަށްގެންދަނީ ޤާނޫނުތަކާއި އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ.

"ކޮން ޤާނޫނީ ބާރެއްލިބިގެންތޯ އެ މީހުން ކަންތައްތައް އެކުރަނީ. އަޅުގަނޑުމެންނަށް ހަމަ އެއްގޮތަކަށްވެސް ނޭނގެ. އަޖައިބުވާވަރުގެ ކަންތައްތައް ހިނގަމުންމިދަނީ. މިހިނެއް ކަންތައްތަކެއް ނުކުރެވޭނެ. އަޅުގަނޑުމެންވެސް ހެދިފައިވާ ޤާނޫނުތަކާއި އެއްގޮތްވާގޮތުގެމަތިން ކަންތައްތައް ކުރަމުންމިގެންދަނީ. އެގޮތަކަށް ކަންތައްތައް ކުރަމުންދާއިރުގައި އެ ބޭފުޅުން އައިސް ހިތަށް އެރީމަ، ހަރުގެއަށްވަދެ، މިތަނުގައި ހިނގާ ކަންތައްތައް ހުއްޓާލާ، މި ހުރިހާ ކަމެއް ކުރެވޭ. އެ ބޭފުޅުން ޖަލްސާ ބާއްވަންވީމަ، ބޭނުންތަނެއްގައި ބޭނުން އިރެއްވަންދެން އެކަންތައްތައް ކުރެވޭ" އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރު އަބްދުއް ގަފޫރު މޫސާ ވިދާޅުވި އެވެ.

އެމްޑީޕީ ހަރުގޭގައި ހުންނަވާ މެމްބަރު ނާޒިމް ރާއްޖެޓީވީއަށް މައުލޫމާތުދެއްވަނީ -- ފޮޓޯ: ރާއްޖެެ.އެމްވީ

ހަރުގޭގައި ހުންނަވާ ރާއްޖެޓީވީއާއި ވާހަކަދައްކަވަމުން ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ، އެމްޑީޕީ ހަރުގެއަށް ފުލުހުން ވަދެފައިވަނީ ކޯޓު އަމުރަކާއިވެސް ނުލާ ކަމަށެވެ. އަދި ކޯޓު އަމުރަކާއި ނުލާ ވަނުމަށްފަހު، އަމިއްލައަށް ކަރަންޓަ ކަނޑާލާފަ ދިޔައީ ކަމަށާއި، ފުލުހުން އަމަލުކޮށްފައިވަނީ ޤާނޫނު އަސާސީއައި ހިލާފަށް ކަމަށެވެ.

ނާޒިމް ވިދާޅުވީ، އެއްވެ އުޅުމުގެ މިނިވަންވްކަން ވަރަށް ފުޅާ ދާއިރާއެއްގައި ލިބިދީފައިވާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ އެއްވެސް ހަރަކާތަކަށް ފުރުސަތު ނުދޭ ކަމަށާއި، އެކަން އެގޮތަށް ކުރަނީ ރައްޔިތުންދެކެ ގަންނަ ބިރެއްގެ ސަބަބުންކަމަށް ނާޒިމް ވިދާޅުވި އެވެ.

"މިރޭ އައީ ކޯޓު އަމުރެއް ނުވެސްލާ، ކޯޓު އަމުރެއްނުލާ އައިސަ އަޅުގަނޑުމެންގެ ހަރުގެއަށް ވަދެ، އެބޭފުޅުންގެ އަތުން ކަރަންޓު ކަނޑާލާފަ އެ ދިޔައީ. މިދެން ހައްދުން ނެއްޓީ އިނގޭތޯ ކަންކަމުގަ" މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވި އެވެ.

އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކަށް ފުލުހުން ހުރަސްއަޅަމުންގެންދާއިރު، ކޯޓުއަމުރަކާއެކު މި ހަފްތާގެ ތެރޭގައިވެސް ދެ ފަހަރެއްގެމަތިން ފުލުހުން އެމްޑީޕީ ހަރުގެއަށްވަދެ، ގިނަ އަދަދެއްގެ ތަކެތި ގެންގޮސްފައިވެއެވެ. އެގޮތުން އަނގާރަ ދުވަހުގެ ހަވީރުވެސް ފުލުހުން ވަނީ އެމްޑީޕި ހަރުގެއަށް ވަދެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު