Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޕޫޓިން ހައްޔަރުކުރުމަށް ނެރުނު އަމުރު

ޕުޓިން ހައްޔަރުކުރަން ނެރުނު އަމުރަކީ ތާކުންތާކު ޖެހޭ އަމުރެއްތަ؟

(އައިސީސީން މާޗް 17 ވަނަ ދުވަހު ވަނީ، ޕޫޓިން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 20 މާރިޗު 2023 | ހޯމަ 09:06
ޔޫކްރެއިންގެ ރައްޔިތެއް، ޕުޓިން ހައްޔަރުކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކަނީ

ޔޫކްރެއިންގެ ރައްޔިތެއް، ޕުޓިން ހައްޔަރުކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކަނީ

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުން ސަލާމަތްވެ ހިންދެމިނުލެވި އުޅެނިކޮށް ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، ކުރަން ފެށި ވަރުގަދަ ހަނގުރާމައިގެ އަސަރު ނުފޯރާ ހަމަ އެންމެ ޤައުމެއްވެސް ނެތޭ ދެންނެވިދާނެއެވެ. ކަން މިހެން އޮތް ނަމަވެސް، ރަޝިއާއާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި އަމަލީ ސިފައެއްގައި މާ ބޮޑެތި ފިޔަވަޅުތަކެއް އަޅާތީ ފެންނަމުން ދެއެކޭވެސް ނުދެންނެވޭނެއެވެ. އެކަމުގެ ފަހަތުގައި އެތައް ސަބަބެއް އޮވެދާނެކަން ގައިމެވެ. ކޮންމެ ގޮތަކަށް ކަން އޮތް ކަމުގައި ވީ ނަމަވެސް، ބައިނަލްއަޤުވާމީ ޖިނާއީ ކޯޓު (އައިސީސީ)އިން މަރޗް 17 ވަނަ ދުވަހު ވަނީ، ޕޫޓިން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައެވެ.

ޕޫޓިން ހައްޔަރު ކުރުމަށް އައިސީސީއިން ނެރުނު އަމުރަކީ އެއްވެސް ބުރަދަނެއް ނެތް އަމުރެކޭވެސް ދެންނެވިދާނެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެއީ އަމަލީ ސިފައެއް ނާންނާނެ އަމުރެއް ކަމަށް އެންމެ ސާބިތު ކަމާއެކީ ބުނަމުން ދަނީވެސް، ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައި ވާ ޔޫކްރައިންގެ ޑޮނެޓްސްކް ސަރަޙައްދުގެ ވަޒަންވެރިންނެވެ. ޑޮނެޓްސްކްގެ ވަޒަންވެރިން ބުނާ ގޮތުގައި ޕޫޓިން ހައްޔަރު ކުރަން އައިސީސީއިން ނެރުނު އަމުރަކީ "ތާކުންތާކު ނުޖެހޭ" އަމުރެކެވެ. އަދި އެ އަމުރާއެކު، ޕޫޓިންގެ މަޤުބޫލުކަން ވެގެންދާނީ ހައްދާހާ އިތުރު ކަމަށްވެސް ޑޮނެޓްސްކްގެ ރަށްވެހިން ޤަބޫލު ކުރެއެވެ.

ޕޫޓިން ހައްޔަރު ކުރަން އައިސީސީއިން އަމުރު ނެރެފައި ވާ އިރު، އެކަމުން ރަމްޒުކޮށްދެނީ އެމެރިކާއާއި ވިލާތުގެ ޤައުމުތައް ހަމަ ބުއްދި ފިލާގޮސް، ކޯޓުތައް ކޮރަޕްޓްވެފައި ވާ މިންވަރު ކަމަށްވެސް ބައެއް މީހުން ވަނީ ބުނެފައެވެ.

ރަޝިއާގެ ރައީސް ޕޫޓިން ހައްޔަރު ކުރަން، އައިސީސީއިން މަރޗް 17 ވަނަ ދުވަހު އަމުރު ނެރުނީ، ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި، "ހަނގުރާމައިގެ ޖަރީމާ" ހިންގާފައި ވާތީ އެކަމުގެ ޒިންމާ އުފުއްލަވަން ޖެހޭ ފަރާތަކީ ޕޫޓިން ކަމަށް ބުނަމުންނެވެ.

ކަން މިހެން އޮތް އިރު، ރަޝިއާއަކީ އައިސީސީގެ މެންބަރު ޤައުމެއް ނޫނެވެ. ރަޝިއާއިން ބުނާ ގޮތުގައި، މި އަމުރަކީ އެއްވެސް މާނައެއް ނެތް އަމުރެކެވެ. ޔޫކްރައިންއަށް އަރާ، ރަޝިއާއިން ހިންގަނީ "އަސްކަރީ އޮޕަރޭޝަނެއް" ކަމަށް ބުނެ، ރަޝިއާއިން ދިފާއަށް ކުޅެމުން ދާ އިރު، އެއްވެސް ވަރެއްގެ "ޖަރީމާ"އެއްވެސް ޔޫކްރައިންގައި ހިންގާފައި ނުވާނެ ކަމަށް ރަޝިއާއިން ދަނީ ބުނަމުންނެވެ.

ކަން މިހެން އޮތް އިރު، ހަނގުރާމައިގެ ޖަރީމާ ކަމުގައި އައިސީސީއިން ތުހުމަތު ކޮށްފައި ވަނީ، ޣައިރު ޤާނޫނީ ގޮތެއްގައި ކުޑަކުދިން ޑީޕޯޓް ކުރުމާ، ޔޫކްރައިންގެ ސަރަޙައްދުން ރަޝިއާއަށް މީހުން ބަދަލު ކުރުމުގެ ޣައިރު ޤާނޫނީ އަމަލު ހިންގި ކަމުގެ ކުށުގައެވެ.

ފެބުރުއަރީ 24، 2022 ވަނަ ދުވަހު މުޅި ދުނިޔެ ސިއްސުވާލީ، ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރީ ބާރުތަކުގެ ތެރޭގައި ގުނާލެވޭ ރަޝިއާގެ ރައީސް ވްލޭޑްމިއަރ ޕޫޓިންގެ ސީދާ ޢަމުރުފުޅަށް، އެ ޤައުމުގެ އަސްކަރިއްޔާއިން ހާއްސަ އޮޕަރޭޝަނެއް ހިންގުމުގެ ނަމުގައި، ޔޫކްރައިންއަށް އަރާ، ހަނގުރާމަ ފެށި ހިސާބުންނެވެ.

ޔޫކްރައިންގައި ކުރަމުންދަނީ ހަނގުރާމައެއް ކަމަށް ރަޝިއާއިން ލަފުޒީ ސިފައެއްގައި އިޢުތިރާފެއް ނުވެއެވެ. ޔޫކްރައިންގެ އިރުމަތީގައި ތިބި (ރަޝިއާގެ ތާއީދު ލިބިފައިވާ) މީހުން ސަލާމަތް ކުރުމަށް، މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު، "އަސްކަރީ ހާއްސަ އޮޕަރޭޝަން" ފެށުން ނޫން އިތުރު ގޮތެއް، ރަޝިއާގެ ސަރުކާރަށް ނެތުނީ ކަމަށް ރަޝިއާއިން ބުނެއެވެ. ރަޝިއާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ، އަސްކަރީ ބާރުގެ ބޭނުން ކުރުން ނޫން އެހެން ގޮތެއް، ރަޝިއާގެ ސަރުކާރަށް ނެތުނީ ކަމަށް ބުނެ، ރަޝިއާއިން ދަނީ ސިލްސިލާ ގޮތެއްގައި ދިފާޢަށް ކުޅެމުންނެވެ.

ހިމޭނުން އޮތް ޤައުމަކަށް އަސްކަރީ ބާރާއެކު ރަޝިއާއިން އެރި އެރުމަކީ ޣައިރު ޤާނޫނީ އަމަލެއް ކަމަށާ، އެއީ ހުޅަނގާ ދެކޮޅަށް ރަޝިއާއިން ކުރަމުންދާ "ޕްރޮކްސީ" ހަނގުރާމައެއް ކަމަށް ޔޫކްރައިންއާއި ޔޫކްރައިންގެ ސަޕޯޓަރުން ބުނެއެވެ. ކަން މިހެން އޮތް އިރު، ރަޝިއާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް، ޔޫކްރައިންއަށް ހަތިޔާރު ސަޕްލައި ކުރަމުންދަނީ ހުޅަނގުން ކަން ފާހަގަ ކުރަން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯމަން އަބްރަމޯވިޗްއާއި ވްލެޑްމިއަރ ޕުޓިންގެ ގުޅުން

ރޯމަން އަބްރަމޯވިޗްއާއި ވްލެޑްމިއަރ ޕުޓިންގެ ގުޅުން

14 މާރިޗު 2022
ލެޑްމިއަރ ޕުޓިން: ޖާސޫސީ އިދާރާއިން ރައީސްކަމުގެ ގޮނޑިއަށް

ލެޑްމިއަރ ޕުޓިން: ޖާސޫސީ އިދާރާއިން ރައީސްކަމުގެ ގޮނޑިއަށް

02 މާރިޗު 2022
ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

24 ފެބުރުއަރީ 2022
އުއްތަމަ ފަނޑިޔާރަށް ނާންގާ ސުޕްރީމް ކޯޓުގެ ނަމުގައި ފަނޑިޔާރުންތަކެއް އަމުރެއް ނެރުނު!

އުއްތަމަ ފަނޑިޔާރަށް ނާންގާ ސުޕްރީމް ކޯޓުގެ ނަމުގައި ފަނޑިޔާރުންތަކެއް އަމުރެއް ނެރުނު!

21 ނޮވެމްބަރު 2019
ބްރިޖު ކައިވެންޏާއެކު ކުޅުދުއްފުށިން ނެރުނު މާލިތަކަށް ޝައުގުވެރިކަން ބޮޑުވެއްޖެ!؟

ބްރިޖު ކައިވެންޏާއެކު ކުޅުދުއްފުށިން ނެރުނު މާލިތަކަށް ޝައުގުވެރިކަން ބޮޑުވެއްޖެ!؟

22 އޯގަސްޓު 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު