Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރޯދަ މަސް

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކުރީ ކޮންކަމެއް؟

ރޯދަމަހަށް ޚަރަދު ކުޑަކުރަން ހިތުގައި އޮތްނަމަވެސް އެކަން ވަނީ އެހެންނެއްނޫން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 18 މާރިޗު 2023 | ހޮނިހިރު 06:47
ބަނދަރުމަތީގެ ފިހާރައެއް

ބަނދަރުމަތީގެ ފިހާރައެއް

ރޯދަ މަހަށްޓަކައި ވަރަށް ގިނަ މީހުން ވަރަށް ގިނަ ތައްޔާރީތައްވެއެވެ. މިގޮތުން ގޭތެރެ ޒީނަތްތެރިކުރުމާއި ގޭގައި ކުލަލުމާއި ގެ ސާފުކުރުމާއި, ބަދިގޭގައި ހިފާ ގެންގުޅޭ ސާމާނުތަކާއި ގޮނޑިސެޓް، އަދި ކާމޭޒު ފަދަ ތަކެތި އައުކުރުން ފަދަ ކަންތައް ކުރުމަކީ ފެންނަމުންދާ ކަންތަކެވެ. ރޯދައިގެ ކުރިން ޕިކްނިކް ދިޔުންފަދަ ކަންތައްތައް މީހުން ކޮށްއުޅެއެވެ.

ރޯދަމަހަށް ޚާއްސަކޮށް އެކި ބާވަތްތަކުން ބަދިގެ ކަބަޑުތައް ފުރާލައެވެ. ރޯދަ ވީއްލުމަށް ސުފުރާމަތި ފުރާލަނީ ނަން ހުސްކޮށެވެ. މިއީ ޒަމާނުއްސުރެ ދިވެހިންގެ އާދައެވެ. ކަށީގައި ހިފާފައި ހުރި ކަމެކެވެ. ރޯދަމަހަށް ޚަރަދު ކުޑަކުރަން ހިތުގައި އޮތްނަމަވެސް އެކަން ވަނީ އެހެނެއް ނޫނެވެ.

ރޯދަމަހަކީ، އަބަދުވެސް އާންމުން ކާބޯ ތަކެއްޗަށް ކުރަންޖެހޭ ހޭދަތައްވެސް އެހެނިހެން މަސްތަކާ އަޅައިބަލާއިރު އިތުރު މަހެކެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެގެންދަނީ، ގިނަ ބަޔަކު ކެއިން ބުއިމުގެ އެންމެހައި ކަންކަން ރޯދަމަހުގައި ގޭތެރެއިން ހަމަޖައްސަމުން ދިއުމާއެކު، ދިރިއުޅުމަށް އަންނަ ބޮޑެތި ބަދަލުތަކެވެ. މީގެއިތުރުން ރޯދަވީއްލުމަށްޓަކައި ސުފުރާމަތި ފުރާލާ ފުރާލުމެވެ.

މިކަންތައްތައްވެސް އޮންނަ މިންގަނޑުގެ ތެރެއިން ކުރުމަކީ ރަނގަޅުކަމެވެ. މިކަންތައްތަކާއެކު ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވިދާނެ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. އެއީ ތިމާގެ ނަފްސު އިސްލާހުކުރުމެވެ. ހެޔޮކަންތައްތައް ރޯދަ މަހު ވީހާވެސް ގިނައިން ކުރުމަށް އަޒުމް ކަނޑައަޅައި، އެގޮތުގައި ދެމިހުރުމެވެ.

ރޯދަ މަހަކީ މަތިވެރި މާތް ﷲގެ އެންގެވި މަގަށް ރުޖޫއަވުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ކޮށައިލެވޭ އަމާންކަމުގެ މަގެކެވެ. ހުޅުވައިލެވޭ ނޫރުގެ ދޮރާއްޓެކެވެ. ދީލަތި ކަމުން ފުރިގެންވާ، މިބަރާކާތްތެރި މައްސަރުގައި ﷲގެ ކިބަފުޅަށް ރުޖޫއަވެ، ތައުބާ ނުވާ މީހާ ދެން ތައުބާ ވާނެ އެހެން އިރެއް އެބައޮތްތޯއެވެ؟ މިފުރުސަތުގައި އޮތީ މި މަތިވެރި މައްސަރުގައި، ތިމާ ހައްދަވައި ގެންގުޅުއްވާ ދީލަތިވަންތަ އިލާހުގެ ހަޒުރަތުގައި ގިނަގިނައިން ފާފަފުއްސެވުމަށް އެދި ދެންނެވުމާއެކު ސުވަރުގެ މިންވަރު ކުރެއްވުން އެދި ދުއާކުރުމެވެ. ހެޔޮ އަމަލުތައް ގިނަކުރުމެވެ.

ރޯދަމަހަކީ ބަރަކާތުން ފުރިގެންވާ މައްސަރަކަށްވާއިރު އެއީ ރަހުމަތުގެ މައްސަރެވެ. އެއާއެކު އަންނަނީ އަދަދު ނުކުރެވޭހައި ގިނަގުނަ ހެވާއި ސަވާބެވެ. ﷲގެ ހަޒުރަތުގައި އެކަންކަމަށް ޝުކުރު ދެންނެވުމަށް އޮންނަނީ ނުކުޅެދިފައެވެ.

ރޯދަމަހާ ކުރިމަތިލައިގެން އުޅޭހިނދު، އަޅުގަނޑުމެންނަށް އޮތް ކަމަކީ ގޭތެރޭގެ ސާމާނުތައް ބަދަލުކުރާ ފަދައިން އަޅުގަނޑުމެންގެ އަދަބާއި ސުލޫކު ބަދަލު ކުރުމެވެ. އަމަލުތައް ރިވެތި އަޚްލާޤަކުން ޒީނަތްތެރިކޮށް ބައްޓަން ކުރުމެވެ. ގޯސް އަމަލުތަކުން އެއްކިބާވުމެވެ. ކުރާ ކޮންމެ ކަމެއްގައި، އެކަމެއްގައި އޮތް އެންމެ ރިވެތި ގޮތް އިޚްތިޔާރު ކުރުމެވެ. ރޯދަ މަސް ފެށިގެން އަންނަނީ ރަހުމަތުންނެވެ. އެންމެން ވެސް ހަގީގީ މާނާގައި ރޯދަ މަހަށް ތައްޔާރުވަމާތޯއެވެ.

ރޯދަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮންމެ ދުވަހަކު އިނާމު ލިބޭ ގޮތަށް، ރެފްކޫލުން ރޯދަ ސޭލް ފަށައިގެން ކުރިއަށް

ކޮންމެ ދުވަހަކު އިނާމު ލިބޭ ގޮތަށް، ރެފްކޫލުން ރޯދަ ސޭލް ފަށައިގެން ކުރިއަށް

28 ޖެނުއަރީ 2025
ރޯދަ ހަދިޔާ ހިފައިގެން ދިޔަ "ލިއޯ ވިންގް" ދޯނި ފަރަށް އަރައިފި

ރޯދަ ހަދިޔާ ހިފައިގެން ދިޔަ "ލިއޯ ވިންގް" ދޯނި ފަރަށް އަރައިފި

27 ޖެނުއަރީ 2025
ފަރުޟު ފަސް ނަމާދުނުކޮށް ހިފާ ރޯދައިގެ ފައިދާއެއް ނެތް

ފަރުޟު ފަސް ނަމާދުނުކޮށް ހިފާ ރޯދައިގެ ފައިދާއެއް ނެތް

13 މާރިޗު 2024
ރަމަޟާން މަހުގެ އިނާޔަތް ބޮޑުކުރުމަށް މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައެއް ނުގަތް

ރަމަޟާން މަހުގެ އިނާޔަތް ބޮޑުކުރުމަށް މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައެއް ނުގަތް

15 މާރިޗު 2023
ރާއްޖެއަށް މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް

ރާއްޖެއަށް މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް

01 އެޕްރީލު 2022

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު