Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރެފްކޫލު ރޯދަ ސޭލް

ކޮންމެ ދުވަހަކު އިނާމު ލިބޭ ގޮތަށް، ރެފްކޫލުން ރޯދަ ސޭލް ފަށައިގެން ކުރިއަށް

ރެފް ކޫލްގެ ރޯދަ ސޭލްގެ ބޮޑު އިނާމަކަށް ހަމަޖެހިފައިވަނީ އުމްރާ ދަތުރެކެވެ. ދެވަނަ އަށް ދެ މީހަކަށް ޗުއްޓީ ދަތުރެކެވެ.

އާމިނަތު ރީޝާ
އާމިނަތު ރީޝާ | 28 ޖެނުއަރީ 2025 | އަންގާރަ 10:43
ރެފް ކޫލް ރޯދަ ސޭލް ފެށުން

ރެފް ކޫލް ރޯދަ ސޭލް ފެށުން

ރާއްޖޭގައި އޭސީއާއި ފިނިކުރާ ސާމާނު އެންމެ ފުޅާދާއިރާއެއްގައި ވިއްކާ އެންމެ ގިނަދުވަސްވީ ކުންފުނި "ރެފްކޫލް" ގެ ފިހާރަތަކުން، ކޮންމެ އަހަރަކު ރޯދަމަހަށް ޚާއްސަކޮށްގެން ބާއްވާ، ރޯދަ ސޭލްގެ، މިއަހަރުގެ ސޭލް ފަށައިފި އެވެ.

މި ސޭލްގެ ބޮޑު އިނާމަކީ އުމްރާ ދަތުރެކެވެ.

ރެފްކޫލް އިން މައުލޫމާތު ދިން ގޮތުގައި، ރެފްކޫލްގެ މިއަހަރުގެ ރޯދަ ސޭލް މިދިއަ ނޮވެމްބަރު މަހު ފަށާފައިވަނީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައެވެ.

ރެފްކޫލްގެ ފިހާރަތަކުން މިއަހަރުގެ ރޯދަ ސޭލް ކުރިއަށް ގެންދާ އިރު، ކޮންމެ ދުވަހަކު އިނާމު ލިބޭ ބަޔަކާއި ސޭލް ނިމިގެން ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ބޮޑުއިނާމުގެ ބައެއް ހިމެނެ އެވެ.

ރެފްކޫލުން ބުނީ، އެ ކުންފުނީގެ ފިހާރަތަކުން ފަސްސަތޭކަ ރުފިޔާއިން ފެށިގެން މަތިން ވިޔަފާރި ކުރާ ފަރާތްތަކަށް ކޫޕަނެއް ދޫކުރެވޭނެ ކަމަށާއި ކޮންމެ ދުވަހަކު ވެސް އެދުވަހެއްގެ ވިޔަފާރި ނިމުމުން، ކޮންމެ ފިހާރައަކުން ވެސް އެފިހާރައަކުން އެދުވަހު ފަސްސަތޭކަ ރުފިޔާއިން މަތިން ވިޔަފާރި ކުރި ފަރާތްތަކުގެ މެދުގައި ގުރުއަތުނަގައި އެދުވަހުގެ ނަސީބު ވެރިޔާ ހޮވައި އިނާމު ހަވާލުކުރެވޭނެ ކަމަށެވެ. މިގޮތުން ދެވޭ އިނާމުތަކަކީ، ޕިއްޒާ މޭކަރ، ކަރަންޓް ކުރާ، ޓޯސްޓަރ، އެއަރ ފްރައިއަރ އަދި ހޭންޑް މިކްސަރ ފަދަ ރޯދަ މަހާގުޅޭ ވަރަށް ރަނގަޅު އިނާމުތަކެއް ކަމަށެވެ.

މުޅި ސޭލްގެ ބޮޑު އިނާމުގެ ނަސީބު ވެރިން ހޮވާނީ، ހުރިހާ ފިހާރަތަކުން ވިޔަފާރި ކުރި ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުންނެވެ. އެގޮތުން ނެގޭ ފުރަތަމަ އިނާމުގެ ނަސީބުވެރިއަކަށް އުމްރާ ދަތުރެއް، ދެވަނައަށް ނެގޭ ނަސީބުވެރިއަކަށް ސީޒަން ޕެރެޑައިސްގައި ދެ މީހަކަށް ދެ ދުވަހުގެ ޗުއްޓީ އަދި ތިންވަނައިން އަށްވަނައަށް ހޮވޭ ކޮންމެ ނަސީބު ވެރިއަކަށް ގްރީ އެއަރ ޕިއުރިފަޔަރ އެއް ދެވޭނެ ކަމަށް ވެސް ރެފްކޫލުން މަޢުލޫމާތު ދެއެވެ.

ރެފްކޫލުގެ ރޯދަ ސޭލް ނިމޭނީ ހަ ރޯދަ ވެސް ނިމިގެން އިތުރު ފަސް ދުވަސް ފަހުންނެވެ.

ރެފްކޫލުގެ ހަތަރު ފިހާރަ ހުރެއެވެ. އޭގެތެރެއިން ތިން ފިހާރަ ހުންނަނީ މާލޭގަ އެވެ. އަނެއް ފިހާރަ ހުންނަނީ ހުޅުމާލޭގަ އެވެ.

މާލޭގައި ހުންނަ ތިންފިހާރައަކީ، ފަރީދީ މަގުގައި ހުންނަ ރެފްކޫލް، ސޯސަން މަގުގައި ހުންނަ ލެޓްސް ކޫލް އަދި މާފަންނު ވަރުދީ ހިނގުމުގައި ހުންނަ ކޫލްރައިޑު އެވެ. ހުޅުމާލޭގައި ހުންނަނީ ލެޓްސް ކޫލް ފިހަރަ އެވެ. އެފިހާރަ ހުންނާނީ ނިރޮޅުމަގު އެވެ.

އޭސީއާއި މެރިން އޭސީ އަދި އެކިވައްތަރުގެ ފިނުކުރުމަށް ބެނުންކުރާ ސާމާނާއި ސްޕެއަރ ޕާޓްސް އަދި އިލެކްޓްރޯނިކްސް ސާމާނާއި ރަށުޕިކަޕާއި އަޑީތެޔޮ އަދި ވެހިކަލް ސްޕެއަރ ޕާޓްސް ރާއްޖޭގެ ބާޒާރަށް އެންމެ ފުޅާދާއިރާއެއްގައި މާކެޓްކުރާ، ރެފްކޫލުގެ އަމާޒަކީ އަތްފޯރާ އަގުގައި ކޮލިޓީ ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ.

"ކޮލިޓީ ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމަކީ މިކުންފުނީގެ އަމާޒު. އެކަން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ވެސް ޔަގީންވާނެ. އަޅުގަނޑުމެންގެ ކާމިޔާބީގެ އަސްލަކީ ވެސް އެއީ." ރެފްކޫލުން ބުންޏެވެ.

ރެފްކޫލް އަކީ "ކޫލިންގ ސޮލިއުޝަން"ގެ ޖުމްލަ ހައްލު ޒަމާނާގުޅޭ ގޮތަށް، ފޯރުކޮށް ދިނުމުގައި، ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ ބައެކެވެ.

ރެފްކޫލްރޯދަ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2025

ރޯދަ ހަދިޔާ ހިފައިގެން ދިޔަ "ލިއޯ ވިންގް" ދޯނި ފަރަށް އަރައިފި

27 ޖެނުއަރީ 2025
ރޯދަ ހަދިޔާ ހިފައިގެން ދިޔަ "ލިއޯ ވިންގް" ދޯނި ފަރަށް އަރައިފި
26 އެޕްރީލު 2024

ރެފްކޫލް ރޯދަ ޕްރޮމޯޝަންގެ ލަކީޑްރޯ ނަގައިފި

26 އެޕްރީލު 2024
ރެފްކޫލް ރޯދަ ޕްރޮމޯޝަންގެ ލަކީޑްރޯ ނަގައިފި
13 މާރިޗު 2024

ފަރުޟު ފަސް ނަމާދުނުކޮށް ހިފާ ރޯދައިގެ ފައިދާއެއް ނެތް

13 މާރިޗު 2024
ފަރުޟު ފަސް ނަމާދުނުކޮށް ހިފާ ރޯދައިގެ ފައިދާއެއް ނެތް
18 މާރިޗު 2023

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކުރީ ކޮންކަމެއް؟

18 މާރިޗު 2023
ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކުރީ ކޮންކަމެއް؟
15 މާރިޗު 2023

ރަމަޟާން މަހުގެ އިނާޔަތް ބޮޑުކުރުމަށް މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައެއް ނުގަތް

15 މާރިޗު 2023
ރަމަޟާން މަހުގެ އިނާޔަތް ބޮޑުކުރުމަށް މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައެއް ނުގަތް
02 ނޮވެމްބަރު 2022

ރެފްކޫލް އިން ވޯލްޑްކަޕާއި ދިމާކޮށް ޚާއްސަ ޕްރޮމޯޝަނެއް

02 ނޮވެމްބަރު 2022
ރެފްކޫލް އިން ވޯލްޑްކަޕާއި ދިމާކޮށް ޚާއްސަ ޕްރޮމޯޝަނެއް
18 އޯގަސްޓު 2022

ރެފްކޫލްއިން ޖޭވް އެންޑްރޮއިޑް ސްމާޓް ޓީވީ ބާޒާރަށް ނެރެފި

18 އޯގަސްޓު 2022
ރެފްކޫލްއިން ޖޭވް އެންޑްރޮއިޑް ސްމާޓް ޓީވީ ބާޒާރަށް ނެރެފި
01 އެޕްރީލު 2022

ރާއްޖެއަށް މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް

01 އެޕްރީލު 2022
ރާއްޖެއަށް މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް
25 މާރިޗު 2022

ރޯދަމަހަކީ ދިވެހިންނަށް ޚަރަދު ބޮޑު މަހެއް

25 މާރިޗު 2022
ރޯދަމަހަކީ ދިވެހިންނަށް ޚަރަދު ބޮޑު މަހެއް
11 މާރިޗު 2022

ރޯދައަށް އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފި

11 މާރިޗު 2022
ރޯދައަށް އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު