Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް

ޕީއާރްއައި ކޮންފަރެންސުން، ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތަށް ކުރިއެރުން ލިބޭނެ: މިނިސްޓަރު އިމްރާން

ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކުރެވިގެންދާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 މާރިޗު 2023 | ހޮނިހިރު 06:56
ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަފުޅުދައްކަވަނީ

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަފުޅުދައްކަވަނީ

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް (ޕީއާރްއައި)އިން, ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފަށާފައިވާ ގިނަ މަސައްކަތްތަކަށް އިތުރު ކުރިއެރުންތައް ލިބޭނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މި ކޮންފަރެންސް ފެށުމަށް ހޮނިހިރު ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތް ނުވަތަ ޕޮލިސް ރިފޯމް ކުރުމުގެ މަސައްކަތަކީ ރައީސް ސާލިހުގެ ވައުދުފުޅެއް ކަމަށެވެ. ދިވެހި ފުލުހުންނަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި އިހުތިރާމާއި ލޯބި ހޯދުމަށް ކުރަންޖެހިފައިވާ މަސައްކަތަކީ ނިޒާމީ ގޮތެއްގައި ވަރަށް ތަރުތީބު ކުރެވިގެން ކުރަންޖެހިފައިވާ، ދަތި، ގޮންޖެހުން ބޮޑު، އުނދަގޫ މަސައްކަތެއް ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިއީ މިފަދަ ގޮތަކަށް ބޭއްވޭ ފުރަތަމަ ކޮންފަރެންސްކަން ފާހަގަކުރައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ، ފުރަތަމަ ފަހަރަށް ފުލުހުންގެ ޚިދުމަތް ބައްޓަން ކުރަންވީ ގޮތް، އާއްމު ރައްޔިތުން އެކުވެ ދިރާސާތަކުގެ ހޯދުންތަކާއެކު ހުށަހަޅައިދިނުމަކީ ރާއްޖޭގައި ކުރެވޭ އައު ތަޖުރިބާއެއް ކަމަށެވެ. މިނިސްޓަރު އިމްރާން ވިދާޅުވީ، މި ކޮންފަރެންސްގެ ސަބަބުން ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމަށާއި، ފުލުހުންގެ ޚިދުމަތުގެ ތެރެއިން ރަނގަޅު ކުރަންޖެހޭ ގިނަ މަސައްކަތްތައް ފާހަގަވެގެންދާނެ ކަމަށެވެ. އަދި ކޮންފަރެންސްގައި ހުށަހެޅޭ ރިސަރޗްތަކަކީ، ރަނގަޅުކުރުމަށް މަގު ދައްކައިދޭނެ ކަރުދާސްތަކަކަށް ވާނެކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ކޮންފަރެންސް ބޭއްވުމަށް މީގެ އަހަރެއްހާ ދުވަސްކުރިން ޕޮލިސް ބޯޑުގެ އިސްނެގުމާއެކު، ހޯމް މިނިސްޓްރީން ގުޅިގެން ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. މިމަސައްކަތް ކުރުމުގައި ގިނަ މުއައްސަސާތަކާއި ދިރާސާކުރާ ގާބިލް ފަރާތްތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންދިޔަކަން މިނިސްޓަރު އިމްރާން ފާހަގަކުރެއްވިއެވެ.

މި ކޮންފަރެންސް ތިން ދުވަހަށް ދެމިގެންދާނެއެވެ.

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސްހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން

މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން

10 އޮކްޓޯބަރު 2023
އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ

އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ

06 އޮކްޓޯބަރު 2023
އިދިކޮޅު ފަރާތްތަކުން ވަނީ ވެރިކަން ލިބިއްޖެނަމަ ފުރަތަމަ މަސް ތެރޭގައި ވެސް ޖަލަށް ލާނެ މީހުންގެ ލިސްޓެއް ހަދާފައި - އިމްރާން

އިދިކޮޅު ފަރާތްތަކުން ވަނީ ވެރިކަން ލިބިއްޖެނަމަ ފުރަތަމަ މަސް ތެރޭގައި ވެސް ޖަލަށް ލާނެ މީހުންގެ ލިސްޓެއް ހަދާފައި - އިމްރާން

17 ސެޕްޓެމްބަރު 2023
ކޯލިޝަން މަޝްވަރާއަށް ރައީސް، ގާސިމް އަރިހަށް

ކޯލިޝަން މަޝްވަރާއަށް ރައީސް، ގާސިމް އަރިހަށް

13 ސެޕްޓެމްބަރު 2023
ރައީސް ޞާލިހަކީ ރާއްޖޭގައި ހުރި ސިޔާސީ ތަޖުރިބާ އެންމެ ވަރުގަދަ ބެފުޅާ - އިމްރާން

ރައީސް ޞާލިހަކީ ރާއްޖޭގައި ހުރި ސިޔާސީ ތަޖުރިބާ އެންމެ ވަރުގަދަ ބެފުޅާ - އިމްރާން

01 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު