Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަނގަޅު އޮފިސަރުން ބައްޓަންކުރުން

ރަނގަޅު އޮފިސަރުން ބައްޓަންކުރުމަށް ދައުލަތުން އިސްކަންދޭން ޖެހޭ: މިނިސްޓަރު އިމްރާން

ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 މާރިޗު 2023 | ހޮނިހިރު 06:23
ޕޮލިސް ރިސަރޗް އިނޮވޭޝަން ކޮންފަރެންސްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަފުޅުދައްކަވަނީ

ޕޮލިސް ރިސަރޗް އިނޮވޭޝަން ކޮންފަރެންސްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަފުޅުދައްކަވަނީ

ފުލުހުންގެ އިސް ސަފު ތަރުތީބުކޮށް، ރަނގަޅު އޮފިސަރުން ބައްޓަންކުރުމަކީ ދައުލަތުން އިސްކަން ދޭން ޖެހިފައިވާ މަސައްކަތެއް ކަމަށް, ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ފެށި ޕޮލިސް ރިސަރޗް އިނޮވޭޝަން ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ރާއްޖޭގައި މުއައްސަސާތައް ހަރުދަނާ ކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން، ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތް ކުރިއަށް ގެންދެވޭނީ އިލްމީ ހަމަތަކާއި ދިރާސާތަކުގެ މަތިން ކޮންފަރެންސްތަކާއި ވޯކްޝޮޕްތައް ބާއްވައިގެން ކަމަށެވެ. އަދި އެ މަސައްކަތުގައި ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ފުރިހަމަ ފުލުހުންގެ މުއައްސަސާއެއް ގާއިމްކުރުމަކީ އެދޭ އެންމެ ބޮޑު އެދުންކަން ފާހަގަކުރައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ، މި މަސައްކަތް ކުރުމަށް އާއްމު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ. ނަމަވެސް އެމަގަށް ދިއުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކުގެ ބޮޑުކަން ރައްޔިތުންނާއި ދިރާސާކުރާ ފަރާތްތައް އެނގެންޖެހޭ ކަމަށާއި، އެކުގައި ތިބެގެން މަޝްވަރާ ކުރެވެންޖެހޭކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ދިމާވާ ދަތިތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ވެރިން އެއްގޮތެއްގައި ހިފެހެއްޓެވުމުގައި ވޭތުވެދިޔަ 10 ނުވަތަ 15 އަހަރުގެ ތެރޭގައި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. މިކަންކަމުން އަރައިގަނެ، ފުލުހުންގެ އިސް ސަފު ތަރުތީބުކޮށް ރަނގަޅު އޮފިސަރުން ބައްޓަންކުރުމަކީ އެންމެ ބޮޑު އިސްކަމެއް ދީގެން ދައުލަތުން ކުރަންޖެހޭ މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައިދިނުމާއި، އެކަމަށް މަގުފަހިވާނެ ގޮތްތައް ފަހިކޮށްދިނުމަކީ ސަރުކާރުތަކުގެ އެންމެ ބޮޑު އެއް ޒިންމާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ތިން ދުވަހަށް ކުރިއަށް ގެންދާ ޕޮލިސް ރީސަރޗް އިނޮވޭޝަން ކޮންފަރެންސް ނިމިގެންދާއިރު، ފުލުހުންގެ ޚިދުމަތް ފުޅާކޮށް ރަނގަޅުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ކޮށްފައިވާ މުހިންމު މަސައްކަތްތައް ހާމަވާނެކަމަށެވެ. އަދި ހޮނިހިރު ދުވަހު ސެޝަންގައި 10 ރީސަރޗް ޕޭޕަރު ހުށަހެޅިގެންދާނެކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސްހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން

މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން

10 އޮކްޓޯބަރު 2023
އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ

އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ

06 އޮކްޓޯބަރު 2023
އިދިކޮޅު ފަރާތްތަކުން ވަނީ ވެރިކަން ލިބިއްޖެނަމަ ފުރަތަމަ މަސް ތެރޭގައި ވެސް ޖަލަށް ލާނެ މީހުންގެ ލިސްޓެއް ހަދާފައި - އިމްރާން

އިދިކޮޅު ފަރާތްތަކުން ވަނީ ވެރިކަން ލިބިއްޖެނަމަ ފުރަތަމަ މަސް ތެރޭގައި ވެސް ޖަލަށް ލާނެ މީހުންގެ ލިސްޓެއް ހަދާފައި - އިމްރާން

17 ސެޕްޓެމްބަރު 2023
ކޯލިޝަން މަޝްވަރާއަށް ރައީސް، ގާސިމް އަރިހަށް

ކޯލިޝަން މަޝްވަރާއަށް ރައީސް، ގާސިމް އަރިހަށް

13 ސެޕްޓެމްބަރު 2023
ރައީސް ޞާލިހަކީ ރާއްޖޭގައި ހުރި ސިޔާސީ ތަޖުރިބާ އެންމެ ވަރުގަދަ ބެފުޅާ - އިމްރާން

ރައީސް ޞާލިހަކީ ރާއްޖޭގައި ހުރި ސިޔާސީ ތަޖުރިބާ އެންމެ ވަރުގަދަ ބެފުޅާ - އިމްރާން

01 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު