Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަންތާޖު ޤުރުއާން މުބާރާތް

ރަންތާޖު ޤުރުއާން މުބާރާތުގެ ބައިވެރިންނަށް ތަމްރީން ދިނުމުގެ ސެޝަންތައް ފަށައިފި

ފުރަތަމަ ސެޝަން ފައްޓަވައިދެއްވީ އަލްޤާރީ ވޮރަންޓް އޮފިސަރ ގްރޭޑް-2 މުހައްމަދު އަސްލަމް

އަމްނާ އިމާދު
އަމްނާ އިމާދު | 17 މާރިޗު 2023 | ހުކުރު 17:16
ރަންތާޖު ޤުރުއާން މުބާރާތުގެ ބައިވެރިންނަށް ތަމްރީން ދިނުމުގެ ސެޝަންގެ ތެރެއިން

ރަންތާޖު ޤުރުއާން މުބާރާތުގެ ބައިވެރިންނަށް ތަމްރީން ދިނުމުގެ ސެޝަންގެ ތެރެއިން

މިއަހަރުގެ ރޯދަ މަހު ކުރިއަށްގެންދާ ރަންތާޖު ޤުރުއާން މުބާރާތުގެ ބައިވެރިންނަށް ތަމްރީން ދިނުމުގެ ސެޝަންތައް ފަށައިފިއެވެ.

ހުކުރު ދުވަހު ފުރަތަމަ ސެޝަން ފައްޓަވައިދެއްވީ އަލްޤާރީ ވޮރަންޓް އޮފިސަރ ގްރޭޑް-2 މުހައްމަދު އަސްލަމެވެ.

އޮޑިޝަނުން ހޮވުނު 20 ބައިވެރިންނާއެކު ކުރިއަށް ގެންދާ މި ތަމްރީން ދިނުމުގެ ސެޝަންތައް މުބާރަތް ނިމެންދެން ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން އަލްޤާރީ އިބްރާހިމް ރަމްޒީ ވެސް ޓްރެއިނިންގ ސެޝަންތައް ނަންގަވައިދެއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ޝޯ ތަކުގައި ރާއްޖެއިން ބޭރުން މެހެމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާ މަޝްހޫރު ޤާރީން ވެސް ޓްރެއިނިންގ ސެޝަންތައް ނަންގަވައިދެއްވުމަށް ހަމަޖެހިފައިވެއެވެ.

ރާއްޖެ ޓީވީއާއި ޔޫތު މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން މިއަހަރުގެ ރޯދަ މަހު ކުރިއަށްގެންދާ މި މުބަރާތުގެ އޮޑިޝަންގައި 111 މީހުން ވަނީ ބައިވެރިވެފައެވެ. ރާއްޖޭގެ 6 ސަރަހައްދެއްގައި މި މުބާރާތުގެ އޮޑިޝަންތައް ވަނީ ބާއްވާފައެވެ. މުބާރާތުގެ ފައިނަލަށް 20 ބައިވެރިން ހޮވާފައި ވަނީ އެއަށްފަހުގައެވެ. މި ބައިވެރިން ހޮވާފައި ވަނިކޮށް އޭގެ ތެރެއިން ދ. ކުޑަހުވަދޫ އީލަފް އަހުމަދު ސަލާހު މުބާރާތުން އަމިއްލައަށް ވަކިވުމާ ގުޅިގެން އެ ޖާގައަށް އޮޑިޝަންގައި 21 ވަނައަށް އެންމެ މަތިން މާކްސް ލިބުނު ބައިވެރިޔާ ވަނީ ހޮވާފައެވެ. އެއީ ހއ. ހޯރަފުށީ އައިޝަތު ޝަރުފާއެވެ. އީލަފް މުބާރާތުން ވަކިވުމަށް އެދިފައިވަނީ މުބާރާތާ އޯލެވެލްގެ ދުވަސްވަރާ ދިމާވާތީ، އެ ދުވަސްވަރު މާލޭގައި ހުންނަން ދަތިވުމާ ގުޅިގެންނެވެ.

މި މުބާރާތުގެ އޮޑިޝަންގައި ފަނޑިޔާރުންގެގޮތުގައި ރާއްޖޭގެ ފުންނާބު އުސް 10 ޤާރީން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. 3 ލައްކަ ރުފިޔާގެ އިނާމަކާއެކު ކުރިއަށްގެންދާ މި މުބާރާތުގެ ފަނޑިޔާރުންނަކީ އަލްޤާރީ އިބްރާހިމް ޝިފާއުއާއި އަލްޤާރީ މުހައްމަދު ތައުފީގާއި އަލްޤާރީ އަބްދުލް ވާހިދު އަބްދުﷲ، އަދި އައްޝައިޚް ނަސްރުﷲ އަލީއެވެ.

16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތަކީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

ރަންތާޖު ޤުރުއާން މުބާރާތްއިސްލާމިކް މިނިސްޓްރީޔޫތު މިނިސްޓްރީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
02 ޑިސެމްބަރު 2025

ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

02 ޑިސެމްބަރު 2025
ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް
29 ނޮވެމްބަރު 2025

އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

29 ނޮވެމްބަރު 2025
އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި
25 ނޮވެމްބަރު 2025

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި
10 ނޮވެމްބަރު 2025

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި
30 އޮކްޓޯބަރު 2025

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ
30 އޮކްޓޯބަރު 2025

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ
29 އޮކްޓޯބަރު 2025

ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް

29 އޮކްޓޯބަރު 2025
ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް
23 އޮކްޓޯބަރު 2025

ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް

23 އޮކްޓޯބަރު 2025
ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް
23 އޮކްޓޯބަރު 2025

ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު

23 އޮކްޓޯބަރު 2025
ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު