Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮމަންވެލްތު ދުވަހުގެ ތަހުނިޔާ

ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

11 މާރިޗު 2024 | ހޯމަ 11:35

މިއަހަރުގެ ކޮމަންވެލްތު ދުވަސް ފާހަގަކުރާއިރު މިއީ އެއްބައިވަންތަކަމުގެ ރޫހެއްގައި ފާގަތި މުސްތަޤުބަލަކަށް މަސައްކަތްކުރުމުގެ މުހިންމު ފުރުޞަތެއްކަން ފާހަގަކުރެއްވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 މާރިޗު 2024 | ހޯމަ 11:35
ރައީސް އޮފީސް

ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަހަރުގެ ކޮމަންވެލްތް ދުވަހުގެ މުނާސަބަތުގައި ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި މިއަހަރުގެ ކޮމަންވެލްތު ދުވަސް ފާހަގަކުރާއިރު މިއީ އެއްބައިވަންތަކަމުގެ ރޫހެއްގައި ފާގަތި މުސްތަޤުބަލަކަށް މަސައްކަތްކުރުމުގެ މުހިންމު ފުރުޞަތެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި މިއަދު މި ފާހަގަކުރެވެނީ ކޮމަންވެލްތުގެ ޗާޓަރުގެ ދަށުން ހިފަހައްޓާ އާންމު ހަމަތަކާއި އުސޫލުތަކާއި އަދި މުއްސަނދި ސަގާފީ ސިންދަފާތުތައްކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

Advertisement - newsAdvertisement

ކޮމަންވެލްތަކީ ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުޑަ ޤައުމަކަށް މުހިންމު ބައިވެރިއެއްކަން އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ. އަދި ކޮމަންވެލްތަކީ މޫސުމަށް އަންނަ ބަދަލުތަކަށް ފިޔަވަޅުއެޅުމާއި އެކަމަށް ބޭނުންވާ ފައިނޭންސް ލިބުމަށް ލުއިފަސޭހަކޮށްދިނުމާއި މިންތީގެ ހަމަހަމަކަމާއި، ވިޔަފާރި އިތުރުކުރުމާއި ވިލުންތެރިކަން އިތުރުކުރުމަށް ވަރަށް ބޮޑަށް ވަކާލާތުކުރާ ޖަމުޢިއްޔާއެއްކަމަށާ އަދި މިއަހަރުގެ ޝިޢާރު ކަމުގައިވާ "ވަން ރެސިލިއަންޓް ކޮމަން ފިއުޗަރ: ޓްރާންސްފޯމިންގ އަވަރ ކޮމަން ވެލްތް" މި ޝިޢާރަކީވެސް ރާއްޖޭއާ ވަރަށް ގުޅޭ ޝިޢާރެއްކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ކޮމަންވެލްތުގެ 75 ވަނަ އަހަރީ ދުވަސް މިއަހަރު ފާހަގަކުރަމުންދާއިރު، އެކަމުން ހަނދާންކޮށްދެނީ، އެޖަމުޢިއްޔާ އެކަތިގަނޑެއްގެ ގޮތުގައި ދަތުރުކުރެވިފައިވާ ދުރު ރާސްތާކަން ފާހަގަކުރައްވައި އެގޮތުން ގުޅިގެން ކުރެވުނު މަސައްކަތްތަކުން ދެމެހެއްޓެނިވި ތަރައްޤީގެ މައިގަނޑު އަސާސަކީ ރައްޔިތުން ކަމުގައި ހެދުމަށް ވަރަށް ބޮޑުއެހީއެއް ލިބިގެންދިޔަކަން ވެސް މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. ހަމައެހެންމެ ގުޅިގެން އެކުގައި މަސައްކަތްކުރުމުން ހުށަހެޅިފައިވާ ނާޒުކު ހާލަތްތަކުން އަރައިގަނެވި އަދި ޤައުމުގެ ޙިއްސާ އަދާކުރެވޭ ގޮތްވުން ފަދަ އެތައް ފައިދާތަކެއް ގުޅިގެން މަސައްކަތްކުރުމުން ލިބިގެންދާކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިއަހަރުގެ ފަހުކޮޅު ސަމޯއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނާއި، އޭގެ ފަހުންވެސް، ކޮމަންވެލްތުގެ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް ކޮމަންވެލްތުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. ކޮމަންވެލްތުގެ ޢާއިލާގެ ތެރޭގައި، ޢާންމު މުއްސަނދިކަމަށް އަދި އެއް މުސްތަޤްބަލަކަށް މަގު ފަހިކޮށްދިނުމަށް މަސައްކަތްކުރާއިރު ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އާ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކޮމަންވެލްތާ ގުޅިގެން ދިވެހިރާއްޖެއިންވެސް ކުރަމުންގެންދާނެމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދެއްވާފައިވެއެވެ.

ދިވެހިރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުނީ 1 ފެބުރުވަރީ 2020ގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ

23 ފެބުރުއަރީ 2017
އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
19 ފެބުރުއަރީ 2017

ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

19 ފެބުރުއަރީ 2017
ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
14 ފެބުރުއަރީ 2017

ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!

14 ފެބުރުއަރީ 2017
ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް