Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޯލްޑިވްސް މެރިން އެކްސްޕޯ

މޯލްޑިވްސް މެރިން އެކްސްޕޯ ފަށައިފި

މިފަހަރުގެ އެކްސްޕޯގައި 170 ޔުނިޓްގައި، 100ށްވުރެ ގިނަ ފަރާތުން ބައިވެރިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 15 މާރިޗު 2023 | ބުދަ 15:06
މިއަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯގެ ތެރެއިން

މިއަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯގެ ތެރެއިން

8 ވަނަ މޯލްޑިވްސް މެރިން އެކްސްޕޯ ފަށައިފިއެވެ.

ބުދަ ދުވަހު ރަސްމީކޮށް މި އެކްސްޕޯ ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާއެވެ.

އިވެންޓް އިންތިޒާމުކުރާ ނެޝަނަލް ބޯޓިންގ އެސޯޝިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިސްމާއީލް ހަމީދު ރާއްޖެއެމްވީއަށް ވިދާޅުވީ، މިފަހަރުގެ އެކްސްޕޯގައި 170 ޔުނިޓްގައި 100ށްވުރެ ގިނަ ފަރާތުން ބައިވެރިވާ ކަމަށެވެ. އަދި އަހަރަކަށްވުރެ އަހަރެއް އިވެންޓް ފުޅާވަމުންދާކަމަށްވެސް ވިދާޅުވިއެވެ.

މިފަހަރުގެ އެކްސްޕޯގައި ޑައިވިންގ ޚާއްސަ ހޯލެއް ހުރިކަން ފާހަގަކުރައްވައި އިސްމާއިލް ހަމީދު ވިދާޅުވީ، އެތަނުން ޑައިވިންގ އެޑިއުކޭޝަނާއި އިކުއިޕްމަންޓްތަކާގުޅޭ ތަފާތު މައުލޫމާތު ލިބިގެންދާނެ ކަމަށެވެ. އަދި އަމާޒަކީ އަހަރަކަށްވުރެ އަހަރެއް އެކްސްޕޯ ފުޅާކުރުން ކަމަށްވެސް ވިދާޅުވިއެވެ.

އިސްމާއީލް ހަމީދު ވިދާޅުވީ، މިފަދަ އެކްސްޕޯއެއް ބޭއްވުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މިފަދަ އިވެންޓްތައް ބާއްވާނެ ރަނގަޅު ތަނެއް ނެތުން ކަމަށެވެ. އެގޮތުން މޫސުން ގޯސްވުމުގެ ސަބަބަބުން މިފަހަރުގެ އެކްސްޕޯއަށްވެސް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނުކަމަށް އޭނާ ވިދާޅުވިއެވެ.

މި އެކްސްޕޯއަކީ، ދިވެހިރާއްޖެގައި ބާއްވާ އެންމެ ދިގު މުއްދަތެއްވީ އަދި މި ސިނާއަތުގައި ބާއްވާ އެންމެ ބޮޑު އިވެންޓެވެ. މި އެކްސްޕޯގައި ދިވެހިރާއްޖޭގެ އެންމެ މަގުބޫލު ބޯޓް ބިލްޑަރުންނާއި، އިންޖީނު ބްރޭންޑްތަކާއި، ބައިނަލްއަގުވާމީ މެރިން ބްރޭންޑްތަކުގެ އިތުރުން ވޯޓަރ ސްޕޯރޓްސްއާއި ޑައިވް ބްރޭންޑްތައް ބައިވެރިވެއެވެ.

އެކްސްޕޯގެ ތެރެއިން އައު ޕްރޮޑަކްޓްތައް ލޯންޗްކުރުމާއި، ޕްރޮޑަކްޓްތަކުގެ މައުލޫމާތު ދިނުންފަދަ ސެޝަންތައް ފޯރުކޮށްދޭ ޕެނަލް ޑިސްކަޝަންތަކުގެ އިތުރުންވެސް އެތައް ހަރާކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ

އިތުރަށް ކިޔާލަން

17 މާރިޗު 2023

މެރިން އެކްސްޕޯގެ ތިންވަނަ ދުވަސް: ތަރުހީބު ބޮޑު!

17 މާރިޗު 2023
މެރިން އެކްސްޕޯގެ ތިންވަނަ ދުވަސް: ތަރުހީބު ބޮޑު!
28 ފެބުރުއަރީ 2023

މެރިން އެކްސްޕޯ 2023: ޑައިވިން ޕްރޮމޯޓްކުރަން ހާއްސަ ފުރުސަތުތަކެއް

28 ފެބުރުއަރީ 2023
މެރިން އެކްސްޕޯ 2023: ޑައިވިން ޕްރޮމޯޓްކުރަން ހާއްސަ ފުރުސަތުތަކެއް
13 އޯގަސްޓު 2022

އުރީދޫގެ ތަފާތު ފެނިލުމެއް: މި ފަހަރު ޓްރެކިން ޑިވައިސްތަކާއި އެކު!

13 އޯގަސްޓު 2022
އުރީދޫގެ ތަފާތު ފެނިލުމެއް: މި ފަހަރު ޓްރެކިން ޑިވައިސްތަކާއި އެކު!
13 އޯގަސްޓު 2022

ޕޮންޓޫން ބޯޓާއި، އިތުރު އެތައް ޕްރޮޑަކްޓްތަކަކާއެކު ހަސަން މެރިންއިން ތަފާތު ދައްކާލައިފި

13 އޯގަސްޓު 2022
ޕޮންޓޫން ބޯޓާއި، އިތުރު އެތައް ޕްރޮޑަކްޓްތަކަކާއެކު ހަސަން މެރިންއިން ތަފާތު ދައްކާލައިފި
13 އޯގަސްޓު 2022

އަންނަ އަހަރުގެ އެކްސްޕޯއަށް އެމްޓީސީސީން ކުރާ އުންމީދު ބޮޑު: އާޒިމް

13 އޯގަސްޓު 2022
އަންނަ އަހަރުގެ އެކްސްޕޯއަށް އެމްޓީސީސީން ކުރާ އުންމީދު ބޮޑު: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު