Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަބްދުﷲ ޔާމީން

3.4 މިލިއަން ޑޮލަރު ދެއްކެވުމަށް ޔާމީންގެ މައްޗަށް ކުރި އަމުރު އިސްތިއުނާފުކޮށްފި

އެމަނިކުފާނުގެ ފަރާތްޕުޅުން މި އަމުރު އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވަނީ ހޯމަ ދުވަހު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 14 މާރިޗު 2023 | އަންގާރަ 11:59
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ވ. އާރަށު މައްސަލާގައި 3.4 މިލިއަން ޑޮލަރު ދައުލަތަށް ދެއްކުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި އަމުރު އިސްތިއުނާފުކޮށްފިއެވެ.

އެމަނިކުފާނުގެ ފަރާތްޕުޅުން މި އަމުރު ހައިކޯޓުގައި އިސްތިއުނާފަށް ހުށަހަޅާފައިވަނީ ހޯމަ ދުވަހުއެވެ.

އާރަށު ޚިޔާނާތުގެ މައްސަލާގައި ޔާމީނު ލޯންޑަރކުރި އެއް މިލިއަން ޑޮލަރާއި، އެއާ އެއްކުރި 2 މިލިއަން ޑޮލަރުގެ އިތުރުން، އެއިން ހޯދި މަންފާ ދައުލަތަށް ދައްކަވަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

އާރަށު މައްސަލާގައި ޔާމީނަށް ކުރާ މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާގައި، 7 އަހަރަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމް ކޮށްފައެވެ. ވުމާއެކު، މަނީ ލޯންޑަރ ކޮށްގެން އެމަނިކުފާނު ހޯއްދަވާފައިވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ދައުލަތުން ކޯޓުގައި އެދުނެވެ.

ދައުލަތަށް ފައިސާ ނެގުމަށް އަމުރު ކުރި ސަބަބަށް ބަލާއިރު، ޔާމީން ރިޝްވަތުގެ ގޮތުގައި ގަބޫލުކުރެއްވި 1 މިލިއަން ޑޮލަރުގެ ޗެކު އެޗްއެސްބީސީ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު، އެ އެކައުންޓުގައި ހުރި އިތުރު ފައިސާއާއެކު 1،001،409 (އެއް މިލިއަން އެއްހާސް ހަތަރުސަތޭކަ ނުވަ) އެމެރިކާ ޑޮލަރު ބީއެމްއެލް އެކައުންޓަށް ވަނީ ޖަމާކުރައްވާފައެވެ. އަދި އެ އެކައުންޓުގައި ހުރި އިތުރު ފައިސާއާއެކު، ޖުމުލަ 1،295،000 (އެއް މިލިއަން ދެލައްކަ ނުވަދިހަ ފަސްހާސް) އެމެރިކާ ޑޮލަރު އިސްލާމިކް ބޭންކު އެކައުންޓަށް ވަނީ ޖަމާކުރައްވާފައެވެ.

އަދި އެ އެކައުންޓުގައި ހުރި އިތުރު ފައިސާއާއެކު 3،413،230 (ތިން މިލިއަން ހަތަރުލައްކަ ތޭރަހާސް ދުއިސައްތަ ތިރީސް) އެމެރިކާ ޑޮލަރު، އެމްއައިބީގައި ޔާމީނުގެ ނަމުގައި ހުޅުވާފައިވާ އެހެން އެކައުންޓަކަށް ޖަމާކުރައްވައި، 36 މަސް ދުވަސް ވަންދެން ވަނީ ފައިދާ ހޯއްދަވާފައެވެ. މި ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކެވުމަށް ވަނީ ހުކުމްކޮށްފައެވެ.

ޔާމީންގެ ފަރާތްޕުޅުން ދައުލަތަށް ދައްކަވަން ޖެހޭ ފައިސާ ދެއްކެވުމަށް ކުރި އަމުރު އިސްތިއުނާފު ކުރައްވާފައިވާއިރު، އެމަނިކުފާނު ޖަލަށްލާން ކުރި ހުކުމްވެސް އިސްތިއުނާފު ކުރެއްވުމަށް ވަނީ ހުށަހަޅުއްވާފައެވެ. ހައިކޯޓުން ވަނީ މި މައްސަލާގައި ބައެއް ކަންކަން އިސްލާހުކުރުމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމަށް އަންގާފައެވެ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން
03 ފެބުރުއަރީ 2025

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން
23 ޑިސެމްބަރު 2024

ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

23 ޑިސެމްބަރު 2024
ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި
22 ޑިސެމްބަރު 2024

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން
06 ޑިސެމްބަރު 2024

ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން

06 ޑިސެމްބަރު 2024
ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން
19 ނޮވެމްބަރު 2024

ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު

19 ނޮވެމްބަރު 2024
ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު
22 އޮކްޓޯބަރު 2024

މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން

22 އޮކްޓޯބަރު 2024
މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން
09 އޮކްޓޯބަރު 2024

ރައީސް މުއިއްޒުއަށް ބައްޕާފުޅުގެ ފަރާތުން ޤުރުއާން ވާރުތަވާނަމަ، ދޮން މަންމައަށް މުދާވެސް ވާރުތަވާނެ - ޖަމީލް

09 އޮކްޓޯބަރު 2024
ރައީސް މުއިއްޒުއަށް ބައްޕާފުޅުގެ ފަރާތުން ޤުރުއާން ވާރުތަވާނަމަ، ދޮން މަންމައަށް މުދާވެސް ވާރުތަވާނެ - ޖަމީލް
08 އޮކްޓޯބަރު 2024

ޗާގޯސް ކަނޑުގެ މައްސަލައިގައި މި ސަރުކާރުން ދައްކަނީ މުނާފިގު ސިފަތަކެއް - ޔާމީން

08 އޮކްޓޯބަރު 2024
ޗާގޯސް ކަނޑުގެ މައްސަލައިގައި މި ސަރުކާރުން ދައްކަނީ މުނާފިގު ސިފަތަކެއް - ޔާމީން
08 އޮކްޓޯބަރު 2024

ޔާމީން މުއިއްޒުއަށް: ނަސޭހަތް މީހަކު ދޭކަމުގައިވާނަމަ އެމީހާ ނަގައިދޭ ފިލާވަޅުގައި ހިފަހައްޓާ މީހަކަށް އެމީހާ ވާންޖެހޭ

08 އޮކްޓޯބަރު 2024
ޔާމީން މުއިއްޒުއަށް: ނަސޭހަތް މީހަކު ދޭކަމުގައިވާނަމަ އެމީހާ ނަގައިދޭ ފިލާވަޅުގައި ހިފަހައްޓާ މީހަކަށް އެމީހާ ވާންޖެހޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު