Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަފްޣާން އަންހެނުން

ތާލިބާނުންނަށް މަރުހަބާކީ އަންހެނުންވެސް މިއަދު ބުނަނީ އެހެން ވާހަކައެއް!

11 މާރިޗު 2023 | ހޮނިހިރު 10:56

އިންތިހާ ވޭނުގައި މަރުވެދާން ޖެހުމާ އެއްފަދަ ބިރެއް، މުޖުތަމައުން ބާކީކޮށްފާނެކަމާމެދު އަފްޣާން އަންހެނުންގެ ހިތްތަކުގައި އުފެދިފައިވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 11 މާރިޗު 2023 | ހޮނިހިރު 10:56
އދ.ން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، ރޯޒާ އޮތުންބަޔޭވާ

އދ.ން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، ރޯޒާ އޮތުންބަޔޭވާ

އަފްޣާނިސްތާނުގެ ކޮންޓްރޯލް ނަގާފައިވާ ހަތިޔާރު އެޅި ހަނގުރާމަވެރި ތާލިބާން ޖަމާއަތުން، އަންހެނުންގެ ހައްގުތަކަށް ހުރަސް އަޅަމުން ދާކަމުގައި ވަނީނަމަ، އަފްޣާނިސްތާނަށް ލިބޭ އެހީއާއި ތަރައްގީގެ ފަންޑަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު، އދ.ން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، ރޯޒާ އޮތުންބަޔޭވާ ދެއްވީ، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ އަންހެނުންގެ ދުވަސް ކަމުގައިވާ މާރޗް 8 ވަނަ ދުވަހުއެވެ.

އަފްޣާނިސްތާނުގެ ވެރިކަމާ ތާލިބާނުން އަމިއްލައަށް ހަވާލުވީފަހުން، އަންހެނުންގެ ދިރިއުޅުމަށް ތަފާތު އެކި ގޮތްގޮތުން ހުރަސްތައް ކުރިމަތި ކުރަމުން ދާއިރު، އިންތިހާ ވޭނުގައި މަރުވެދާން ޖެހުމާ އެއްފަދަ ބިރެއް، މުޖުތަމައުން ބާކީކޮށްފާނެކަމާމެދު އަފްޣާން އަންހެނުންގެ ހިތްތަކުގައި އުފެދިފައިވާކަން ރޯޒާ ވަނީ ފާހަގަކުރައްވާފައެވެ.

އެހީގެ ގޮތުގައި އަފްޣާނިސްތާނަށް 4.6 ބިލިއަން ޑޮލަރު ބޭނުންވާކަމަށް، އދ.ން މިއަހަރު ބުނެފައިވާއިރު، މިއީ އެންމެ ގައުމަކަށް ޚާއްޞަކޮށްގެން އދ.ން މިހާތަނަށް ގޮވާލި އެންމެ ބޮޑު އަދަދެވެ. އަފްޣާނިސްތާނުގެ އާބާދީގެ 3 ބައިކުޅަ 2 ބައި (ނުވަތަ 28 މިލިއަނެއްހާ) މީހުންނަކީ ދިރިހުރުމަށްޓަކައި މި އެހީއަށް ބޭނުންޖެހިފައި ވާ ބައެއްކަން ރޯޒާ ވަނީ ފާހަގަކުރައްވާފައެވެ.

ކަން މިހެން އޮތްނަމަވެސް، އދ.ގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅހދައްކަވަމުން ރޯޒާ ވިދާޅުވީ، މި އެހީ އަފްޣާނިސްތާނަށް ފޯރުކޮށްދިނުމަކީ ނުރައްކަލެއް ކަމުގައި ތާލިބާނުން ހަދާފައިވާކަމަށެވެ. އެގޮތުން، އަންހެނުނަށް ހައި ސްކޫލާއި ޔުނިވަރސިޓީތަކަށް ދިއުން މަނާކޮށްފައިވާއިރު، ޕާކުތަކަށް ޒިޔާރަތްކުރުމާއި، އެހީދޭ ޖަމްއިއްޔާތަކުގައި މަސައްކަތްކުރުންވެސް އަންހެނުންނަށް މަނާކޮށްފައިވާކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މަހުރަމަކާނުލައި އެއްވެސް ގޮތަކަށް ބޭރަށް ނުދެވުމާއި، ބޭރަށް ނުކުންނައިރު މުޅި މޫނު ނިވާކޮށްގެން ނޫނީ ނުނިކުމެވޭ ގޮތަށް އަމުރުކޮށްފައި އޮންނަ ކަންވެސް އދ.ގެ މަންދޫބު ވަނީ ފާހަގަކުރައްވާފައެވެ.

އެކުވެރި އަރަބި އިމާރާތުން އދ.ށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، ލާނާ ނުސައިބީ ވިދާޅުވީ، ތާލިބާނުންގެ ނިންމުންތަކަކީ އިސްލާމް ދީނާއި އަފްޣާނިސްތާނުގެ ސަގާފަތާ ގުޅޭ ނިންމުންތަކެއް ނޫންކަމަށެވެ.

20 އަހަރަށް ދެމިގެން ދިޔަ ހަނގުރާމަ ހުއްޓާލުމަށްފަހު އެމެރިކާ ސިފައިން އަފްޣާނިސްތާނުގެ ފަސްގަނޑު ދޫކޮށްލުމާއެކު، ތާލިބާނުން އަފްޣާނިސްތާނުގެ ކޮންޓްރޯލް ނެގީ އޯގަސްޓް 2021ގައެވެ. އަފްޣާނިސްތާނުގެ ވެރިކަމާ ދެވަނަ ފަހަރަކަށް ތާލިބާނުން އަމިއްލައަށް ހަވާލުވީ، މިއަދު އެއީ ބަދަލުވެފައިވާ ފިކުރެއް ކަމުގެ ދަޅަ ދައްކައިގެންނެވެ. އަންހެނުންގެ ހައްގުތަކަށް އިހުތިރާމް ކުރާނެ ކަމަށް ބުނެ، އެތައް ދޮގެއް ހަދައިގެންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2017

ރައީީސް ޔާމީން މަޑުއްވަރީއަށް ވަޑައިގަންނަވާއިރު ރައްޔިތުން ބުނަނީ...

23 އޮކްޓޯބަރު 2017
ރައީީސް ޔާމީން މަޑުއްވަރީއަށް ވަޑައިގަންނަވާއިރު ރައްޔިތުން ބުނަނީ...
02 އޮކްޓޯބަރު 2017

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

02 އޮކްޓޯބަރު 2017
މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!
14 ސެޕްޓެމްބަރު 2017

ދުނިޔޭގައި މިއަދު އެންމެ އަގު ބޮޑީ ތެލެއް ނޫން، ޑޭޓާ!

14 ސެޕްޓެމްބަރު 2017
ދުނިޔޭގައި މިއަދު އެންމެ އަގު ބޮޑީ ތެލެއް ނޫން، ޑޭޓާ!
06 އޯގަސްޓު 2017

މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!

06 އޯގަސްޓު 2017
މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!
11 ޖުލައި 2017

މިއަދު އަދީބަށް ޕެނަޑޯލް ގުޅައެއް ދިއްކޮށްލަންވެސް ނިހާނުމެން ނުކުޅެދިފަ!

11 ޖުލައި 2017
މިއަދު އަދީބަށް ޕެނަޑޯލް ގުޅައެއް ދިއްކޮށްލަންވެސް ނިހާނުމެން ނުކުޅެދިފަ!
12 އެޕްރީލު 2017

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ
11 މާރިޗު 2017

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!
26 ފެބުރުއަރީ 2017

ބިން ވިއްކާތީ ނިދިނައި މީހުން މިއަދު ހަރުތަކަށް ވަދެ ފިލާފައި!

26 ފެބުރުއަރީ 2017
ބިން ވިއްކާތީ ނިދިނައި މީހުން މިއަދު ހަރުތަކަށް ވަދެ ފިލާފައި!
07 ފެބުރުއަރީ 2017

"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!

07 ފެބުރުއަރީ 2017
"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!
03 ފެބުރުއަރީ 2017

ފެބުރުއަރީ 7 - ބަޣާވަތްކުރި މީހުން މިއަދު ތިބީ ކޮންހާލެއްގަ؟

03 ފެބުރުއަރީ 2017
ފެބުރުއަރީ 7 - ބަޣާވަތްކުރި މީހުން މިއަދު ތިބީ ކޮންހާލެއްގަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް