Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެ ސިޓީ ކައުންސިލް

ސިޓީ ކައުންސިލުން އަންހެނުންގެ ކޮމިޓީއާ ދޭތެރޭ ކަންކަން ކުރާ ގޮތުން ކަންބޮޑުވުން ފާޅުކޮށްފި

މަސައްކަތް ކުރަން ޖެހެނީ އުނދަގޫ މާހައުލެއްގައި ކަމަށް ޝަހުލާ ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 11 މާރިޗު 2023 | ހޮނިހިރު 07:55
މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށްދަނީ

މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށްދަނީ

މާލެ ސިޓީ ކައުންސިލުން އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާ ދޭތެރޭ އަމަލު ކުރަމުން އަންނަ ގޮތާމެދު ނުރުހުން ފާޅުކޮށްފިއެވެ.

މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ފާތުމަތު ޝަހުލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޓީ ކައުންސިލުން އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާއަށް އެ ކޮމިޓީގެ މެމްބަރުންނަށް ދައުވަތު ދީފައިވަނީ ހަފްލާގެ އެންމެ ތިން ގަޑިއިރު ކުރިން ކަމަށާއި އެއީ އެ ކޮމިޓީގެ މެމްބަރުންނާ މެދު ނިކަމެތިކޮށް ކަންކަން ކުރުން ކަމަށެވެ. އަދި މިއީ ކޮންމެ ކަމެއްގައި ވެސް އެ ކޮމިޓީގެ މެމްބަރުންނާ މެދު ކަންކަން ކުރަމުން އަންނަ ގޮތްކަން އޭނާ ފާހަގަކުރިއެވެ.

Advertisement - newsAdvertisement

ޝަހުލާގެ ޓްވީޓަށް ރައްދު ދީ ބައެއް ފަރާތްތަކުން އެއީ ސަޕްރައިޒް އިވެންޓެއް ކަމަށާއި އެހެންކަމުން އޭގައި ގޯހެއް ނެތް ކަމަށް ބުނެފައިވެއެވެ. މިކަމާ ގުޅޭގޮތުން "ރާއްޖެ އެމްވީ" އާ ވާހަކަދައްކަވަމުން ޝަހުލާ ވިދާޅުވީ އެއީ ސަޕްރައިޒް އިވެންޓެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާހަފްލާގެ މައުލޫމާތު މާކުރިން ކައުންސިލްގެ އަންހެނުންގެ ކޮމިޓީ މެމްބަރުން ފިޔަވައި އެހެން ހުރިހާ އަންހެނުންނަށް އަންގާފައިވާ ކަމަށެވެ. އެއީ މިދިޔަ އަހަރު ވެސް ބޭއްވި ހަފްލާއެއް ކަމަށާއި ދައުވަތު އެރުވުމުން ހާޒިރުވި ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަހުލާ ހިއްސާ ކުރެއްވި ސްކްރީންޝޮޓުން ފެންނަ ގޮތުގައި ކައުންސިލުން އަންހެނުންގެ ކޮމިޓީ މެމްބަރުންނަށް ދައުވަތު ދިނީ ހުކުރު ދުވަހުގެ ހަވީރު 5:06ގައެވެ. ހަފްލާ ބާއްވާފައިވަނީ އެ ރޭ 8:30ގައެވެ. އަދި ކުލައެއްގެ ގޮތުގައި ދަނބު ކުލަ ކަނޑައަޅާފައިވާއިރު ކުއްލިއަކަށް އެ ކުލަ ހޯދައިގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޖަލްސާއަށް ހާޒިރުވާން ދަތިވާނެ ކަން ކައުންސިލަށް ވެސް އެނގޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަހުލާ މައުލޫމާތު ދެއްވި ގޮތުގައި މިފަދަ ގިނަ ކަންކަމުގައި ސިޓީ ކައުންސިލުން އެ ކޮމިޓީ މެމްބަރުންނާ މެދު ކަންކަން ކުރަނީ އެގޮތަށެވެ. އެއީ ކޮމިޓީގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންގެ މެޖޯރިޓީ އޮތުމުން ކުރާ ކަމެއް ކަމަށް ވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަންހެނުންގެ ކޮމިޓީގެ ޕޭޖުތަކުގެ ފުރިހަމަ އެކްސެސް އަދިވެސް ކޮމިޓީއަށް ނުލިބޭ ކަމަށާއި އޭގެ އެކްސެސް އިންނަނީ ކައުންސިލްގައި މިހާރު ނޫޅޭ މީހެއްގެ އަތުގައި ކަމަށް ވެސް ޝަހުލާ ވިދާޅުވިއެވެ. އަދި ކައުންސިލްގެ ނަމުގައި ނަގާފައިވާ ނަންބަރެއްގައި އެ ކޮމިޓީގެ ފޭސްބުކް އެކައުންޓް ހުޅުވާފައިވާއިރު އެ އެކައުންޓް ހެކުކޮށް، އޭގެ ނަން ބަދަލުކޮށްގެން ވިޔަފާރި ކުރަމުންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. މި ޝަކުވާ ހުށަހެޅުމުން އެ ނަންބަރު މިހާރު ކައުންސިލުން ބޭނުން ނުކުރާ ކަމަށް ބުނި ނަމަވެސް އެއީ ކުރިން ކޮމިޓީއަށް އެނގިފައި އޮންނަ ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަހުލާ ވިދާޅުވީ ކޮމިޓީގެ ހަތަރުވަނަ ދައުރުގައި މިހާތަނަށް ސިޓީ ކައުންސިލް މެމްބަރުންނާއެކު ބައްދަލުވުމެއް ބޭއްވުނީ އެންމެ ފަހަރަކު ކަމަށެވެ. ބައްދަލު ކުރަން އެދުމުން ތަނެއް ނެތިގެން ބައްދަލުވުން ނުބޭއްވޭނެ ކަމަށް ބުނާ ކަމަށާއި ބޭއްވި ހަމައެކަނި ބައްދަލުވުން ވެސް ބާއްވާފައިވަނީ އަންހެނުންގެ ކޮމިޓީން ތަނެއް ހިފައިގެން ދައުވަތު ދީގެން ކަމަށްއޭނާ ވިދާޅުވިއެވެ. އަދި އެ ބައްދަލުވުމަށް ވެސް ގިނަ މެމްބަރުން ވަޑައިނުގަންނަވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މަޝްވަރާތައް ކުރުމަށް ނުވަތަ ކަންބޮޑުވުންތައް ހިއްސާ ކުރަން ކައުންސިލްގެ އެސްޖީއަށް އަދި މޭޔަރަށް ގުޅުމުން ވެސް ފޯނަށްޖަވާބު ނުދޭ ކަމަށާއި މެސެޖަށް ވެސް ރިޕްލައި ނުކުރާ ކަމަށް ޝަހުލާ ވިދާޅުވިއެވެ. ޝަހުލާ ވިދާޅުވީ މިއީ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ފަރާތްތަކުން ކަންކަން ކުރަން ޖެހޭނެ އުސޫލެއް ނޫން ކަމަށާއި މިފަދަ ކަންކަމުގެ ސަބަބުން މަސައްކަތް ކުރަން ޖެހެނީ އުނދަގޫ މާހައުލެއްގައި ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު